އޮލިމްޕިކްސްގެ ރަން މެޑަލް ހޯދައި ޖޮކޮވިޗް "ގޯލްޑަން ސްލޭމް" ފުރިހަމަކޮށްފި

Aug 4, 2024, 3:34 PM
ޖޮކޮވިޗް މި ފަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް ދައްކާލަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ޖޮކޮވިޗް މި ފަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް ދައްކާލަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ޕެރިސް (އޮގަސްޓް 4) - ސްޕެއިނުގެ ކާލޯސް އަލްކަރާޒް އަތުން، މޮޅުވެ، އޮލިމްޕިކްސްގެ ރަން މެޑަލް ހޯދައި، ސާބިއާގެ ތަރި ނޮވަކް ޖޮކޮވިޗް ޓެނިހުގެ ގޯލްޑަން ސްލޭމް ފުރިހަމަކޮށްފި އެވެ.

ފޯރިގަދަ ފައިނަލުގައި، ޖޮކޮވިޗް ސެޓުތައް ގެންދިޔައީ، 7-6 (7-3)، 7-6 (7-2) އިންނެވެ.

އުމުރުން 37 އަހަރުގެ ޖޮކޮވިޗަކީ، އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި ފިރިހެން ސިންގަލްސް އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އެކަމަކު، އޭނާ އަށް މި ކާމިޔާބީ ހާއްސަވާނީ ގޯލްޑަން ސްލޭމް އިންނެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް ހަތަރު މުބާރާތާއި އޮލިމްޕިކްސް ރަން މެޑަލް ހޯދައި، މީގެ ކުރިން ހަތަރު ކުޅުންތެރިއަކު ވަނީ އެންމެ މަތީ ފަޑިން ޖާގަ ހޯދައިފަ އެވެ. ޖޮކޮވިޗް ވެސް އެ ލިސްޓަށް ނަން އެރުވީ އެވެ. އެ ލިސްޓުގައި ހިމެނެނީ، ރަފައެލް ނަޑާލް، އަންދްރޭ އަގާސީ، ސެރީނާ ވިލިއަމްސް އަދި ސްޓެފީ ގްރާފް އެވެ.

މެޗުން މޮޅުވުމަށް ފަހު، ޖޮކޮވިޗް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މީގެ ދެ މަސް ކުރިން، ޖޮކޮވިޗްގެ ކަކުލަށް އަނިޔާވީ ފްރެންޗް އޯޕަން ކުޅެނިކޮށެވެ. އެހެންވެ، މި ފަހަރުގެ އޮލިމްޕިކްސް އަށް ޖޮކޮވިޗް ފިޓްނުވެދާނެ ކަމަށް ބެލެވުނެވެ.

އެކަމަކު، ޖޮކޮވިޗް މި ވަނީ އެނބުރި އައިސް، އެންމެ ފަހުން، ވިމްބަލްޑަން ފައިނަލުގައި އޭނާ އަތުން މޮޅުވި، ސްޕެއިނުގެ 21 އަހަރުގެ އަލްކަރާޒް ބަލިކޮށް، ކެރިއަރުގައި މަދުވާ އޮލިމްޕިކްސް ރަން މެޑަލް ހޯދައިފަ އެވެ.

އޮލިމްޕިކްސްގައި، މީގެ ކުރިން، ޖޮކޮވިޗްގެ އެންމެ ރަނގަޅު ފަހަރަކީ، 2008 ވަނަ އަހަރު ސިންގަލްސް އިން ހޯދި ލޯ މެޑަލް އެވެ. އެންމެ ފަހުން، ބޭއްވި 2020ގެ އޮލިމްޕިކްސްގައި ޖޮކޮވިޗް ދިޔައީ ހަތަރު ވަނަ އެވެ.

ރަނގަޅު ފޯމެއްގައި ހުރި އަލްކަރާޒް އަށްް، އޮލިމްޕިކްސްގެ ރިހި މެޑަލް ލިބުނުއިރު، ފައިނަލުގައި ވެސް އޭނާ ވަނީ ޖޮކޮވިޗް ކައިރީ ނިސްބަތުން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު، ޖޮކޮވިޗް ކުރިހޯދުމުގައި އިސް ރޯލެއް ކުޅުނީ ތަޖުރިބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox