ޒުވާން ގައުމީ ޓީމުގެ އަމާޒަކީ ތަށި: ޝަނާން

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެެރެއިން ޝަނާން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެެރެއިން ޝަނާން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ނޭޕާލުގައި އަންނަ އާދިއްތަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން ކަނޑައަޅާފައިވާ ޓާގެޓަކީ ތަށި ހޯދުން ކަމަށް ޒުވާން ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޝަނާން ރަޝާދު ބުނެފި އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތް އޮތީ އޮގަސްޓް މަހު، 18-28 އަށް ނޭޕާލުގެ ކަތުމަންޑޫގަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، މި މަހު 21 ގައި ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު، އޭގެ އެއް ދުވަސް ފަހުން އިންޑިއާއާ ބައްދަލުކުރާނެ އެވެ.

މި މުބާރާތައް ނެގި ސްކޮޑުގައި މީގެ ކުރިން ސާފް އާއި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ކުޅުންތެރިން ހިމެނެ އެވެ.

އޭގެ ތެރެއިން، ޝަނާން އަކީ، އެންމެ ފަހުން މި ޓީމުގައި ހިމެނި ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިޔާ އެވެ.

ޒުވާން ގައުމީ ޓީމު ފުރުމުގެ ކުރިން އެ ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޝަނާން, "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ބުނީ، ގައުމީ ޓީމުން މުބާރާތައް ދާއިރު، ކުޅުންތެރިންގެ ޓާގެޓެއްގެ ގޮތުގައި ތަށި ހޯދުން ހަދައި އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ ތަށި ރާއްޖެ އަށް ގެނައުން އެއީ ޓީމުގެ ޓާގެޓަކީ އެއަށް މަސައްކަތް ކުރަނީ ހަމަ -- ޝަނާން

މި ފަހަރުގެ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޒުވާން ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލާ މަހެއްހާ ދުވަހު ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

ޝަނާން ބުނީ ފަރިތަކުރުންތައް ދިޔަ ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ސްކޮޑަށް ބަލާއިރު، ޓީމުގެ ސްކޮޑާ މެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ. އެ ގޮތުން، ކުޅުންތެރިންގެ މެދުގައި، ޓީމްވޯކް ރަނގަޅު ކަމަށް ޝަނާން ފާހަގަކުރި އެވެ.

ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ ޝަނާން ވަނީ މީގެ ކުރިން ސާފް އާއި އޭޝިއަން ކަޕްގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމަށް ކުޅެ، ތަޖުރިބާ ހާސިލްކޮށްފަ އެވެ.

ވިހި އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ވަނީ، މީގެ ކުރިން މި ލެވަލްގައި ކުޅެފައި ތިބި ކުޅުންތެރިން ތިބުމަކީ، ކޮންމެ ވެސް ވަރެއްގެ ރަނގަޅު އަސަރުތަކެއް ޓީމަށް ކުރާނެ ކަމެއް ކަމުގައި ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox