އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު އަހަރަކު ދެ ފަހަރު ހާމަކުރަން ހިމަނައި ބިލު ފާސްކޮށްފި

އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު އަހަރަކު ދެ ފަހަރު ހާމަކުރަން ހިމަނައި ބިލު ފާސްކޮށްފި

ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެންނައިރު ދައްކަން ޖެހޭ ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ އަދި ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓަށް ގެންނަ ބަދަލުތަކާއި އެއް ގައުމަކުން ރާއްޖެއަށް ގެނެވޭނެ އެންމެ ގިނަ ބިދޭސީންގެ އަދަދު އަހަރަކު ދެ ފަހަރު ހާމަކުރަން ހިމަނައި ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލު މިއަދު ފާސްކޮށްފި އެވެ.

މި ބިލު ދިރާސާކުރީ 241 ކޮމިޓީންނެވެ. އެ ކޮމިޓީން ގެނައި ބަދަލުތަކާއެކު ބިލު ފާސްކުރީ 65 މެންބަރުންގެ ވޯޓާއެކު އެވެ. މި ބިލާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ކޮމިޓީން ގެނައި މައިގަނޑު އެއް އިސްލާހަކީ އަހަރެއްގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ބިދޭސީންގެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅައި އަހަރަކު ދެ ފަހަރު އާންމުކުރަން ޖެހޭ ގޮތަށް ގެނައި ބަދަލެވެ. މީގެކުރިން އޮންނަ ގޮތުން ވަކި އެ އަދަދު ގަވާއިދުން ހާމަކުރަން ނުޖެހެ އެވެ.

Advertisement

ބިދޭސީން ގެންނައިރު ދައްކަން ޖެހޭ ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ އަދި ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓަށް ވެސް މި ބިލު ގާނޫނުގައި ހިމެނުމުން ބަދަލުތަކެއް އަންނާނެ އެވެ.

އެގޮތުން, ނަގާ ސެކިއުރިޓީ ޑިޕޮސިޓަކީ ގެންނަ ބިދޭސީ މީހަކު އަނބުރާ ގައުމަށް ފޮނުވާލުމަށް ޓިކެޓަށް ހަރަދުވާ ވަރަށް ވުރެ އިތުރުވެގެން ނުވާނެ އަދަދެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ކޮމިޓީން ބިލު ދިރާސާކުރަމުންދިޔަ ވަކި އަދަދެއް ހިމެނުމަށް ބައެއް މެންބަރުން ހުށަހެޅުއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox