މިނިސްޓަރު ތޯރިގު ވިދާޅުވަނީ ޔޫޓިލިޓީ ކުންފުނިތައް ދެން ރަނގަޅުވާނެ ކަމަށް

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އެންވަޔަރްމެންޓް މިނިސްޓަރު. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އެންވަޔަރްމެންޓް މިނިސްޓަރު. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތައް (ޔޫޓިލިޓީ ކުންފުނިތައް) ހިނގާ ނުހިނގާ ގޮތް ބައްލަވައި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށާއި އެ ކުންފުނިތަކުގެ ހިންގުން ދެން ރަނގަޅުވާނެ ކަމަށް އެންވަޔަރްމެންޓް މިިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ތޯރިގު ވިދާޅުވީ އެންވަޔަރަމެންޓު އެންޑް އެެނާޖީ ދާއިރާގެ ކުންފުނިތައް ކަމަށްވާ ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ފެނަކަ އަދި ވެމްކޯގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެ ކުންފުނިތަކަށް ދޭން ޖެހޭ އިރުޝާދުތައް ގަވައިދުން ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑު މި ދަނީ އެ ބޭފުޅުންނާ އެކު ހަމަ ރެގިއުލާކޮށް މަސައްކަތްކުރަމުން، ބަލަމުން، އެ ބޭފުޅުންނަަށް ޑައިރެކްޝަން ދެމުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މި ކުންފުނިތައް ވަރަށް ރަނގަޅަށް ޕާފޯމްކޮށް، ރައްޔިތުންނަށް ބޭނުންވާ ބޭނުންތައް، އެ ކުންފުނިތަކުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދެވިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔޫޓިލިޓީ ކުންފުނިތަކަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ދޭން ޖެހޭ އިރުޝާދުތައް ދީ، ހިނގާ ނުހިނގާ ގޮތް ކުރިން ވެސް ބެލި ނަމަ އެ ކުންފުނިތަކުގެ ހާލަތު ރަނގަޅުވީސް ކަމަށެވެ. ކުންފުނިތަކުގެ ވެރިން ޒިންމާދާރުކޮށް މަސައްކަތްކުރައްވާ ތޯ ބެލުމަކީ އެ ސެކްޓާއެއްގެ މިނިސްޓަރުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގޭ ކުރީގެ މިނިސްޓަރު ނުވަތަ ކުރީގެ ސަރުކާރުން އެކަންތައްތައް ކުރެއްވި ގޮތެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަންކޮޅެއް ގާތުން، ސަރުކާރުން، ސަރުކާރުން ހިންގާ ކުންފުނިތައް ބަލައިގެން އެ ބޭފުޅުންނަށް އެހީތެރިކަމެއް، ޑައިރެކްޝަނެއް ދެވުނު ކަމަށް ވާ ނަމަ، މިއަދު އެ ކުންފުނިތައް ވެސް އެ ހާލަތަކު ނޯންނާނޭ އަޅުގަނޑު ދަންނަވާނީ،" ތޯރިގު ވިދާޅުވި އެވެ.

މަޖިލީހުގައި ގިނަ މެންބަރުން މިއަދު އޭނާއާ ސުވާލުކުރީ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ފަށާފައި ހުރި އެކިއެކި މަޝްރޫއުތަކާ ބެހޭ ގޮތުންނެވެ. އެ ފަދަ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ހިންގާ ފެނަކަ ކޯޕަރޭޝަނުގައި ފައިސާ ނެތިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox