"އާއިލީ ކަމެއް ދިމާވެގެން" މަޖިލީހަށް ވަޑައިނުގެން މިނިސްޓަރު ހައިދަރު މިއަދު ހުންނެވީ އޮފީހުގައި

ހައުސިން މިނިސްޓަރު ހައިދަރު: މަޖިލީހަށް ހާޒިރުނުވެވުނަސް މިނިސްޓަރު ހައިދަރު މިއަދުވެސް އޮފީހަށް ނުކުންނެވި --- ފޮޓޯ: ހައުސިން މިނިސްޓަރު

ހައުސިން މިނިސްޓަރު ހައިދަރު: މަޖިލީހަށް ހާޒިރުނުވެވުނަސް މިނިސްޓަރު ހައިދަރު މިއަދުވެސް އޮފީހަށް ނުކުންނެވި --- ފޮޓޯ: ހައުސިން މިނިސްޓަރު

ކުއްލި އާއިލީ ކަމެއް ދިމާވެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވާން އުޒުރުވެރިވެޑައިގެންނެވި ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދުވެސް އޮފީހަށް ނުކުމެވަޑައިގެންފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާއަށް ހައިދަރު ހާޒިރުވާން އެންގީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް، ކުރީ ސަރުކާރުން މާލެ ސަރަަހައްދުގައި ފެށި ގެދޮވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ އަދާހަމަ ހޯދުމަށް ކުރި ސުވާލަކަށް ޖަވާބު ދިނުމަށެވެ.

ނަމަވެސް، "ކުއްލި، އާއިލީ ކަމެއް" ދިމާވެގެން ހައިދަރަށް މިއަދު މަޖިލީހަށް ވަޑައިގެންނެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު އޮފީހަށް ހާޒިރުވިތޯ މި ނޫހުން އެހުމުން، އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވަނީ ހައިދަރު އޮފީހަށް ނުކުންނެވި ކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގެ ޖަލްސާ ފެށީ 9:00 ގަ އެވެ. ހައިދަރު އޮފީހުގައި ހުންނެވި ކަމަށް މިނިސްޓްރީން މައުލޫމާތު ދިނީ 9:15 ގަ އެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަކީ އެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.

"ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ،" އެ މާއްދާގައި ބުނެފައިވެ އެވެ.

އެ ބާރުގެ ދަށުން މަޖިލީހުން މަޖިލީހުގައި އަމަލުކުރާ އުސޫލަކީ މެންބަރަކު މިނިސްޓަރަކާ ސުވާލެއް ކުރައްވާ ނަަމަ، މަޖިލީހުގެ އިދާރާއިން އެ ސުވާލު، މިނިސްޓަރަށް ލިޔުމުން ފޮނުއްވައި، ޖަވާބުދެއްވަން ތައްޔާރުވެވަޑައިގެންނެވުމަށް 14 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ޖަވާބު ދެއްވަން އެޖެންޑާ ކުރުމެވެ.

މިއަދުގެ މަޖިލީހުގައި ހައިދަރަށް އަމާޒު ކުރަން ބޭނުންވި ސުވާލުތަކުގެ ތެރޭގައި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ދޫކުރަން ފެށޭނެ ތާރިހަކާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ފުލެޓު ދޫކުރުމުގެ އަދާހަމަ ހޯދުން ހިމެނެ އެވެ.

މި މައްސަލާގައި މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހާޒިރުކުރުމުން ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅަމުން ދާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

"އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ، ހޮވޭ ފަރާތްތައް އިއުލާނުކޮށް ފައިނަލް ލިސްޓު ގެޒެޓު ކުރާނަމޭ އިނގޭތޯ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހައި ތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާންމު ކުރާނަން،" ހައިދަރު އެ ދުވަހު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން އިއުލާނު ކުރި ފުލެޓު ލިސްޓުގައި ހިމެނޭ މައްސަލައެއް ނެތް މީހުންނަށް ވީހާވެސް އަވަހަކަށް ފުލެޓު ދިނުމަށް މާލެ ސިޓީ ކައުންސިލުން މީގެ ދެ ހަފުތާ ކުރިން ވަނީ ހައުސިން މިނިސްޓަރީއަށް ލަފާ ދީފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox