އެމްބާޕޭގެ ގޯލާ އެކު ރެއާލުން ސުޕަ ކަޕް ކާމިޔާބުކޮށްފި

Aug 14, 2024, 9:02 PM
އެމްބާޕޭގެ ގޯލާ އެކު ރެއާލުން ސުޕަ ކަޕް ކާމިޔާބުކޮށްފި

ވޯސޯ، ޕޮލެންޑް (އޮގަސްޓް 15) - ކީލިއަން އެމްބާޕޭގެ ގޯލާ އެކު، 2-0 އިން އެޓަލަންޓާ ބަލިކޮށް، ރެއާލް މެޑްރިޑުން ހަ ވަނަ ފަހަރަށް ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ތަށި 15 ފަހަރު އުފުލާލައި އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ހޯދާފައިވާ ރެއާލުން ހަ ވަަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކޮށް، މި ތަށި އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް ވެސް ގާއިމްކުރީ އެވެ. ކުރިން މި ރެކޯޑް އޮތީ ފަސް ތަށި ހޯދި ބާސެލޯނާ އަތުގަ އެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ރެއާލް މެޑްރިޑުން ކޮންޓްރޯލްކޮށް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ގޯލެއް ޖަހަން މާކަ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ. ފުރަތަމަ ހާފުގައި ރެއާލަށް ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރޮޑްރީގޯ އަށެވެ. ވާތުފައިން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލީޑު ނަގާދިނީ, ފެޑެރީކޯ ވަލްވާޑޭ ޖަހާދިން ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން، މުޅިން ހުސްކޮށްލާފައި ވިނީޝިއުސް ޖޫނިއާ ވަލްވާޑޭ އަށް ހުސްކޮށްލި ބޯޅައަކުން ޖެހި ގޯލެކެވެ.

އޭގެ މިނެޓެއް ފަހުން, ވިނީޝިއުސް އަށް ވަނީ ގޯލު ޖަހަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މުޅިން ހުހަށްހުރެ ވިނީޝިއުސް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އެޓަލަންޓާގެ ކީޕަރު ހުވާން މޫސޯ އެވެ.

ރެއާލްގެ ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓުގައި ޖަހާދިނީ ކީލިއަން އެމްބާޕޭ އެވެ. މިއީ ރެއާލްގެ ޖާޒީގައި ރަސްމީ މެޗެއްގައި އެމްބާޕޭ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ރެއާލަށް ލީޑު ފުޅާކުރަން އިތުރު ފުރުސަތެއް ލިބުނެވެ. ވިނީޝިއުސް ނަގާދިން ހުރަސް އެޓަލަންޓާ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުސްވިއިރު, ވަލްވާޑޭ އަށް ހުރެވުނީ ތަންކޮޅެއް ފަހަތުގަ އެވެ.

ރެއާލުން ސުޕަ ކަޕް ކާމިޔާބުކޮށްފައިވަނީ، 2002، 2014، 2016، 2017، 2022 އަދި 2024 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox