އެމެރިކާގެ އަސްކަރީ ތަމްރީން ޕްރޮގްރާމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

އެމެރިކާގެ އަސްކަރީ ބޯޓެއް: ރާއްޖެއިން ވަނީ އެމެރިކާއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެފައި -- ފޮޓޯ: ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ

އެމެރިކާގެ އަސްކަރީ ބޯޓެއް: ރާއްޖެއިން ވަނީ އެމެރިކާއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެފައި -- ފޮޓޯ: ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ސްރީލަންކާގެ އެއާފޯސް އާއި އެމެރިކާގެ ޕެސިފިކް އެއާފޯސްގެ އިތުރުން މޮންޓާނާ ނެޝަނަލް ގާޑް ގުޅިގެން ލަންކާގައި "އެޓްލަސް އެންޖަލް" ނަމުގައި ތަމްރީންތަކެއް ފަށައިފި އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެމެރިކާއިން ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމުތަކުގައި އެމެރިކާގެ 70 އަށް ވުރެ ގިނަ ސިފައިންނާއެކު ދެ އަސްކަރީ އެއާކްރާފްޓް ބައިވެރިވެ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުގައި ކާރިސާތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން. ދިމާވާ ކާރިސާތަކުން ގެއްލުން ކުޑަކުރަން އެމެރިކާގެ އެހީތެރިކަމާއި ތަޖުރިބާއާއެކު މަސައްކަތްތަކެއް ކުރެވޭނެ،" އެ ތަމްރީނުތަކާ ބެހޭ ގޮތުން އެމެރިކާއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޫލީ ޗަންގް ވިދާޅުވި އެވެ.

Advertisement

ތަމްރީންތަކުގެ ސަބަބުން ތަޖުރިބާ ލިބިފައިވާ މީހުންގެ ފަރާތުން ކާރިސާތައް މެނޭޖްކުރަން ދަސްވެ، އާ ކަންތައްތައް ވެސް ދަސްވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޖޫލީ ވިދާޅުވި އެވެ.

މި ތަމްރީންތައް އަމާޒުކޮށްފައި ވަނީ ކާރިސާތަކުން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތަށެވެ. އެގޮތުން ޖުމްލަ ހަ ތަމްރީނެއް އޭގެ ދަށުން ފުރިހަމަ ކުރަން ވަނީ ހަމަޖެހިފަ އެވެ.

ތަމްރީން ޕްރޮގްރާމާ ގުޅޭ ގޮތުން ލަންކާގެ އެއާފޯސް ކޮމާންޑާ އެއާ މާޝަލް އުދެނި ރާޖަޕަކްސަ ވިދާޅުވީ މި ތަމްރީން ޕްރޮގްރާމާއެކު އެކި ހާދިސާތަކާ ގުޅިގެން ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށާއި ސާޗް އޮޕަރޭޝަން ހިންގުމަށް ބައިވެރިންނަށް އިތުރު ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ.

އެމްއެންޑީއެފްއިން މީގެ ކުރިން ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް އެކި ކަހަލަ ތަމްރީން ޕްރޮގްރާމުތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. ނަމަވެސް އެމެރިކާއާއެކު ތަމްރީން ޕްރޮގްރާމްތައް ހެދުން ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox