މިދިޔަ މަސް ނިމުނުއިރު ޑޮލަރު ރިޒާވުގައި މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ވެސް ނެތް

އެމްއެމްއޭގެ މައި އިދާރާ: ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަހުގެ ނިޔަލަށް ހުރީ 66.9 މިލިއަން ޑޮލަރު -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެމްއެމްއޭގެ މައި އިދާރާ: ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަހުގެ ނިޔަލަށް ހުރީ 66.9 މިލިއަން ޑޮލަރު -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މިދިޔަ މަސް ނިމުނުއިރު، ދައުލަތުގެ ރަސްމީ ޑޮލަރު ރިޒާވުގައި މަހެއްގެ ޒަރޫރީ އިމްޕޯޓުތަކަށް ހަރަދުކުރާނެ ވަރަށް ވެސް ފައިސާ ނެތް ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަސް (ޖޫން) ނިމުނުއިރު ޖުމްލަ ރިޒާވު (ގްރޮސް އިންޓަނޭޝަނަލް ރިޒާވު) ގައި ހުރީ 509.21 ޑޮލަރެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 17 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ނަމަވެސް ރިޒާވުން ބޭރުވާނެ ފައިސާ (ޕްރީ ޑިޓާމިންޑް ޝޯޓް ޓާމް ޑްރެއިންސް) ކެނޑުމުން، މެއި މަހަށް ވުރެ މިދިޔަ މަސް ނިމުނުއިރު ރިޒާވުގައި ހުރި ފައިސާގެ އަދަދު މަދެވެ. އެއީ ޖުމްލަ ރިޒާވާއެކީ ކަނޑަން ޖެހޭ މިންވަރު ވެސް އިތުރުވުމުންނެވެ.

Advertisement

އެކި ގޮތްގޮތުން ލިބެން ހުރި ތަފާސްހިސާބުތައް ބަލައި ހިސާބުކުރުމުން ލަފާކުރެވެނީ ޒަރޫރީ އިމްޕޯޓުތަކަށް މަހެއްގެ މައްޗަށް 75 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެކަމަކު މިދިޔަ މަސް ނިމުނުއިރު ރިޒާވުގައި ހުރީ 66.9 މިލިއަން ޑޮލަރެވެ.

މާލީ ދާއިރާގެ އިތުބާރު ހުރި ބައެއް މަސްދަރުތަކުން މައުލޫމާތު ލިބުނު ގޮތުގައި ބޭނުންކުރެވޭ ރިޒާވު މިފަހުން 20 މިލިއަން ޑޮލަރަށް ވެސް ވެއްޓުނެވެ. މި މައުލޫމާތު "އަދަދު" އިން ބެލީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ބޭނުންކުރެވޭ ރިޒާވުގައި ހުރީ އެންމެ 18 މިލިއަން ޑޮލަރު ކަމަށް މިފަހުން ވިދާޅުވުމާ ގުޅިގެންނެވެ.

"ދުވަހަކު ވެސް ދިވެހިރާއްޖޭ ޔޫޒަބަލް ރިޒާވް މިހާ ހިސާބަކަށް ނުދޭ. ދުވަހަކު ވެސް ދިވެހިރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ ހިސާބަކަށް ނުދާނެ، 18 މިލިއަން ޑޮލަރު ޔޫޒަބަލް ރިޒާވަކަށް އެ ހުރީ،" ބުރާސްފަތި ދުވަހު ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި، އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން މިހެން ވިދާޅުވުމާ ގުޅިގެން މި ނޫހުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި، ބޭނުންކުރެވޭ ރިޒާވު އެހާ ބޮޑަށް ވެއްޓުނީ ތެޔޮ އިމްޕޯޓަށާއި އެސްއޯއީތަކަށް ބޭނުންވާ ޑޮލަރު ހަމަޖައްސަން ރިޒާވު ބޭނުންކުރުމާ ގުޅިގެންނެވެ.

އެކަމަކު އެފަހުން ލިބުނު ޑޮލަރު އާމްދަނީއާއެކީ ބޭނުންކުރެވޭ ރިޒާވުގެ ހާލަތު މިހާރު އެހާ ގޯސް ނޫން ކަމަށް، ނަން ނުޖަހާ ގޮތަށް "އަދަދު" އާ ވާހަކަ ދެއްކި އިތުބާރުކުރެވޭ މަސްދަރަކުން ކަށަވަރުކޮށްދިނެވެ.

ބޭނުންކުރެވޭ ރިޒާވުގެ ހާލަތު މިހާ ގޯސްވީ ނަމަވެސް، މިއަދާ ހަމައަށް ސަރުކާރުން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި، މާލިއްޔަތާ ގުޅޭ ގޮތުން ސަރުކާރުގެ ވެރިން ވާހަކަދައްކާ ކޮންމެ ފަހަރެއްގައި ބުނަމުން ދަނީ ކަންކަން ހަމައަކަށް އެޅެމުން އަންނަ ކަމަށާއި ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ރިޒާވު މި ހާލަތަށް ވެއްޓުނު ސަބަބުތަކުގެ ތެރޭގައި، އާމްދަނީއާ ނުބައްދަލު ހަރަދުތައް ކުރަން ނެގި ދަރަނި އަދާކުރަން ޖެހުމާއި ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް ތެލުގެ އަގު މަތިވެގެން ދިޔުމާއި އިގުތިސޯދަށާއި އުމްރާނީ ތަރައްގީއަށް ކުރާ ބޮޑެތި އިންވެސްޓުމަންޓުތަކުން ފައިދާއެއް ނުވުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox