މުއިއްޒުގެ ކެބިނެޓުން 10 މިނިސްޓަރުން އިސްތިއުފާ ދީފި

އިސްތިއުފާ ދިން ވަޒީރުން

އިސްތިއުފާ ދިން ވަޒީރުން

ޔޫތު މިނިސްޓަރުގެ މަގާމުން އިބްރާހިމް ވަހީދު (އަސްވާޑު) އާއި ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު  އިސްތިއުފާ ދެއްވައިފި އެވެ. 

އަދަދު އަށް އެކި މަސްދަރުތަކުން ޔަގީންކުރެވިފައިވާ ގޮތުގައި އަސްވާޑު އާއި ތޯރިގު އިސްތިއުފާ ދެއްވީ މިއަދު އެވެ. 

ކެބިނެޓުން މިއަދު އަސްވާޑާއި ތޯރިގާއެކު ޖުމްލަ އަށް މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވެ އެވެ. އެ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 

އިސްތިއުފާ ދެއްވި މިނިސްޓަރުން:

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
  • ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
  • ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
  • ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
  • ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް
  • އެގްރިކަލްޗާ މިނިސްޓަރު މަރިޔަމް މާރިޔާ
  • ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް
  • ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު
  • ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު

މީގެއިތުރުން އިތުރު މިނިސްޓަރުންތައް ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އެއީ ކޮން މިނިސްޓަރުންނެއް ކަމެއް މިހާތަނަށް ޔަގީންކުރެވިފައެއް ނުވެ އެވެ. 

ސަރުކާރުގެ މިނިސްޓަރުންތައް މިއަދު ވަކިކޮށްފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައި ވަނިކޮށެވެ. ކައުންސިލް އިންތިހާބާއެކު ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރުން ހުށަހެޅި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހުށަހެޅުމަށް ވެސް ބޮޑުތަނުން ވަނީ ނޫނެކޭ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox