އޮލިމްޕިކްސް ފައިނަލުގައި ވެސް އަލްކަރާޒާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް

Aug 3, 2024, 6:12 AM
ވިމްބަލްޑަން ފައިނަލް މެޗުގެ ތެރެއިން އަލްކަރާޒް އާއި ޖޮކޮވިޗް.

ވިމްބަލްޑަން ފައިނަލް މެޗުގެ ތެރެއިން އަލްކަރާޒް އާއި ޖޮކޮވިޗް.

ޕެރިސް (އޮގަސްޓް 3) - ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޓެނިހުގެ ފިރިހެން ސިންގަލްސް ފައިނަލުގައި، ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ސްޕެއިނުގެ ކާލޮސް އަލްކަރާޒް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަލްކަރާޒް އާއި ޖޮކޮވިޗް ވަނީ މީގެ ވިއްސަކަށް ދުވަސް ކުރިން، ވިމްބަލްޑަން ޓެނިސް ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން، އަލްކަރާޒް ވަނީ މޮޅުވެފަ އެވެ.

ޓެނިހުގެ ދުނިޔޭގައި ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުނ އަންނަ އަލްކަރާޒް، 21، ވަނީ، މިދިޔަ ޖޫން މަހު، ފްރެންޗް އޯޕަން ވެސް ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން އޮލިމްޕިކްސް ރަން މެޑަލް ހޯދިއްޖެނަމަ، ޖެހިޖެހިގެން ތިން މަހު، ބޮޑު ތިން ކާމިޔާބީ ހޯދޭނެ އެވެ.

ޖޮކޮވިޗް، 37، ފައިނަލަށް ދަތުރުކުރީ، އިޓަލީގެ ލޮރެންޒޯ މުސެއްޓީ އަތުން ސެމީ ފައިނަލުގައި، 6-4، 6-2 އިން މޮޅުވެގެންނެވެ. މިއީ، ޓެނިހުގެ ގްރޭންޑް ސްލޭމްގެ 24 ތަށި ހޯދާފައިވާ ޖޮކޮވިޗްގެ ކެރިއަރުގައި އޮލިމްޕިކްސް ފައިނަލަކަށް ދަތުރުކުރި ފުރަތަމަ ފަހަރެެވެ.

ޖޮކޮވިޗްގެ ކާމިޔާބު ކެރިއަރުގައި މަދުވަނީ، އޮލިމްޕިކްގެ ޓެނިސް އިވެންޓުން ރަން މެޑަލެކެވެ. އޮލިމްޕިކްސްގައި ޖޮކޮވިޗްގެ އެންމެ ރަނގަޅު ފަހަރަކީ، 2008 ވަނަ އަހަރު ހޯދި ލޯ މެޑަލް އެވެ. އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި ޖޮކޮވިޗް ދިޔައީ ހަތަރު ވަނަ އެވެ.

ރަފައެލް ނަޑާލްއާ އެކު، ޑަބަލްސް ކުުޅުނު، އަލްކަރާޒް، ސިންގަލްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި، ކެނަޑާގެ ފީލިކްސް އޯގާ-އަލިއަސީމޭ އަތުން 6-1، 6-1 އިން މޮޅުވެގެންނެވެ.

ޕެރިސް އޮލިމްޕިކްސްގެ ޓެނިސް އިވެންޓް، ފިރިހެން ސިންގަލްސް ފައިނަލް އޮތީ މާދަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox