ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމާ ދެކޮޅަށް ޑުރައިވަރުން އިހުތިޖާޖު ކުރަނީ

ހުޅުމާލެ ރުއްގަނޑުގައި މިހާރު ކުރިއަށް ގެންދާ އިހުތިޖާޖު -- ފޮޓޯ: މިސްބާހު ޝަރީފް

ހުޅުމާލެ ރުއްގަނޑުގައި މިހާރު ކުރިއަށް ގެންދާ އިހުތިޖާޖު -- ފޮޓޯ: މިސްބާހު ޝަރީފް

ޓެކްސީ ލައިނެއްގެ ހިދުމަތް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑުރައިވަރުން އިހުތިޖާޖު ކުރަން ނުކުމެއްޖެ އެވެ.

ޓެކްސީ ޑުރައިވަރުން އިހުތިޖާޖު ކުރަމުން ދަނީ ހުޅުމާލެ ރުއްގަނޑު އެކެއްގަ އެވެ. އެ އިހުތިޖާޖުގައި މިހާރު ވެސް 70 ވަރަކަށް ކާރު ޑުރައިވަރުން ބައިވެރިވާ ކަމަށް އިހުތިޖާޖުގައި ބައިވެރިވާ މިސްބާހު ޝަރީފް ބުންޏެވެ.

"މިހާރު ވެސް 70 ވަރަކަށް ކާރު ޑުރައިވަރުން މިތަނުގައި އެބަ ތިބި، އަދި އިތުރު ޑުރައިވަރުން ވެސް ބައިވެރިވުމަށް އެބަ އާދޭ، މިއަދު މިކަން ކޮޅެއްގައި ޖައްސާނަން،" މިސްބާހު ބުންޏެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ މާލެފަހި ޕްރޮގުރާމު އިފުތިތާހު ކުރުމަށް ޖުލައި 25، ގައި ބޭއްވި ޖަލްސާގަ އެވެ.

މާލެފަހި ޕްރޮގުރާމުގެ ކަރުދާހުގައި ހިމަނާފައިވާ މައުލޫމާތުގައި ވަނީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރަނީ ޒަމާނީ އަދި ރައްކާތެރި ޓެކްސީ ލައިނެއް ތައާރަފު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެ ލައިނުގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނަކުން ކޮންޓްރޯލުކޮށްގެން ދުއްވުމުގެ ޝައުގުވެރިކަން ހުރި ދިވެހީންނަށް ހުޅުވައިލުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކަރުދާހުގައި ލިޔެފައިވެ އެވެ.

ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި އިހުތިޖާޖު ކުރަމުންދާ ޓެކްސީ ޑުރައިވަރުންގެ ކަންބޮޑުވުން ގުޅިފައި އޮތީ ދިވެހި އެތައް އާއިލާއަކާ ކަމަށް މިސްބާހު ބުންޏެވެ.

"ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށައިފިއްޔާ ޓެކްސީ ދުއްވާ އެތައް ބަޔަކަށް ގެއްލުން ލިބޭނެ، ބޮޑެތި ލޯނުތައް ނަގައިގެން ކާރުތައް ގަނެގެން ދުއްވާ ޑުރައިވަރުން އެބަތިބި، ވާހަކައަކީ 3500 ޓެކްސީ ޑުރައިވަރުންގެ އާއިލާތަކަށް ގެއްލުން ވާނެޔޭ އެ ނިންމުމުގެ ސަބަބުން،" މިސްބާހު ބުންޏެވެ.

އޭނާ ބުނީ ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން ދާއިރު، މިހާރު ވެސް މާލޭގައި ދުއްވާ ކާރުތައް ޕާކު ކުރެވޭނެ ޖާގައެއް މާލޭގައި ނެތް ކަމަށެވެ.

"ޕާކިން ޒޯނެއް ސަރުކާރަކަށް ނުދެއްކޭ، އެކަމަކު ޓޯ ކޮށްފައި ކާރުތައް ބަހައްޓަން ވީމާ ޖާގަ އެބަ އޮވޭ، ޓޯ ކުރާ ކާރުތަކަށް ބޮޑެތި ގެއްލުން ވެސް ލިބިފައި އެބަހުރި ފޯކުލިފްޓުގެ ދަތްގަނޑު ޖަހާތީ، މި ހުރިހާ ކަމަކަށް ހައްލެއް ހޯދުމަށް އިހުތިޖާޖު މިކުރަނީ،" މިސްބާހު ބުންޏެވެ.

ޓެކްސީ ޑުރައިވަރުންގެ ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އާ ބައްދަލު ކުރުމަށް އެދުމުން އެކަމަށް އިޖާބަ ދީފައި ނުވާކަމަށް މިސްބާހު ބުންޏެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަށް ނިންމާފައިވާއިރު، ޓެކްސީގެ ހިދުމަތް މިހާރު ދޭ އަމިއްލަ ފަރާތްތަކުން ކަން ކުރާ ގޮތާ މެދު އާންމުންގެ ހިތްހަމަނުޖެހުން އަބަދުވެސް އޮވެ އެވެ.

އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox