އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުށުގެ ރެކޯޑް ސާފުކޮށް ޓޮނާލީ 10 މަހަށް ފަހު އެނބުރި އަންނަން ތައްޔާރު

Aug 16, 2024, 4:08 AM
ނިއުކާސަލް ޔުނައިޓެޑްގެ ޓްރެއިނިން ފެސިލިޓީގައި ޓޮނާލީ ޕްރީ ސީޒަނުގެ ޓްރެއިނިންގެ ތެެރެއިން.

ނިއުކާސަލް ޔުނައިޓެޑްގެ ޓްރެއިނިން ފެސިލިޓީގައި ޓޮނާލީ ޕްރީ ސީޒަނުގެ ޓްރެއިނިންގެ ތެެރެއިން.

މިލާން (އޮގަސްޓް 16) - އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) އިން ކުށުގެ މައުލޫމާތު ސާފުކުރުމަށް ފަހު، ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު، ސަންޑްރޯ ޓޮނާލީ، 10 މަހަށް ފަހު އެނބުރި ކުޅުމަށް އަންނަން ތައްޔާރުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް ބެޓް ކުރުމުގެ ކަންކަމުގައި ބައިވެރިވެފައިވާތީ، ޓޮނާލީ މި ވަގުތު ހުރީ 10 މަހުގެ ސަސްޕެންޝަނެއްގަ އެވެ. ކުރިން ބެލެވުނު ގޮތުގައި، މި މައްސަލައިގައި ޓޮނާލީއަށް ތިން އަހަރުގެ ސަސްޕެންޝަނެއް އައުން ގާތެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގަށް އެހީވުމުގައި ޓޮނާލީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އޭނާގެ އަދަބު ކުޑަކުރަން އިޓަލީގެ ފެޑެރޭޝަނުން ނިންމީ އެވެ.

ޓޮނާލީ، އެ އަދަބު ތަންފީޒުކުރަމުން ދަނިކޮށް، މިދިޔަ މާޗް މަހު، އިނގިރޭސި އެފްއޭ އިން ވަނީ ޓޮނާލީއާ ގުޅޭ ބެޓިންގެ އާ މައްސަލައެއްގައި އޭނާއާ ސުވާލުކުރަން ފަށައިފަ އެވެ. އެއީ، ނިއުކާސަލް އަށް ބަދަލުވި ފަހުން، 40-50 ދެމެދުގެ އަދަދަކަށް މެޗުތަކަށް ބެޓްކޮށްފައިވާތީ އެވެ. އޭގެ ތެރޭގައި ނިއުކާސަލް ކުޅުނު ހަތަރު މެޗަށް ބެޓް ކުރުން ވެސް ހިމެނެ އެވެ. މި މައްސަލަތައް ބަލައި، އިނގިރޭސި އެފްއޭ އިން ނިންމީ، ޓޮނާލީ އަށް އިތުރު، ދެ މަހުގެ ސަސްޕެންޝަނެއް ދޭށެވެ. އެކަމަކު، މި ސަސްޕެންޝަނަށް އަމަލުކުރަން ޖެހޭނީ މި ފަދަ މައްސަަލައެއް ތަކުރާރުވެއްޖެނަމަ އެވެ.

ނިއުކާސަލްގެ ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން ޓޮނާލީ: އޭނާ އަށް އަންނަ މަހު ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ.

ނިއުކާސަލް އިން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ޓޮނާލީގެ ސަސްޕެންޝަނާ ގުޅޭ ކަންކަން އޮޅުންފިލުވުމަށް، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނަށް ލިޔުނެވެ. ޖަވާބުގައި، އިޓަލީ ފެޑެރޭޝަނުން ބުނެފައިވަނީ، އޮގަސްޓް 27 ގެ ނިޔަލަށް ޓޮނާލީގެ ސަސްޕެންޝަން މުއްދަތު ހަމަވާނެ ކަމަށާއި އިތުރަށް ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށެވެ.

އޭސީ މިލާން ދޫކޮށް، މިދިޔަ އަހަރުގެ ޖުލައި މަހު، ނިއުކާސަލަށް ޓޮނާލީ ބަދަލުވީ، 64 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ނިއުކާސަލް އަށް އެންމެ 12 މެޗު ކުޅުނުތަނާ ޓޮނާލީ އަށް ސަސްޕެންޝަން އައުމުން، މިދިޔަ ސީޒަން އެއްކޮށް ގެއްލުނީ އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ، ފުރަތަމަ މެޗުތައް ޓޮނާލީ އަށް ގެއްލުނު ނަމަވެސް އުންމީދަކީ، ސެޕްޓެމްބަރު މަހުން ފެށިގެން މެޗުތަކުގައި އޭނާ ބޭނުންކުރުމަށް ކަމަށެވެ.

އެ ގޮތުން، އެންމެ އަވަހަށް ވެސް ޓޮނާލީ އަށް އެނބުރި ކުޅުމަށް އާދެވޭނީ، ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ކުޅޭ މެޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox