ބިދޭސީންގެ ފީ ދެއްކި 20 ކުންފުންޏެއްގެ ނަން ހާމަކޮށްފި

ބިދޭސީ މަސައްކަތްތެރިޔެއް. ހަ ކުންފުންޏަކުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް -- އަދަދު ފައިލް ފޮޓޯ

ބިދޭސީ މަސައްކަތްތެރިޔެއް. ހަ ކުންފުންޏަކުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް -- އަދަދު ފައިލް ފޮޓޯ

ބިދޭސީންނާއި ގުޅިގެން ދައްކަން ޖެހޭ ފީގެ ގޮތުގައި ޖުމްލަ 636.5 މިލިއަނަށްވުރެ ރުފިޔާ، ނުދައްކާ ހުރި 1،026 ކުންފުނީގެ ތެރެއިން އެ ފައިސާ ދެއްކި 20 ކުންފުންޏެއްގެ ނަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކޮށްފި އެވެ.

ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 100،000ރ. އަށްވުރެ ގިނައިން ދައްކަން ހުރި ފަރާތްތަކުގެ ނަން އެ މިނިސްޓްރީން ހާމަކުރީ ޖުލައި 24, ގަ އެވެ. އޭގެ ތެރެއިން ބައެއް ވިޔަފާރިތަކަށް ފީ ނުދައްކައި އޮތްކަން އެނގުނީ ލިސްޓު ހާމަކުރުމުން ކަމަށް އޭރު ބުނެފައިވެ އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި އެ 20 ކުންފުނީގެ ލިސްޓު ހިމަނައި ބުނެފައިވަނީ އެއީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފީ ގަވާއިދުން ދައުލަތަށް ދައްކަމުންދާ ފަރާތްތަކެއް ކަމަށެވެ.

އެ ދުވަހު ހާމަކުރި ލިސްޓުގައި އެ ފަރާތްތަކުގެ ނަންތައް އޮތީ އެ އިއުލާނާ ހަމައަށް ދައްކަން ޖެހޭ ފީގެ އަދަދު 100,000ރ. އަށް ވުރެ އިތުރުވުމުން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ގަވާއިދުން ފީ ދައްކަމުންދާ 20 ކުންފުނި

  1. އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  2. އަންގިރި ރިސޯޓް މެނޭޖުމަންޓު އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް
  3. ބްރެނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  4. ޗިކާނޯ އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
  5. އީސްޓް ކޯސްޓް އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
  6. ގޭޖު ޕްރައިވެޓް ލިމިޓެޑް
  7. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް
  8. ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
  9. އިންޓަނޭޝަނަލް ބެވެރޭޖަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  10. މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
  11. ޕެސްޓް އެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  12. ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް
  13. ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑް
  14. ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
  15. ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  16. އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  17. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
  18. ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
  19. ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް
  20. ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އޭރު މިނިސްޓްރީން އާންމުކުރި ލިސްޓުގައި ވާގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އޮތެވެ.

އޭގެ ތެރެއިން ލިސްޓު އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ އެކި ކުންފުނިތަކުން ދައްކާފައިވާކަން އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox