ވިއްސާރާގައި މާލޭގައި ފެން ބޮޑުވި ގެތަކުން އަށް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު: އެންޑީއެމްއޭ

މާލެއަށް ވިއްސާރަކުރި ދުވަހެއްގައި ފެންބޮޑުވެގެން މީހުން ހަރަކާތްތެރިވަނީ: މިފަހުން ބޯކޮށް ވާރޭ ވެހުނު ދުވަސްތަކުގައި ގިނަ ވަގުތު މާލެ އޮތީ ފެނުއަޑީގައި - ފޮޓޯ: އަދަދު ފައިލް

މާލެއަށް ވިއްސާރަކުރި ދުވަހެއްގައި ފެންބޮޑުވެގެން މީހުން ހަރަކާތްތެރިވަނީ: މިފަހުން ބޯކޮށް ވާރޭ ވެހުނު ދުވަސްތަކުގައި ގިނަ ވަގުތު މާލެ އޮތީ ފެނުއަޑީގައި - ފޮޓޯ: އަދަދު ފައިލް

މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ސަރަހައްދުގެ އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން އަށް ލައްކަ ރުފިޔާއަށް ވުރެ މަތި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ މާލޭން ފެން ބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަން ޖެހޭ ކަމަށް 41 ގެއެއް ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް ހަތަރު ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އެންގުމުން އެސެސްމަންޓް ހެދީ 37 ގެއެއްގެ ކަމަށް އެ ތަނުން ބުންޏެވެ.

"އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 819،549ރ. ގެ ގެއްލުން ލިބުން،" އެސެސްމަންޓުން ލިބުނު ގެއްލުން ކަމަށް ވަޒަން ކުރެވުނު އަދަދު އެންޑީއެމްގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުން ހާމަކޮށް ލިޔެފައިވެ އެވެ.

މާލޭގެ އިތުރުން، ވިއްސާރާގައި އެހެން ރަށްރަށަށް ލިބުނު ގެއްލުންތައް ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭން ބުންޏެވެ.

މިއަދު މެންދުރު ފަހު 2:00 ޖެހުމާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ހެދުމަށް ފޯމު ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭން ބުންޏެވެ. އަދި ތިން ރަށެއްގެ ދަނޑުބިންތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވެގެން އުޅޭތާ ހަފްތާއެއްހާ ދުވަސް ފަހުން މި ހަފުތާ ގިނަ ހިސާބުތަކަށް މޫސުން ރަނގަޅެވެ. ނަމަވެސް ވައިގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox