ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން ލަސްކުރީ އަތޮޅުތެރޭގެ ފެނުގެ ނިޒާމު ތަރައްގީކުރެވެން ދެން: ތޯރިގު

އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ސިންގަލް ޔޫސް ޕްލާސްޓިކުތައް މަނާކުރަން މި ސަރުކާރުން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓަރު

އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ސިންގަލް ޔޫސް ޕްލާސްޓިކުތައް މަނާކުރަން މި ސަރުކާރުން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓަރު

އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި މަނާކުރުން ފަސްކުރީ އަތޮޅުތެރޭގައި ފެނުގެ ނިޒާމު ތަރައްގީކުރަން ވަގުތު ދިނުމުގެ ބޭނުމުގައި ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސިންގަލް ޔޫޒް ޕްލާސްޓިކް މަނާކުރުމުގެ ގަރާރުގައި ކުރިން އޮތީ މި އަހަރުގެ ނޮވެމްބަރުން ފެށިގެން މި ސައިޒުގެ ފެން ފުޅި މަނާކުރާ ގޮތަށެވެ. ނަމަވެސް ނިމުނު ހަފުތާގެ ތެރޭގައި މި ގަރާރު އިސްލާހުކޮށް ސަރުކާރުން ވަނީ އެ ތާރީހު މާޗު، 2026 އަށް ފަސްކޮށްފަ އެވެ.

މިއީ މި ތާރީހު ފަސްކުރި ދެވަނަ ފަހަރެވެ. މިކަން ކުރި ސަބަބާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން ލިޔުމުން ދެއްވި ޖަވާބުގައި ތޯރިގު ވިދާޅުވީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކު މަނާކުރަން މި ސަރުކާރުން ވެސް ބޭނުންވާ ކަމަށެވެ.

"މި ބާވަތުގެ ޕްލާސްޓިކުތަކުން ތިމާވެއްޓަށް، ހާއްސަކޮށް ކަނޑުގެ ވެއްޓަށާއި ދިރުންތަކަށް, ގެއްލުންވާކަން ގަބޫލުކުރަން" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ވަގުތަށް 500 މިލިލީޓަރާއި އެއް ލީޓަރުގެ ފެން ފުޅި މަނާކުރެވެން ނެތީ ބައެއް ރަށްރަށުގައި ސާފު ބޯފެން ލިބޭނެ ގޮތެއް ނެތުމުން ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި މިހާރު މިކަން ކޮށްފި ނަމަ އެ ތަކުލީފު އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ރަށްރަށުގައި ފެން ފޯރުކޮށްދެވޭނެ އެކަށީގެންވާ ނިޒާމެއް ނެތް. މި މަސައްކަތް ކުރަން ކޮންޓްރެކްޓުތައް އެވޯޑުކުރެވި، އެކި މަޝްރޫއުތައް އެކި މަރުހަލާތަކުގައި ހުރުމުން، މިހާރު ޕްލާސްޓިކު ފުޅިތައް މަނާކޮށްފި ނަމަ އެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން" ތޯރިގު ވިދާޅުވި އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކު މަނާކުރުމުގެ އިތުރުން، މި ބާވަތުގެ ޕްލާސްޓިކު މަދުކުރަން ސަރުކާރުން ވިސްނާ އެހެން ދެ ކަމެއް ވެސް ތޯރިގު ހިއްސާ ކުރެއްވި އެވެ.

އެއް ކަމަކީ ޕްލާސްޓިކު އުފައްދާ މީހުން ޒިންމާދާރުކުރުވަން "އެކްސްޓެންޑަޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ" (އީޕީއާރު) ގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. ދެވަނަ ކަމަކީ އަމިއްލަ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކަށް މަންފާތަކެއް ދީގެން ރީސައިކަލް ކުރަން (އަލުން ބޭނުން ކުރަން) ބާރު އެޅުމެވެ.

ޕްލާސްޓިކު ފޭސް އައުޓް ކުރުން ނުވަތަ މަނާކުރުމުގެ ޕްރޮގްރާމް ހިންގަނީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮންނަ ގޮތުން މަނާވާނެ ޕްލާސްޓިކުގެ ބާވަތްތަކާއި ތާރީހުތައް ކަނޑައަޅަންޖެހެނީ ރައީސެވެ.

ޕްލާސްޓިކް މަނާކުރުމުގެ ގަރާރުގެ ދަށުން މިހާތަނަށް ބޭނުންކުރުން ހުއްޓާލާފައިވާ ބާވަތްތަކުގެ ތެރޭގައި ކުދި ކޮތަޅާއި، ސުޕާރީ، އެންމެ ކުދި ފެން ފުޅީގެ އިތުރުން ޕްލާސްޓިކު ކާތައްޓާއީ ޖޫސް ޕެޓީ ކޮތަޅު ފަދަ އެއްޗެހި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox