އޮލިމްޕިކްސް: ނަބާހާ ދެއްކީ ހިތްވަރު، ކޫބާ މޮޅުވީ ރަނގަޅު ވަގުތުތަކުގެ ފައިދާނަގައިގެން

Jul 30, 2024, 7:15 AM
މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ނަބާހާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ނަބާހާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި، މިއަދު ކުޅުނު މެޗުން، ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) އަތުން އެސްޓޯނިއާގެ ކްރިސްޓިން ކޫބާ މޮޅުވެއްޖެ އެވެ.

ދުނިޔޭގެ ރޭންކިންގެ 73 ގައި އޮތް ކޫބާ ސެޓުތައް ގެންދިޔައީ 21-07، 21-09 އިންނެވެ. ނަބާ، އަކީ ދުނިޔޭގެ ރޭންކިންގެ އަންހެން ސިންގަލްސް 111 ވަނަ އެވެ.

ފުރަތަމަ ސެޓު ފަށައިގެން، ނަބާހާ ފުރަތަމަ ޕޮއިންޓް ހޯދި ނަމަވެސް، ކޫބާ ވަނީ ނަތީޖާ އަނބުރާލައި، ކޮންޓްރޯލެއް ހޯދަން މަސައްކަތް ފަށައިފަ އެެވެ. އެކަމަކު، އޭގެ ފަހުން ވެސް ނަބާހާ ދެ ފަަހަރެއްގެ މަތިން އެއް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ކޫބާ އަށް ސެޓުގެ ކޮންޓްރޯލް ލިބުނީ، 5-5 އިން އެއްވަރުވި ފަހުންނެވެ. އޭގެ ފަހުން، ލީޑުފުޅާކޮށް، ރެލީތަކުގައި ނަބާހާ އަށް ޕްރެޝަރު ބޮޑުކޮށް ކުޅެ، ރަނގަޅު ފަރަގަކާ އެކު، 21-07 އިން ސެޓު ގެންދިޔަ އެވެ.

ކޫބާ ވަނީ ފުރަތަމަ ސެޓު ނިންމާލި ހިސާބުން އެ ކޮންފިޑެންސާ އެކު، ދެ ވަނަ ސެޓުގައި ކުޅެން ފަށައި، ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެެވެ. ނަބާހާ ވަނީ މި ސެޓުގައި، ދެ ފަހަރެއްގެ މަތިން ކޫބާއާ އެއްވަރުކޮށްފަ އެވެ. އެއީ، 3-3 އާއި 4-4 އިންނެވެ. އޭގެ ފަހުން، ކޫބާ ވަނީ އޭނާ ބޭނުންވާ ޓެމްޕޯ އަށް މެޗު ސެޓުކޮށް، ނަބާހާ އަތުން ފުލުފުލުގައި ޕޮއިންޓް ހޯދައި، ސެޓުގެ ކޮންޓްރޯލް ނަގައިފަ އެވެ. ސެޓުގެ ފަހުކޮޅުގައި، ނަބާހާ ހިތްވަރުކޮށް، ފުރަތަމަ ސެޓަށް ވުރެ އިތުރަށް މި ސެޓުގައި ޕޮއިންޓް ހޯދައިފަ އެވެ. ކޫބާ، މި ސެޓު ގެންދިޔައީ، 21-09 އިންނެވެ.

ނަބާހާ ވަނީ މި ފަހަރު އޮލިމްޕިކްސްގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާގެ ޕީވީ ސިންދޫ އަތުން ބަލިވެފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ، ސިންދޫ ސެޓުތައް ގެންދިޔައީ، 21-09، 21-06 އިންނެވެ.

މިއީ، ނަބާހާ އޮޮލިމްޕިކްސްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. ޓްރައިޕާޓައިޓް ފުރުސަތެއްގައި ޖެހިޖެހިގެން ދެ ވަނަ އޮލިމްޕިކްސްގައި ނަބާ ފެނިގެންދާއިރު، އޭނާ އަކީ ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމްސީލްކުރާ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. އެކަމަކު، މި ފަހަރުގެ އޮލިމްޕިކްސް އަށް ތައްޔާރުވާން ނަބާހާ އަށް ރާއްޖޭން ބޭރުން އެކަށީގެންވާ ތަމްރީންތަކެއް ލިބޭގޮތެއްނުވި އެވެ. އެއީ، ބެޑްމިންޓަން އެސޯސިއޭޝަނަށް، ނަބާހާގެ ވިސާ ކަންތައް ހަމަޖައްސައިނުދެވިގެން ކުރިމަތިވި ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox