އެއް ލީޓަރުގެ ޕްލާސްޓިކު ފެން ފުޅި މަނާކުރާ ތާރީހު 2026 އަށް ފަސްކޮށްފި

ގޮނޑުދޮށަކަށް ލައްގާފައި ހުރި ޕްލާސްޓިކު ފުޅިތަކެއް: ޕްލާސްޓިކް ފޭސް އައުޓު ކުރުން ކުރިއަށް ދަނީ ފޭސްތަކަކަށް ބަހާލައިގެން -- އަދަދު ފައިލް ފޮޓޯ

ގޮނޑުދޮށަކަށް ލައްގާފައި ހުރި ޕްލާސްޓިކު ފުޅިތަކެއް: ޕްލާސްޓިކް ފޭސް އައުޓު ކުރުން ކުރިއަށް ދަނީ ފޭސްތަކަކަށް ބަހާލައިގެން -- އަދަދު ފައިލް ފޮޓޯ

އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި އުފެއްދުމާއި އެތެރެކުރުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހު ދެވަނަ ފަހަރަށް ފަސްކުރަން ސަރުކާރުން ނިންމައިފި އެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރުގައި ކުރިން އޮތީ އަންނަ ނޮވެމްބަރުން ފެށިގެން މަނާކުރާ ގޮތަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރުގައި އެ ގަރާރަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

ނަމަވެސް އެ ގަރާރަށް އިއްޔަ ގެނައި އިސްލާހެއްގެ ދަށުން، އެއް ލީޓަރު ސައިޒުގެ ފެން ފުޅި މަނާކުރާ ތާރީހު ވަނީ މާޗު 2026 އަށް ފަސްކޮށްފަ އެވެ. މީގެ ކުރިން ވެސް މި ގަރާރުގައި ހުރި ބައެއް ތާރީހުތަކަށް އަމަލުކުރުން އެކި ސަބަބުތަކާ ހުރެ ފަސްކޮށްފައިވެ އެވެ.

މި ފަހަރު ފަސްކުރި ސަބަބު ސާފުކުރަން އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމްއަށް ގުޅުމުން، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ މިހާ ދިގު މުއްދަތަކަށް ފަސްކުރަން ނިންމި ސަބަބު ސާފެއް ނުވި އެވެ.

ޕްލާސްޓިކު ފޭސް އައުޓް ކުރުން ނުވަތަ މަނާކުރުމުގެ ޕްރޮގްރާމް ހިންގަނީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮންނަ ގޮތުން މަނާވާނެ ޕްލާސްޓިކުގެ ބާވަތްތަކާއި ތާރީހުތައް ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕްލާސްޓިކް މަނާކުރުމުގެ ގަރާރުގެ ދަށުން މިހާތަނަށް ބޭނުންކުރުން ހުއްޓާލާފައިވާ ބާވަތްތަކުގެ ތެރޭގައި ކުދި ކޮތަޅާއި، ސުޕާރީ، އެންމެ ކުދި ފެން ފުޅީގެ އިތުރުން ކާތައްޓާއީ ޖޫސް ޕެޓީ ކޮތަޅު ފަދަ އެއްޗެހި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox