މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024 ބާއްވައިފި

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024 ގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024 ގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މާޓާޓޯއިން އިންތިޒާމުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ހޮޓެލް ޖެންގައި މިއަދު ބާއްވައިފި އެވެ.

ކޮންފަރެންސް ހުޅުވައި ދެއްވަމުން މާޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީ މިއީ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފެށޭ މޫވްމަންޓެއް ކަމަށާއި ކޮންފަރެންސްގައި އަންހެނުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"އަންހެނުންގެ ތަރައްގީ އާއި ކުރި އެރުމަށް މަސައްކަތް ކުރަން ޖެހޭ. އެންމެ ފަސް ޕަސަންޓު އަންހެނުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވަނީ. މިކަން ބަދަލުކުރަން ޖެހޭ. މިއީ ފެށުމެއް،" ސޫޒަން ވިދާޅުވި އެވެ.

Advertisement
މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024
މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024

ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ ޓޫރިޒަމްއަކީ ރާއްޖޭގެ ބެކްބޯން ކަމަށްވާއިރު އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މަދުވަނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ.

އަންހެނުންގެ ބައިވެރިވުން އެކި ދާއިރާތަކުގައި އިތުރު ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ހަމަހަމަކަން ގާއިމުކުރަން ޖެހޭ ކަމަށެވެ.

"50 އަހަރުވީ ޓޫރިޒަމް ދާއިރާގައި އަންހެނުން މަދުވުމަކީ ކަންބޮޑުވާ ކަމެއް. އެކަން ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ. ސަރުކާރުން ވެސް ދަނީ ޖެންޑާ އިކުއަލިޓީއަށް މަސައްކަތްތަކެއް ކުރަަމުން،" ސާޖިދާ ވިދާޅުވި އެވެ.

އެ ކޮންފަރެންސްގައި ވިމެން އިން މެނޭޖްމަންޓް އާއި ވިމެން އިން ޓޫރިޒަމްއާ ގުޅޭ ޕެނަލް ޑިސްކަޝަންއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox