ރަނގަޅަށް ފެށި ނަބާހާއާ ދެކޮޅަށް ސިންދޫ ބޭނުންކުރީ ތަޖުރިބާ

Jul 28, 2024, 8:07 AM
ނަބާހާ އާއި ސިންދޫ މެޗަށް ފަހު ސަލާމްކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ނަބާހާ އާއި ސިންދޫ މެޗަށް ފަހު ސަލާމްކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި، ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) އަތުން އިންޑިއާގެ ތަރި، ޕީވީ ސިންދޫ މޮޅުވެއްޖެ އެވެ.

މި ވަގުުތު ބެޑްމިންޓަންގެ ވިމެންސް ސިންގަލްސް ރޭންކިން ދުނިޔޭގެ 13 ވަނައިގައި އޮތް، ސިންދޫ ސެޓުތައް ގެންދިޔައީ، 21-09، 21-06 އިންނެވެ. ނަބާ އަކީ އަންހެން ސިންގަލްސް އިން މި ވަގުތު ދުނިޔޭގެ 111 ވަނަ އެވެ.

ނަބާ، 25، މެޗު ފަށައިގެން ފުރަތަމަ ސެޓުގައި، ސިންދޫއާ ރަނގަޅު ވާދައެއްކުރި އެވެ. އެ ގޮތުން، ފުރަތަމަ ހަތަރު ޕޮއިންޓްގައި ދާދި ހަމަހަމަކޮށް، 4-4 އިން އޮތެވެ. އެކަމަކު، ސެޓު ކުރިއަށްދާ ވަރަކަށް ރެލީތަކުގައި، ސިންދޫ އެޑްވާންޓޭޖް ނަގައި، ނަބާ އަތުން ފުލުފުލުގައި ޕޮއިންޓްތައް ހޯދީ އެވެ. އެ ގޮތުން، މި ސެޓުގައި، ސިންދޫ، 14-04 އިން ވެސް ކުރީގައި އޮތެވެ. ސެޓުގެ ފަހުކޮޅުގައި، ނަބާ އަށް ކޮންމެ ވެސް ވަރަކަށް ޕޮއިންޓްތަކެއް އެއްކުރެވުނުއިރު، ސިންދޫ މޮޅުވީ، 21-09 އިންނެވެ.

ސިންދޫއާ ދެކޮޅަށް މިއަދު ނަބާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް.

ދެ ވަނަ ސެޓު ފަށައިގެން، ސިންދޫ 3-0 އިން ކުރީގައި އޮތެވެ. އެ އަށް ފަހު، ނަބާ މަޑުމަޑުން މެޗުގެ ތެރެއަށް ވަންނަން ޕޮއިންޓެއް ސްކޯކުރިއިރު، އަމްޕަޔަރުގެ ނިންމުމަށް، ސިންދޫ ޗެލެންޖް ކުރި ބޯޅައެއް ބޭރުވެ، ނަބާ އަށް ޕޮއިންޓް ލިބުނެވެ. އެހެން ނަމަވެސް، މަތީ ލެވަލްގައި ގިނަ މެޗުތަކެއް ކުޅެފައި ހުރުމުގެ ތަޖުރިބާގެ ބޭނުންހިފައި، ސިންދޫ މި ސެޓުގައި ޕޮއިންޓުގެ ފަރަގުބޮޑުކުރަން ފެށި އެވެ. އަދި ނަތީޖާ އަކަށްވީ، 21-06 އިން ދެ ވަނަ ސެޓު ގެންގޮސް މެޗުން މޮޅުވުމެވެ.

މިއީ، ނަބާ އާއި ސިންދޫގެ ދެ ވަނަ ކުރިމަތިލުމެވެ. މި ދެ ކުޅުންތެރިން ވަނީ، 2022 ވަނަ އަަހަރު ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވެސް ބައްދަލުކޮށްފަ އެވެ. އެ ގޮތުން، 2018 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިން ރިހި މެޑަލް ހޯދައި، 2022 ވަނަ އަަހަރުގެ މުބާރާތުން ރަން މެޑަލް ހޯދި، ސިންދޫ ވަނީ ނަބާހާ ކައިރިން 21-04، 21-11 ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ނަބާ އަށް ގްރޫޕް ސްޓޭޖުގައި ދެން އޮތީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާ ކުޅޭ މެޗެވެ. ކޫބާ އޮތީ އަންހެން ސިންގަލްސް އިން ދުނިޔޭގެ 73 ވަނައިގަ އެވެ.

މިއީ، ނަބާ އޮޮލިމްޕިކްސްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. ޓްރައިޕާޓައިޓް ފުރުސަތެއްގައި ޖެހިޖެހިގެން ދެ ވަނަ އޮލިމްޕިކްސްގައި ނަބާ ފެނިގެންދާއިރު، އޭނާ އަކީ ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމްސީލްކުރާ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox