އެތުލެޓިކޯގެ ޑީލް ކުރިއަށް ނުގޮސް ގެލަގާ އެނބުރި ޗެލްސީ އަށް

Aug 15, 2024, 8:23 AM
އެތުލެޓިކޯގެ ޑީލް ކުރިއަށް ނުގޮސް ގެލަގާ އެނބުރި ޗެލްސީ އަށް

ލަންޑަން (އޮގަސްޓް 15) - އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ހުރިހާ ކަމެއް ނިމުނު ކަަމަށް ބެލެވުނު، އިނގިރޭސި މިޑްފީލްޑަރު، ކޮނާ ގެލަގާގެ ޑީލްގެ ކަންކަމުގައި މައްސަލަތަކެއް ދިމާވެ، އޭނާ ކުރީގެ ކްލަބް ޗެލްސީ އަށް އެނބުރި އަންނަން ޖެހިއްޖެ އެވެ.

ގެލަގާ، 24، އަށް ޗެލްސީން އެންމެ ފަހުން ކޮންޓްރެކްޓް އާ ކުރަން ހުށަހެޅި ދެ ޕްރޮޕޯސަލަށް ވެސް އޭނާ ވަނީ ފުރަގަސްދީފަ އެވެ. އޭގެ ފަހުން، ޗެލްސީން ވަނީ އެތުލެޓިކޯ އިން ގެލަގާ ގަންނަންް ހުށަހެޅި 40 މިލިއަން ޑޮލަރުގެ ޑީލަށް އެއްބަސްވެފަ އެވެ.

އެ އަށް ފަހު، ގެލަގާ ވަނީ އޭނާގެ އޭޖެންޓާ އެކު، މެޑްރިޑަށް ދަތުރުކޮށްފަ އެވެ. އަދި އެތުލެޓިކޯގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯގައި، އެ ކްލަބްގެ އޮފިޝަލުންނާ އެކު، ގެލަގާ ގިނަ ބައްދަލުވުންތަކެއް ބޭއްވި އެވެ. ފަސް ދުވަހު، މެޑްރިޑްގައި މަޑުކުރުމަށް ފަހު، ގެލަގާ، އެނބުރި ޗެލްސީ އަށް އަންނަން ޖެހުނީ، އެތުލެޓިކޯ އާއި ޗެލްސީގެ މެދުގައި އެއްބަސްވާން ޖެހޭ ކަންކަން ހަމަނުޖެހި ހުރުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގެލަގާ، އެތުލެޓިކޯ އަށް ބަދަލުވުމުގެ ކަންކަން ހުއްޓުނީ، ޗެލްސީން އެތުލެޓިކޯގެ ފޯވާޑް ސަމޫ އޮމޮރޮޑިއޯންގެ ގަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ޗެލްސީ އާއި އެތުލެޓިކޯ އިން ނިންމީ ގެލަގާ އާއި އޮމޮރޮޑިއޯންގެ ޑީލުގެ ލިޔެކިޔުންތައް އެކުއެކީގައި ނިންމަން ކަމުގައިވާއިރު، ފަހު ވަގުތު އޮމޮރޮޑިއޯން ބޭނުންވާ ކަންތައްތަކެއްގެ ޔަގީންކަން ޗެލްސީ އަށް ނުދެވުމުން އެ ޑީލް ހުއްޓުނީ އެވެ. އަދި އޭގެ އަސަރު ގެލަގާގެ ޓްރާންސްފާ އަށް ވެސް ކުރީ އެވެ.

ގެލަގާ، މިހާރު، އަންނަނީ ޗެލްސީގެ ކޮބްހަމް ޓްރެއިނިން ފެސިލިޓީގައި އަމިއްލަ އަށް ޓްރެއިނިން ކަންކަން ކުރިއަށް ގެންދަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، ގެލަގާ، އެތުލެޓިކޯ އަށް ދާން ބޭނުންވާއިރު، މިހާރު އެ ޑީލް ކުރިއަށްގެންދެވެން އޮތް ގޮތަކީ، ޗެލްސީން އެތުލެޓިކޯ އަށް ކުޅޭ ޕޯޗުގަލްގެ ޖޮއާއޯ ފެލިކްސް ގަންނަން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ އެވެ.

ޗެލްސީ އެކަޑަމީން ފެށި، ގެލަގާ ވަނީ ލޯން އުސޫލުން، ޗާލްޓަން އެތުލެޓިކް، ސްވަންސީ ސިޓީ، ވެސްޓް ބްރޮމްވިޗް އަލްބިއަން އަދި ކްރިސްޓަލް ޕެލަސް އަށް ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކުގައި ކުޅުނު ގެލަގާ ވަނީ ޗެލްސީ އަށް ކުޅެދިން 95 މެޗުން އެ ޓީމަށް 10 ލަނޑު ޖަހައި، 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox