އަންޗެލޮޓީ ބުނީ ރެއާލްގެ ކުޅުންތެރިންނަށް ޗުއްޓީ ޕްލޭނެއް އެބައޮތް ކަމަށް

Aug 18, 2024, 6:52 AM
އަންޗެލޮޓީ ބުނީ ރެއާލްގެ ކުޅުންތެރިންނަށް ޗުއްޓީ ޕްލޭނެއް އެބައޮތް ކަމަށް

މެޑްރިޑް (އޮގަސްޓް 18) - ސީޒަނެއް ދިގުލަައި ގިނަ މެޗުތަކެއް ކުޅެން ޖެހި ކުޅުންތެރިންނަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުން ލުުޔެއްދިނުމުގެ ގޮތުން ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަށް ޗުއްޓީ ޕްލޭނެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ، މި ގޮތަށް ބުނެފައިވަނީ، ފީފާ އިން ފުޓްބޯޅަ ކަލަންޑަރަށް ގެންނަ ބަދަލުތަކާއި އާ މުބާރާތްތައް ތާވަލުކުރާގޮތުން، ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރު ކުރާ ވަރަށް މެޗު ކުޅެން ޖެހުމާ ގުޅިގެން އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނާއި ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން އަންނަނީ ފީފާ އިން ކަލަންޑަރު ރާވާގޮތާ މެދު ހިތްހަމަނުޖެހި، ގާނޫނީ ގޮތުން އޭގެ ހައްލެއް ހޯދަން މަސައްކަތް ކުރަމުންނެވެ.

"ކުޅުންތެރިން އެބަ ބޭނުންވޭ އަރާމްކުރަން ވެސް. ކުޅުންތެރިން ބޭނުންވާނެ ޗުއްޓީ ވެސް. މި ކަންކަމަށް ބަލާފައި ސީޒަނުގެ ތެރޭގައި، ވަކިވަކި ކުޅުންތެރިންނަށް ޗުއްޓީ ދެވޭނެ ދުވަސްތައް ބަލައި، އޭގެ ޕްލޭނެއް އަހަރެމެން އެބަ ގެންގުޅެން،" އަންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ މެޑިކަލް ޓީމުގެ ލަފާ ހޯދައިގެން، މި ޗުއްޓީ ޕްލޭން ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ، ކުޅުންތެރިންނަކީ ނަފްސާނީ އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

"ރެއާލްގައި މި ތިބީ ގައުމީ ޓީމުތަކުގެ ކުޅުންތެރިން. އެ މީހުންނަށް އިންޓަނޭޝަނަލް ބްރޭކެއް އައި ކަމުގައި ވިޔަސް މި ޖެހެނީ މެޗު ކުޅެން. އެ ހުރިހާ ކަަމަކަށް ބަލާފައި، އަހަރެމެން އެބަޖެހޭ ކުޅުންތެރިންނާ މެދު ވިސްނައި ކަންތައްތައް ރަނގަޅުކުރަން. އެހެންވެ، މި ގޮތަށް ޗުއްޓީއެއް މި ދެނީ، އާއިލާއާ އެކު ވަގުތުު ހޭދަކޮށް، އަމިއްލަ ނަފްސަށް ވެސް އަރާމްކުރަން ވަގުތު ދޭން،" އަންޗެލޮޓީ ބުންޏެވެ.

ރެއާލުން މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، މި ސީޒަން ފެށީ ޔުއެފާ ސުޕަ ކަޕް ތަށި ހޯދައިގެންނެވެ.

ސްޕެނިޝް ލީގުގައި ރެއާލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރަށުންބޭރުގައި މަޔޯކާއާ ދެކޮޅަށް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox