ދިރިހުރުމާއި މަރުވުން

ދިރިހުރުމާއި މަރުވުން

"އަދި ހެއްވަވަނީވެސް، އަދި ރޮއްވަވަނީވެސް ހަމައެކަލާނގެއެވެ. އަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި ރަޙިމުގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ. އަދި (މަރުވުމަށްފަހު) އަލުން ދިރުއްވުންވަނީވެސް އެކަލާނގެއަށެވެ. އަދި މުއްސަނދިކުރައްވަނީވެސް، އަދި ފަޤީރުކުރައްވަނީވެސް އެކަލާނގެއެވެ." މިއީ އައްނަޖްމު ސޫރަތުގެ 43 ވަނަ އާޔަތުގެ ތަރުޖަމާއެވެ! ދިވެހި ޅެންވެރިޔަކު ކިޔާފައިވެއެވެ.

ކޮންމެ ނަފުސެއް ވެސް ޖެހޭނެޔެ މަރުގެ ރަހަ އިހްސާސްކުރަން

ކޮންމެވެސް އެއްވަގުތަކުން ދުނިޔޭގެ ދަންފަޅި ހަމަކުރަން

މިކާއިނާތުގައި މާތް ﷲ ލައްވާފައިވާ ބަދަލުނުކުރެވޭނެ ސުންނަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ދިރިހުރުމާއި މަރުވުމެވެ. އޭގެ ސިއްރުތަކާ ހަމައަށް ހަމަ އެކަކަށްވެސް ވާސިލުވެވިގެންނުވާ، އިންސާނީ ބުއްދިން ސަތޭކަ އިންސައްތައިން ޔަގީންކުރާ ހަމައެކަނި ހަގީގަތަކީ ވެސް ދިރިހުރުމާއި މަރުވުމެވެ. އޭގައި ރަސްކަލެއް ރައްޔިތެއް މުއްސަންޖެއް ނިކަމެއްޗެއް ހަގެއް ދޮއްޓެއް އަންހެނެއް ފިރިހެނެއް ތަފާތުވެގެން ނުވާ ޤުދުރަތުގެ ޤާނޫނެވެ.

މަރުވުން ވަނީ މާތް ﷲ ކަނޑައެޅުއްވި ގޮތެއްގެ މައްޗަށެވެ. އެކަލާނގެ މިންވަރުކުރެއްވި ވަގުތަކަށެވެ. އިރާދަކުރެއްވި ތަނެއްގައެވެ. އެއްވެސް ފުރާނައަކަށް އެކަލާނގެ އިޒުނަފުޅާލައިގެން މެނުވީ އެފުރާނަ ލެއްވިފައިވާ ހަށިގަނޑުގެ ތެރެއިން ބޭރެއް ނުވެވޭނެއެވެ. އާލްޢިމްރާން ސޫރަތުގެ 145 ވަނަ އާޔަތުގައި އަންގަވަނީ "އަދި ﷲ ގެ އިޒުނަފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް ނަފުސަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ މަންފާއަށް އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، އާޚިރަތް ދުވަހުގެ މަންފާއަށް އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، ޝުކުރު ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

ދިރިހުރުމާއި މަރުވުމަކީ އިންސާނާ އިމްތިހާނުކުރެއްވުން އެމައްޗަށް ބިނާކުރެވުނު ނާރެހެވެ. އެނާރެސްގެ މަތީގައި އިންސާނާ އިމްތިހާނުކުރެއްވުން މާތް ރަސްކަލާނގެ އިއްޒަތްވަންތަކަމާއި ކިބުރިޔާވަންތަކަމުގެ ރަމްޒަކަށް ހިމެނޭނެ ގޮތުންމެއެވެ. އަލްމުލްކް ސޫރަތުގެ ފުރަތަމަ ދެއާޔަތުގައި މާތް ﷲ އަންގަވާފައި އެވަނީއެވެ. "އެކަލާނގެ އަތްޕުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ އަމަލުކުރުން ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، ލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢިއްޒަތްވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."

ކަލާނގެ ދުނިޔޭގައި ދިރިލެއްވިކަމަށްޓަކައި، އޭނާގެ އަޖަލު ހަމަވެ މަރުވެއްޖައުމަށް ދާންދެން ދިރިއުޅެން އޮތް މިދުނިޔެއަކީ ތޯއެވެ. މިޔަކީ އޭގެ އެންމެ ކަމެއް ފުރިހަމަ ނުވާނެ ގޮތުން އޮތް އުނި ތަނެވެ. މިތަނުގެ އުނި ކަންކަން އިތުރަށް ފުރިހަމަކުރުމަށް އަޖަލު ހަމަވަންދެން ފައިވިއްދައިގެން އުޅޭ އިންސާނާގެ އެ އަމަލުން އެކަނި އެ އިންސާނާގެ އުނިކަން ދައްކުވައިދެއެވެ. ދުނިޔަވީ ހަޔާތަކީ ނުވަތަ މިދުނިޔޭގައި ދިރިހުރުމަކީ ވަގުތީ ކަމަކެވެ. ކިއެއްތަ އެއީ ކުޅިވަރަކާއި މަޖަލެއް ފަދަ ވަގުތީ ކަމަކެވެ. އަންޢާމް ސޫރަތުގެ 32 ވަނަ އާޔަތުގައި ދުނިޔޭގެ ދިރިއުޅުން ސިފަކުރައްވާ އަންގަވަނީ އެފަދައިންނެވެ. "ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. ތަޤްވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ " އަލްޢަންކަބޫތު ސޫރަތުގެ 64 ވަނަ އާޔަތުގައި ވެސް މިސާލު ޖައްސަވަނީ އެފަދައިންނެވެ. "މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެއެވެ. އަދި ހަމަކަށަވަރުން، ހަގީގީ ދިރިއުޅުންވަނީ، އާޚިރަތުގެ ގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ."

މިކުޑަކުޑަ މަދު ވަގުތުކޮޅުގައި ވެސް އެކި މީހުންގެ އުމުރު އެކިވަރެވެ. ދުނިޔޭގައި އުޅެ ފައިބައިގެން ދިޔަހާ އިންސާނީ ދަރިފަސްކޮޅުތަކަށް ބަލައިފިނަމަ، ސަތޭކައިން އަދި ހާހުން އުމުރު ގުނި މީހުންވެސް އިންސާނީ ތާރީޚް ދެކެފައިވެއެވެ. އަދި އަޅުގަނޑު ގަބޫލުކުރާ ހަމައިގައި، ކުރިޔަށް އޮތްތާނގައި އިންސާނުން ތަރައްގީވެ މޮޅެތި އީޖާދުތައް ކުރަމުން މިދާ ރޭޓަށް ބަލާއިރު، އުމުރުގެ ގޮތުން ދިގު އުމުރެއް ގިނަ އިންސާނުން ހޯދައިގަނެދާނެއެވެ. އެކަމަކު އަލްމުއުމިނޫން ސޫރަތުގެ 15 ވަނަ އާޔަތާއި 16 ވަނަ އާޔަތުގައި އޮތް ޙަޤީޤަތާ އޭރަށް ވެސް ކޮންމެވެސް އެއްދުވަހަކުން ކުރިމަތިލާންނުޖެހޭނޭ ފަދައަކުން އެކަން ނުމެގެނެވޭނެއެވެ. "ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުންދިރުއްވައި މަޙްޝަރަށް ފޮނުއްވާނެއެވެ."

ކުރާންވީ ކަމަކީ ތިމާ ފަދަ އަނެއް އިންސާނާއާ މެދު ހެޔޮލަފާވުމެވެ. ހިތްސާފުކުރުމެވެ. އަނެކުންނަށް އެހީތެރިވެ އުޅުމެވެ. ވާގިވެރިކަމެއް ނުވެވޭ ތަނެއްގައި ވިޔަސް ތުރާލެއް އަނެކުންނަށް ނުދީވޭތޯ އުޅޭން ދަސްކުރުމެވެ. އަނެކުންނަށް ލިބޭ މޮޅަށް ހިތްބޮޑު ނުކުރުމެވެ. މޭގަނޑުގައި ނުނިޔަތާއި ނަފުރަތުގެ ހުޅުގަނޑުން ރޯކޮށްކޮށްގެން ނޫޅުމެވެ. އޯގާތެރިކަމާއި ހަމްދަރުދީ އިސްކުރުމެވެ. ވަށައިގެން އުޅޭ ހިތްރަނގަޅު މީހުންގެ ނާޖާއިޒު ފައިދާތައް ހޯދައިނުގަތުމެވެ. އަނިޔާއަށް އަނިޔާއޭ ބުނާން ދަތުމެވެ. ވެރިން ކުރިޔަސް ގޯހަށް ގޯހޭ ބުނާން ފަރިތަވުމެވެ. މިދެންނެވުނު އަޚްލާޤާ ނުލައި ހެޔޮ އަމަލުގެ އަހުލުވެރިއަކަށް ނުވެވޭނެއެވެ. ނަސީބާއި ކާމިޔާބު އޮތީ ހެޔޮ އަމަލުކޮށްގެންނެވެ. އަންނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ. "މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ހެޔޮ އަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން އަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

ދިރިހުރުމޭ މިކިޔާ ހަޔާތަކީ ހުވަފެނެކެވެ. އެއިން ހޭލެވޭނީ މަރުވީމައެވެ. ހަޔާތަކީ ކޮބައިތޯ ކުރެވޭ ސުވާލަށް އެކަށީގެންވާ ޖަވާބެއް ދިނުމުގައި ނުކުޅެދިފައިވާ ބުއްދިއަށް މަރަކީ ކޮބައިކަމާއި އޭގެ ހަގީގަތް ދެނެގަނެވުމަކީ މުސްތަހީލުކަމެއް ނޫންތޯއެވެ. ކަނޑިން ނޫނީ ބަޑިން މަރުނުވާ މީހާ އެހެން ސަބަބަކާހުރެ މަރުވެދެއެވެ. ބައްޔަކީ އެއްބަޔެއްކެވެ. ހަމަ އެ މަރު ބައްޔެވެ. މިއީ ބުއްދިވެރިން ބުނެފައިހުރި ވާހަކަތަކެވެ. އަދި މަޝްހޫރު ފިލޯސަފަރު މުޞްޠަފާ މަޙްމޫދު ވިދާޅުވެއެވެ. މަރަކުން ނިމިފައި، އޭގެ ފަހުން ދެމިހުރުމެއް ނުވާ ދިރިއުޅުމަކީ އަހަރެމެން އުޅުމަށް އެކަށީގެންވާ ފަދަ ދިރިއުޅުމެއްނޫނެވެ. އާއެކެވެ. ދުނިޔެއަކީ ސިލްސިލާ ވާހަކައެއްގެ އެއްބާބެވެ. މަރަކީ އެވާހަކައިގެ ނިމުމެއް ނޫނެވެ. ފެށުމެވެ.

އާލްޢިމްރާން ސޫރަތުގެ 185 ވަނަ އާޔަތުގެ މާނަވެސް ވިދާޅުވާށެވެ. "ކޮންމެ ނަފުސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުރި އަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަސީބުލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox