ހުލާސާކޮށް އިއްޔެ: އެކްސްޕެޓު ސިސްޓަމްގެ ހިދުމަތްތަކުން ސަސްޕެންޑުކުރުމުގެ އިންޒާރު

ކޮންސްޓަރަކްޝަން ސައިޓެއްގައި ބިދޭސީންތކެއް މަސައްކަތް ކުރަނީ. ބިދޭސީންނާ ގުޅޭ ފީތައް ނުދައްކާ ފަރާތްތައް، އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑު ކުރާނެ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: އަދަދު

ކޮންސްޓަރަކްޝަން ސައިޓެއްގައި ބިދޭސީންތކެއް މަސައްކަތް ކުރަނީ. ބިދޭސީންނާ ގުޅޭ ފީތައް ނުދައްކާ ފަރާތްތައް، އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑު ކުރާނެ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: އަދަދު

ބިދޭސީންގެ ފީ ނުދައްކާ ވިޔަފާރިތައް ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގެ ހުއްދަތައް ދޫކުރުމަށް އޮންނަ "އެކްސްޕެޓް ސިސްޓަމް" ގެ ހިދުމަތުން ސަސްޕެންޑް ކުރުމަށް ސަރުކާރުން ނިންމައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ހުރިހާ ހިދުމަތެއް ދެނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ. ހުއްދަތައް އާ ކުރަނީ ވެސް އެ ނިޒާމުގެ ތެރެއިންނެވެ. ކޯޓާއަށް އެދުން ފަދަ ކަންކަން ވެސް ކުރަނީ އެ ސިސްޓަމުންނެވެ. އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ނުލިބޭނެ އެވެ.

ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 100،000ރ. އަށްވުރެ ގިނައިން ދައްކަން ހުރި 1،026 ކުނފުންޏެއްގެ ނަން ހޯމް ލޭންޑް ސެކުއިރިޓީ މިނިސްޓްރީން ހާމަކުރީ ޖުލައި 24, ގަ އެވެ. ލިސްޓު އާންމުކުރި ފަހުން 20 ކުންފުންޏަކުން ފައިސާ ދައްކާ ހަލާސްކޮށްފައިވެ އެވެ.

Advertisement

މަސައްކަތްތެރިންގެ މެންޑޭޓު މިހާރު ހަވާލުކޮށްފައިވާ ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މި މަހުގެ ނިޔަލަށް ބިދޭސީންގެ ފީ ނުދައްކާ މިހާރު ހުރި ވިޔަފާރިތަކަށް ފީ ދެއްކުމަށް މި މަހުގެ ނިޔަލަށް ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި އޮގަސްޓް މަހުގެ 31، ގެ ނިޔަލަށް ފައިސާ ނުދައްކާ ފަރާތްތައް ޖެހިގެން އަންނަ ސެޕްޓެމްބަރު 1، އިން ފެށިގެން "އެކްސްޕެޓް ސިސްޓަމް" އިން ސަސްޕެންޑްކޮށް އެ ސިސްޓަމް މެދުވެރިކޮށް ދެމުންދާ ހިދުމަތްތައް މެދުކަނޑާލާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ހޯމް މިނިސްޓްރީން މި ގޮތަށް އިންޒާރު މި ދިނީ، އަންނަ އަންގާރަ ދުވަހަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާއި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ އެހެން ފަރާތްތަކާ އެކު ހޯމް މިނިސްޓަރު އަލީ އިހުސާން އޮންލައިންކޮށް ބައްދަލުވުމަށް ނިންމުމަށް ފަހު އެވެ.

މިނިސްޓްރީން ފުރަތަމަ އާންމުކުރި ލިސްޓުގައިވާ ގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އޮތެވެ.

އޭގެ ތެރެއިން ލިސްޓު އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ އެކި ކުންފުނިތަކުން ދައްކާފައިވާކަން އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ބިދޭސީންގެ ފީ ނުދައްކާ ވިޔަފާރިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ވެސް ހުށަހަޅާފައިވެ އެވެ. ސަރުކާރުން ގެންދަނީ ބިދޭސީ މަސައްކަތްތެރިން ގަވާއިދާ ހިލާފަށް އުޅޭ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ "ވަރަށް ހަރުކަށި" ފިޔަވަޅުތަކެއް އަޅަމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox