މި ފަހަރު ވެސް ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވިމްބަލްޑަން ކާމިޔާބުކޮށްފި

Jul 14, 2024, 6:00 PM
މި ފަހަރު ވެސް ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވިމްބަލްޑަން ކާމިޔާބުކޮށްފި

ލަންޑަން (ޖުލައި 14) - މިދިޔަ އަހަރުގެ ފައިނަލެކޭ އެއްގޮތަށް، ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް، ސްޕެއިނުގެ ޒުވާން ތަރި، ކާލޯސް އަލްކަރާޒް، ވިމްބަލްޑަން ޗެމްޕިއަންކަން ހޯދައިފި އެވެ.

މި އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ވެސް ކާމިޔާބުކުރި އަލްކަރާޒް، ވިމްބަލްޑަން މުބާރާތުގެ ފައިނަލުގައި މިރޭ ވަނީ ޖޮޮކޮވިޗް ކައިރިން މިދިޔަ އަހަރުގެ މުބާރާތަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަލްކަރާޒް މި ފަަހަރުގެ ފައިނަލުން މޮޅުވީ، 6-2 6-2 7-6 (7-4) އިން ސެޓުތައް ގެންގޮސްގެންނެވެ.

މިދިޔަ އަހަރުގެ ފައިނަލް ފަސް ސެޓު ކުޅެން ޖެހުނު ނަމަވެސް، މި ފަހަރު އަލްކަރާޒް މޮޅުވީ، ޖޮކޮވިޗަށް މާ ބޮޑު ފުރުސަތެއް ނުދީ އެވެ.

"މި ތަށި ހޯދުމަކީ އަބަދުވެސް ހުވަފެނެއް. އުމުރުން 11 އަހަރުގައި އަހަަރެން ދީފައިވާނެ އިންޓަވިއުއެއް. އޭގައި ވެސް އަހަރެން ބުނިން، އެންމެ ބޭނުންވާ އެއް ކަމަކީ ވިމްބަލްޑަން ކާމިޔާބުުކުރުން ކަމަށް،" އަލްކަރާޒް ބުންޏެވެ.

ފައިނަލް މެޗުގެ ތެރެއިން އަލްކަރާޒް: ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުުކުރަނީ.

އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ، ޖޮކޮވިޗް، މި ފަހަރުގެ މުބާރާތަށް ނުކުތީ ވެސް ރޮޖާ ފެޑެރާގެ ވިމްބަލްޑަން ރެކޯޑާ ހަަމަކުރުމަށެވެ. ފެޑެރާ އަކީ އަށް ވިމްބަލްޑަންގެ ތަށި އަށް ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ރެކޯޑް ހޯލްޑަރެވެ. ޖޮކޮވިޗަށް ވިމްބަލްޑަންގެ ހަތް ތަށި ކާމިޔާބުކުރެވުނުއިރު، ޖެހިޖެހިގެން ދެ ފައިނަލުން މި ވަނީ ބަލިވެފަ އެވެ.

އުމުރުން 21 އަހަރުގެ އަލްކަރާޒް މި ވަނީ އޭނާ މިހާތަނަށް ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ފައިނަލުގައި ކުޅުުނު ހަތަރު ފައިނަލުން ވެސް މޮޅުވެފަ އެވެ. އަދި އަލްކަރާޒަކީ، އެއް އަހަރު ތެރޭ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ.

އަލްކަރާޒް ވަނީ މިރޭ އޭނާ އަށް ކާމިޔާބު ލިބުނު ގޮތަށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން އަށް ވެސް ތަށި ލިބެން އެދޭ ކަމަށެވެ. ޖަރުމަނުގެ ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ޔޫރޯގެ ފައިނަލުގައި އިންގްލެންޑާއި ސްޕެެއިން ވާދަކުރަނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox