ނަބާ؛ މެޑަލްތަކުގެ ޝަރަފާއެކު ރަސްމީ އިދާާތަރާތަކަށް ކުރީ އިލްތިމާސެއް

ނަބާ؛ މެޑަލްތަކުގެ ޝަރަފާއެކު ރަސްމީ އިދާާތަރާތަކަށް ކުރީ އިލްތިމާސެއް

ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅިގެން، ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި، ފާތިމަތު ނަބާހާ (ނަބާ) ވަނީ ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ދެ މުބާރާތް ކަމަށްވާ، ޒެމްބިއާ އިންޓަނޭޝަނަލް އާއި ބޮޓްސްވާނާ އިންޓަނޭޝަނަލްގައި ޖުމްލަ ހަ މެޑަލް ހޯދައިފަ އެވެ.

މި ޝަރަފްވެރި ކާމިޔާބީ އަށް ފަހު، ނަބާ ވަނީ މި ކަމުގައި އޭނާ އަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ އިތުރުުން، ރަސްމީ އިދާރާތަކަށް އިލްތިމާސެއް ކޮށްފަ އެވެ.

ބެޑްމިންޓަންގައި ވިދަމުން އަންނަ ރާއްޖޭގެ ދެބެން، ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ) ވަނީ، ޒެމްބިއާ އިންޓަނޭޝަަނަލްގެ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އަދި މިކްސް ޑަބަލްސް އިން ނަބާ ވަނީ ޒަޔާން ޒަކީއާ އެއް ޕެއާއެއްގައި ކުޅެގެން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ސިންގަލްސްގައި، ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ޒެމްބިއާ މުބާރާތުގެ ކާމިޔާބީ އަށް ނަބާ ވަނީ، ބޮޓްސްވާނާ މުބާރާތުގައި އިތުރު ފުރިހަމަ ކަމެއް ގެނެސްފަ އެެވެ. އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާންއާ އެއް ޕެއާއެއްގައި ކުޅެ ރިހި މެޑަލް އަދި އަންހެން ޑަބަލްސްގައި، ނަބީއާ އެއް ޕެއާއެއްގައި ކުޅެ، ލޯ މެޑަލް ހޯދައިފަ އެވެ.

މި ކާމިޔާބީތަކަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި، ނަބާ ބުނީ، ރިވައިވަލް ސްޕޯޓްސްގެ ކޯޗު ނަޝްފާން މުހައްމަދު އަދި އެ ކްލަބްގެ މެނޭޖަރު، އަހުމަދު ޝާނިފް އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ޖުމްލަކޮށް އެ ޓީމުގެ އެހީތެރިކަމާ ނުލައި، މި ކާމިޔާބީ ނުހޯދޭނެ ކަމަށް ނަބާ ވަނީ ބުނެފަ އެވެ.

މި އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވެ، ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފް ހޯދި ރާއްޖޭގެ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާ، ނަބާ ބުނީ، އޮލިމްޕިކްސް އަށް ކޮލިފައިވާން އެ ސައިކަލް ތެރޭގައި ބޭރުގެ މުބާރާތްތަކަށް ދާން ޖެހުނީ ބޭރުގެ ކޯޗެއް ހުރެމެ، އެ ކޯޗު ނުލައި ކަމަށެެވެ.

"އެސޯސިއޭޝަންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ އެ ކޯޗު ގޮވައިގެން އެއްވެސް ޓޯނަމެންޓަކަށް ދާކަށް. ނަމަވެސް މިހާރު އެބަފެނޭ ކޯޗަކާ އެކީ މުބާރާތަކަށް ގޮސްފައި، ކޯޗުގެ އިރުޝާދާ އެކީގައި މަސައްކަތްކުރީމަ ރިޒަލްޓް ވެސް ރަނގަޅުވާކަން،" ނަބާ ބުންޏެވެ.

ޕެރިހުގައި މި އަހަރު ކުރިއަށްދިޔަ އޮލިމްޕިކްސްގެ ކުރިން، ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫން، އެކު، ނަބާ ކޮރެއާ އަށް ޓްރެއިނިން އަށް ދިއުމަށް ޓިކެޓް ވެސް ނެގި އެވެ. އެކަމަކު، އެސޯސިއޭޝަނުން ވިސާ ހަމަޖައްސައިނުދޭތީ، ކޮރެއާ އަށް ނުފުރި، އެންމެ ފަހުން އޮލިމްޕިކްސްގައި ވާދަކުރަން ޖެހުނީ ބޭނުންވާ ލެވަލްގެ ތައްޔާރީއެއް ނުލިބި އެވެ.

ދައުލަތުން، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ކޯޗެއް ބެޑްމިންޓަނުގައި ހުރެ، އެންމެ ރަނގަޅު ފުރުސަތުތަކެއް ގައުމީ ކުޅުންތެރިންނަށް ނުލިބެ އެެވެ.

ނަބާ: ބޮޓްސްވާނާ މުބާރާތުގެ މެޑަލްތައް ހިފައިގެން.--

ގައުމީ ޓީމުގައި ހުރި ނަަމަވެސް، ގައުމީ ޓީމުގެ ހަރަކާތެއް ކުރިއަށްނުދާތީ، މިދިޔަ ތިން ވަރަކަށް މަސް ދުވަސް ތެރޭ ނަބާ އާއި ނަބީ ޓްރެއިނިންގެ ކަންކަން ކުރިއަށްގެންދަނީ ރިވައިވަލްއާ އެކުގަ އެވެ. ނަބާ ބުނީ، މިދިޔަ ތިން މަސް ތެރޭ އޭނާގެ ޕާފޯމަންސް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި އޮލިމްޕިކްސް އަށް ދިޔައިރު ހުރި ހާލަތަށް ވުރެ މިހާރު މާ ރަނގަޅު ފޯމެއްގައި ހުރި ކަމަށެވެ.

ނަބާ ބުނީ، ކުރިއަށް އޮތްތަނުގައި، އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރާއިރު، މިހާރު ހުރި ކޯޗާ އެކު މުބާރާތްތަކަށް ދެވޭނެ ފަންޑް ކަމާބެހޭ ފަރާތްތަކުން ހަަމަޖައްސައިދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ކޯޗަކާ އެކު އައުމުގެ ތަފާތު މި ފަހަރު ލިބިފައިވާ މެޑަލްތަކުން ފެންނަ ކަމަށް ވެސް ނަބާ ފާހަގަކުރި އެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގައި އިންތިހާ އަށް ގިނަ މައްސަލަތަކެއް އޮތީ ކުރިމަތިވެފަ އެވެ. އެ އެސޯސިއޭޝަންގެ ކަންކަމާ މި ވަގުތު ހަވާލުވެ އެ ތިބީ، މި އަހަރުގެ މާޗް މަހު މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަކުންނެވެ. މަގާމުގައި ދެމިތިބުމަށް ބޭނުންކުރަނީ، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ (ބީޑަބްލިއުއެފް)ގެ އެއްބާރުލުން އޮތް ކަމުގެ ހުއްޖަތެވެ.

ނަބާ ވަނީ ދައުލަތާއި ކުޅިވަރުގެ އެކި ފަރާތްތަކަށް މުހިންމު އިލްތިމާސެއް ކޮށްފަ އެވެ.

"ރާއްޖޭގެ ސްޕޯޓްސް އޮތޯރިޓީސް އިން ވީހާވެސް އަވަހަށް އެސޯސިއޭޝަންގެ މައްސަލަ ނިންމާލައިދިނުން އެދެން. މިހާރު އިން އެކްސްކޯ (ހިންގާ ކޮމިޓީ) އޮތްގޮތަށް އޮވެއްޖެނަމަ ބެޑްމިންޓަން ކުރިއެރުވުމަށް ވަރަށް އުނދަގޫވާނެ. ވޭތުވެދިޔަ އަހަރުތައް ތެރޭގައި ނަބާ ވެސް ވަރަށް ބައިވަރު ގޮންޖެހުންތަކަކަށް ކުރިމަތިލާން ޖެހިފައިވަނީ." ނަބާ ބުންޏެވެ.

"އަންނަން އޮތް ޖީލު ބެޑްމިންޓަންގައި ކުރިއަށްދިއުމަށް، މިހާރު އޮތްގޮތް ނޫން ގޮތެއް ބޭނުންވޭ،"

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox