ގެސްޓް ހައުސްއަކަށް ވަދެ ވަޅިން ބިރު ދައްކައި ފޭރިގެންފި

މާފަންނު ގެސްޓްހައުސްއަކަށް ވަދެ ވަޅިން ބިރު ދައްކައި ފޭރުން: ފޯނާއި ވަތްގަނޑުގައި ހުރި ރުފިޔާތައް ފޭރުނު -- ފޮޓޯ: އަދަދު

މާފަންނު ގެސްޓްހައުސްއަކަށް ވަދެ ވަޅިން ބިރު ދައްކައި ފޭރުން: ފޯނާއި ވަތްގަނޑުގައި ހުރި ރުފިޔާތައް ފޭރުނު -- ފޮޓޯ: އަދަދު

މާލޭގެ ގެސްޓް ހައުސްއަކަށް ދެ މީހަކު ވަދެ، ވަޅިން ބިރު ދައްކައި އެތަނުގައި ހުރި ފައިސާ އާއި ފޯނުތައް ފޭރިގެންފި އެވެ.

މުއިވެޔޮ މަގުގައި ހުންނަ އެ ގެސްޓުގެ ވެރިމީހާ "އަދަދު" ނޫހަށް ބުނީ ފޭރިގަތް ދެ ފިރިހެނުން ގެސްޓު ހައުސް އަށް ވަނީ ހުސް ކޮޓަރި ހުރިތޯ ބެލުމަށް ކަމަށް ބުނެފައި ކަމަށެވެ.

ކޮޓަރި އެ ވަގުތު ނެތް ކަމަށް ބުނުމުން ވެސް ތަން ދޫކޮށް ނުގޮސް، ކައުންޓަރުގައި އިން އަންހެން ކުއްޖާ އަށް ވަޅިން ބިރު ދައްކައި، އެ ކުއްޖާގެ މޯބައިލް ފޯނާއި ގެސްޓު ހައުސްގެ މޯބައިލް ފޯނު އަދި ވަތްގަނޑުގައި ހުރި 2،400 ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

"އެކަން ހިނގީ ރޭ 9:30 ހާއިރު. ފޭރިގަތް ތަކެތި ހިފައިގެން އެ މީހުން ފިލީ. އެ ވަގުތު ގެސްޓު ހައުސްގައި ހުރީ ވެސް ކައުންޓަރުގައި އިން އަންހެން ކުއްޖާ އެކަނި،" ގެސްޓު ހައުސްގެ ވެރިޔާ ބުންޏެވެ.

ސީސީޓީވީގެ ފުޓޭޖުތަކުން ފެންނަ ގޮތުގައި ގެސްޓު ހައުސްއިން ފޭރުގަތް ދެ މީހުން ވެސް ތިބީ ވާރޭ ކޯޓު ލައިގެންނެވެ. އެކަކެއްގެ ބޮލުގައި ތޮއްޕެއް އަޅާފައި ހުރުމުން، ފުޓޭޖުން އޭނާގެ މޫނު ސާފެއް ނުވެ އެވެ. ދެވަނަ މީހާ މޫނު ނިވައިކޮށްގެން ހުރީ ވާރޭ ކޯޓުގައި ހުންނަ ބޮލަށް މަހާލާ ބައިންނެވެ.

މި މައްސަލައާ ބެހޭ މައުލޫމާތު އަދި ފުލުހުން ހާމަނުކުރެ އެވެ. ގެސްޓު ހައުސްއިން މި މައްސަލަ ޕޮލިހަށް ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox