ޕީއެސްއެމްގެ ކުރީގެ އެމްޑީ ހަލީލްގެ ބިއުރޯ ހަދަން ހަރަދުވި ފައިސާ ނުދީގެން މީހަކު އިހުތިޖާޖުކުރަނީ

ޕީއެސްއެމްއިން ދޭން ޖެހޭ ފައިސާ ނުދީގެން މީހަކު އިހުތިޖާޖުކުރުން -- ފޮޓޯ: އަދަދު

ޕީއެސްއެމްއިން ދޭން ޖެހޭ ފައިސާ ނުދީގެން މީހަކު އިހުތިޖާޖުކުރުން -- ފޮޓޯ: އަދަދު

ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެއެސްއެމް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އެ މަގާމުގައި ހުންނެވިއިރު އެމްޑީގެ އޮފީސް (ބިއުރޯ) ހެދުމަށް ހަރަދުވި ފައިސާ އާޓިޝަން ޕްރައިވެޓް ލިމިޓެޑަށް ނުދީގެން، އެތާ ކުރިމަތީގައި މީހަކު އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަހުމަދު ރަޝީދު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އިހުތިޖާޖު ކުރަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިމެނިކޮށް ހަލީލްގެ ބިއުރޯ ހެދުމަށް ހަރަދުވި ފައިސާ ހޯދުމަށް މިއަދާ ހަމައަށް ވެސް ކުރި މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ.

އެ ފައިސާ ނުލިބިގެން ސިވިލް ކޯޓަށް ދިޔުމުން، އެ ފައިސާއަކީ ދޭން ޖެހޭ ފައިސާ ކަމަށް ޕީއެސްއެމްއިން އެއްބަސްވި ކަމަށާއި ނަމަވެސް ފައިސާ ދޭން ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ޕީއެސްއެމްއިން އިސްތިއުނާފު ކުރި ކަމަށް އޭނާ ބުންޏެވެ.

"ސިވިލް ކޯޓަށް ވަނީމަ، ސިވިލް ކޯޓަށް މި ބޭފުޅުން ހުށަހަޅާފައިވާ ބަޔާނުގައި އިންނަނީ އަޅުގަނޑު އާޓިޝަން ފަރާތުން ދޮގު ދައުވާއެއް ކުރާ ކަމާއި ދުނިޔޭގައި ނެތް ތަނެއްގެ ވާހަކަ ދައްކާ ކަމާއި ވަގު ލިޔުންތަކެއް ހަދައިގެން އުޅޭ ކަމަށް. ދެން އަޅުގަނޑުމެން ހުށަހެޅީ 250 ފޮޓޯއާއި 700 އަށްވުރެ ގިނަ ބިލާއި 13 ހެކިންނާއި. ފުރަތަމަ ދުވަހު ދެ ހެކިންގެ ހެކިބަސް ނެގިއިރަށް ޕީއެސްއެމްގެ ލޯޔަރު ތެދުވެ މި ބުނަނީ މިހާރު ތިމަންނަމެން ގަބޫލުކުރަމޭ ތިއީ އާޓިޝަންއިން ކޮށްފައި ހުރި ކަމެއް ކަމަށް،" އަހުމަދު ރަޝީދު ބުންޏެވެ.

އޭނާ ބުނީ އިސްތިއުނާފް މަރުހަލާ ނިމުނުތާ ދެ އަހަރު ފަހުން، ސިވިލް ކޯޓުން އަމުރެއް ނެރުނީ ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ޕީއެސްއެމްއިން ކޯޓަށް ފައިސާ ދެއްކުމަށް ކަމަށާއި ނަމަވެސް މިއަދާ ހިސާބަށް ވެސް އަމުރާ އެއްގޮތަށް ޕީއެސްއެމްއިން ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

ފައިސާ ނުދައްކާ ހަ އަހަރު ފާއިތުވެދިޔުމުން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރައްވާ އަހުމަދު ރަޝީދު ބުނީ ޕީއެސްއެމްގެ މިހާރުގެ މެނޭޖްމަންޓާ މިކަމާ ގުޅިގެން ބައްދަލުކުރަން ދިޔުމުން ބައްދަލު ނުކޮށް ފިލާފައިވާ ކަމަށާއި ކިރިއާ ވެސް ކޮޅަށް ހުރެވޭނަމަ ހުންނާނީ ފައިސާ ހޯދަން ޕީއެސްއެމް ދޮށުގައި ކަމަށެވެ.

އެ ތަނުގައި ރަޝީދު ހުއްޓައި ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު އޭނާއާ ބައްދަލުކޮށް ވާހަކަ ދެއްކި އެވެ. ނަމަވެސް, ދެއްކީ ކޮން ވާހަކައެއް ކަމެއް, މި މައްސަލައަށް ހޯދައިދިނީ ކޮން ހައްލެއް ކަމެއް ނޭނގެ އެވެ.

ޕީއެސްއެމްގެ މައްޗަށް އެޕްރިލް، 29، 2021 ގައި ސިވިލް ކޯޓުން ހުކުމްކުރީ 4،516،694.10ރ. އާޓިޝަންއަށް ފައިސާ ދެއްކުމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ބަދަލު ނުދެވޭނެ ކަމަށް އޭރު ހުކުމް ކުރި އެވެ. އެ ފައިސާ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާނެ ކަމަށް ޕީއެސްއެމްއިން އެއްބަސްވެސްވި އެވެ.

ޕީއެސްއެމް މައްސަލަތަކުން ފުރިފައި

ކޯޓުގައި ހިނގަމުންދާ މައްސަލަތަކެއްގައި ހިމެނޭ ފައިސާތަކެއް ދޫނުކޮށްގެން ޕަބްލިކް ސާވިސް މީޑިއާގެ ފައިނޭންސް ހެޑު އަހުމަދު ހަނީފް ސަސްޕެންޑު ވެސް ކުރި އެވެ. ހަނީފަށް އެންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނިން ކުރުވި މަސައްކަތްތަކެއްގެ ފައިސާ ދޫކުރާށެވެ. މިހާތަނަށް ފައިސާ ދޫކޮށްފައި ނުވަނީ އިންވޮއިސް އަދި ބިލު ފަދަ ތަކެތި ހަމަނުވެގެންނެވެ. އެ މައްސަލަތައް މިހާރު އޮތީ ކޯޓުގަ އެވެ.

ނަމަވެސް ޕީއެސްއެމްއިން ހަނީފަށް އެންގީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ހިމެނޭ ފައިސާތައް ދޫކުރުމަށެވެ. އެކަމަށް އޭނާ އިންކާރު ކުރުމުން މިހާރު ވަނީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ސަސްޕެންޑުކުރި އެވެ.

އޭގެ އިތުރުން، ހަނީފުގެ މައްސަލަ ބަލައި ނިމެންދެން އޭނާއަށް ކުންފުނީގެ ފަރާތުން ދީފައިވާ ހުރިހާ އެކްސެސްތަކެއް ބްލޮކް ކުރުމަށް މެނޭޖިން ޑައިރެކްޓަރު ޒީނާ ޒާހިރު އެންގި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ރައީސް އޮފީހުގެ މިހާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު ހަލީލު ހުންނެވިއިރު ލިޔެކިޔުން ނެތި އެ ކުންފުނިން ކުރުވި ބައެއް މަސައްކަތްތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ދޫކުރި އެވެ.

ޕީއެސްއެމްއިން އެ ފައިސާ ދޫކުރީ މިދިޔަ މެއި އަދި ޖޫން މަހުގެ ތެރޭގަ އެވެ. އެގޮތުން ޖުމުލަ 1،153،992ރ. ޕީއެސްއެމް އިން ދޫކުރި އެވެ. އެއީ ޖޭއެމްޖޭ އިންވެސްޓްމަންޓަށް ދޫކުރި 1،113،992ރ. އާއި އަބްދުﷲ އަޒްމީނަށް ދޫކުރި 40،000ރ. އެވެ.

ޖޭއެމްޖޭ އިންވެސްޓްމަންޓަށް ދޫކުރި 1.1 މިލިއަން ރުފިޔާގެ ތެރެއިން ހަތަރު ލައްކަ ރުފިޔާ ފޮނުވާފައި އޮތީ އެ ކުންފުނީގެ ވެރިޔާ ޔާސިރާ ޔޫސުފްގެ އެކައުންޓަށެވެ. ބާކީ ހަތް ލައްކަ ފޮނުވީ ކުންފުނީގެ އެކައުންޓަށެވެ. އެއީ މަރާމާތް ކުރުން، ކުލަ ލުން ފަދަ މަސައްކަތްތަކަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާ އެވެ.

ފުޓުބޯޅަ ކޮމެންޓޭޓަރު އަބްދުﷲ އަޒްމީނަށް ދޫކުރި ފައިސާއަކީ ވޯލްޑް ކަޕް 2018 އަށް މެގަޒިނެއް ތައްޔާރު ކުރުމަށްފަހު ދޭންޖެހޭ ފައިސާ އެވެ. އެ މެގަޒިން ޕްރިންޓު ކުރި ފަރާތަށް ވެސް ޕީއެސްއެމްއިން އޮތީ ފައިސާ ނުދީ އެވެ. ކޯޓުން އެ ފައިސާ ދޫކުރަން ހުކުމް ކުރުމުން މިހާރު ފައިސާ ނުދައްކާ ކަމެއް ނޭނގެ އެވެ.

އެ ހުރިހާ މަސައްކަތެއް ޕީއެސްއެމްއިން ކުރުވާފައި އޮތީ އެ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށެވެ. އަދި މަސައްކަތް ހަވާލު ކުރިކަމުގެ އަދި ނިންމިކަމުގެ ލިޔެކިޔުމެއް ވެސް ޕީއެސްއެމްއަކު ނެތެވެ.

ޕީއެސްއެމްއާ ދެކޮޅަށް މިހާރު ވެސް ކޯޓުގައި ގިނަ މައްސަލަތަކެއް އެބަ ހިނގަ އެވެ. އޭގެ ތެރެއިން ގިނައީ ކުންފުންޏާ ހަލީލު ހަވާލުވެ ހުންނެވިއިރު ކުރުވާފައިވާ މަސައްކަތްތަކަށް ނުދައްކާ އޮތް ފައިސާ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމާ ޒީނާ ނޮވެމްބަރު 14، 2023، ގައި ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޒީޓައިމްސްގެ ނަމުގައި ހިންގާ ނޫސް ވެބްސައިޓުގައި ޒީނާގެ ބައިލައިނުގައި އަށް އާޓިކަލެއް ޕަބްލިޝް ކޮށްފައިވެ އެވެ.

ޕީއެސްއެމްގެ ބައެއް އެހެން ސީނިއާ މުވައްޒަފުން ވެސް ބައެއް އަމިއްލަ މީޑިއާތައް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އަދި އެފަދަ މައްސަލައެއްގައި މީގެ ކުރިން ބަޔަކަށް ފިޔަވަޅު އަޅާފައިވާކަން ވެސް އެނގިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox