އެތުލެޓިކޯ އަށް ބަދަލުވާން ގެލަގާ އެއްބަސްވެއްޖެ

Aug 5, 2024, 2:27 PM
އެތުލެޓިކޯ އަށް ބަދަލުވާން ގެލަގާ އެއްބަސްވެއްޖެ

ލަންޑަން (އޮގަސްޓް 5) - ޗެލްސީ ދޫކޮށްލުމަށް ފަހު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އިނގިރޭސި މިޑްފީލްޑަރު، ކޮނާ ގެލަގާ އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގެލަގާ، 24، އަށް ޗެލްސީން އެންމެ ފަހުން ކޮންޓްރެކްޓް އާ ކުރަން ހުށަހެޅި ދެ ޕްރޮޕޯސަލަށް ވެސް އޭނާ ވަނީ ފުރަގަސްދީފަ އެވެ. އެހެންވެ، ޗެލްސީން ވަނީ އެތުލެޓިކޯ އިން ގެލަގާ ގަންނަންް ހުށަހެޅި 40 މިލިއަން ޑޮލަރުގެ ޑީލަށް އެއްބަސްވެފަ އެވެ.

އެކަމަކު، އެ ޑީލް ކުރިއަށް ނުގޮސް އޮތީ، ގެލަގާ ބައެއް ކަންކަން ޔަގީންކުރުމަށް ފަހު ކްލަބް ބަދަލުކުރަން ވިސްނާތީ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގެލަގާ ވަނީ އެތުލެޓިކޯގެ އޮފާ ގަބޫލުކުރަން ނިންމައިފަ އެވެ. އަދި އެތުލެޓިކޯގެ މެޑިކަލް ޓެސްޓްތަކުގައި ބައިވެރިވުމާއި ކޮންޓްރެކްޓްގައި ސޮއިކުރަން މެޑްރިޑަށް ވަރަށް އަވަހަށް ގެލަގާ އާއި އޭނާގެ އޭޖެންޓް ދަތުރުކުރާނެ އެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގެލަގާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ދިއުމާ ގުޅޭގޮތުން، އިނގިރޭސި ފުލްބެކް، ކިއެރަން ޓްރިޕިއޭއާ ވާހަކަ ދައްކައިފަ އެވެ. ނިއުކާސަލް ޔުނައިޓެޑަށް މި ވަގުތު ކުޅެމުން އަންނަ ޓްރިޕިއޭ ވަނީ މީގެ ކުރިން 2021 ވަނަ އަަހަރު އެތުލެޓިކޯ މެޑްރިޑަށް ކުޅެފަ އެވެ. ޓްރިޕިއޭ ވަނީ އެތުލެޓިކޯ މެޑްރިޑަށް ދިއުމަކީ ގެލަގާ އަށް ރަނގަޅު ނިންމުމަކަށްވާނެ ކަމަށް ބުނެފަ އެވެ.

ޗެލްސީ އެކަޑަމީން ފެށި، ގެލަގާ ވަނީ ލޯން އުސޫލުން، ޗާލްޓަން އެތުލެޓިކް، ސްވަންސީ ސިޓީ، ވެސްޓް ބްރޮމްވިޗް އަލްބިއަން އަދި ކްރިސްޓަލް ޕެލަސް އަށް ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކުގައި ކުޅުނު ގެލަގާ ވަނީ ޗެލްސީ އަށް ކުޅެދިން 95 މެޗުން އެ ޓީމަށް 10 ލަނޑު ޖަހައި، 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox