ގޮންޖެހުންތަކަށް ފަހު ވެސް ނަބާ އޮލިމްޕިކްސްއާ މެދު އުންމީދުގައި

Jul 28, 2024, 5:04 AM
ގޮންޖެހުންތަކަށް ފަހު ވެސް ނަބާ އޮލިމްޕިކްސްއާ މެދު އުންމީދުގައި

މި ފަހަރުގެ އޮލިމްޕިކްސް އަށް ތައްޔާރުވާން، ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ (ނަބާ) އަށް ޓްރެއިނިން ކޭމްޕަށް ނުފުރުނު ނަމަވެސް، ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް އަށް ތައްޔާރުވުމުގައި ކުރެވުނު ހުރިހާ މަސައްކަތެއް ކޮށް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އޮލިމްޕިކްސްގެ ކުރިން ތަމްރީން ދަތުރެއްގައި ދެކުނު ކޮރެއާ އަށް ދިއުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ވިސާ ކަންތައްތައް ހަމަޖައްސައިނުދެވިގެންނެވެ. މިއީ، ވިސާ މައްސަލައިގައި ނަބާ އަށް ގެއްލުނު ބޮޑު ދެ ވަނަ ފުރުސަތު ވެސް މެ އެވެ.

ޖެހިޖެހިގެން ދެ ވަނަ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ހަމައެކަނި ދިވެހި ބެޑްމިންޓަން އެތުލީޓުގެ ޝަރަފް ލިބިފައިވާ ނަބާ، އޮލިމްޕިކްސްގެ ކުރިން ރަނގަޅު ލެވަލަކަށް ތަމްރީންތައް ހެދުމަށް ރޭވި އެވެ. އަދި ގައުމީ ބެޑްމިންޓަން ޓީމުގައި ހުރި ދެކުނު ކޮރެއާގެ ކޯޗާ މަޝްވަރާ ކުރުމަށް ފަހު، ކޮރެއާގެ ރަނގަޅު ޓްރެއިނިން ސެންޓަރުތަކުން ފުރުސަތުތަކެއް ހޯދި އެވެ.

"ދެ ވަނަ ބުރަށް ކޮލިފައިވީމަ ނަބާ އަސްލު އެކްސްޕެކްޓްކޮށްގެން ހުރީ ހަަމަ، ޓޯކިޔޯ އޮލިމްޕިކްސްގައި ކޮވިޑް ތެރެއިން ދާން ޖެހުނީމަ، އެ އަށް ރެޑީވެވުނު ވަރަށް ވުރެ ބޮޑަށް ރެޑީވެގެން މި ފަހަރު ދާން. ކަންދިމާކުރި ގޮތުން ޓްރެއިނިންތަކާ އެއްޗެހި ޝެޑިއުލް ވެސް ކޮށްފައި ފުރަން އޮތް ދުވަހު ނުފުރުނީ އެހެންވީމަ އެ ކަމާ ވަރަށް ދެރަވޭ. އެއީ ނަބާ ބޭނުންވި ވަރަށް ޕްރެޕަރޭޝަނެއް ނުލިބުނު،" އޮލިމްޕިކްސް އަށް ފުރުމުގެ ކުރިން، "އަދަދު" އަށް ދިން އިންޓަވިއުގައި ނަބާ ބުންޏެވެ.

ނަބާ، ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލަނީ.

ގައުމީ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އިންޓަނޭޝަނަލް މެޑަލް ވެސް ގިނަ ފަަހަރު ހޯދާފައިވާ ނަބާ ބުނީ، މާލޭގައި ވެސް ކުރެވުނު އެންމެ ރަނގަޅަށް ޕްރެކްޓިސްކޮށްފައި ތައްޔާރުވެވިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ނަބާގެ ބެސްޓް ދޭނަން،" ނަބާ ބުންޏެވެ.

ނަބާ ވަނީ މީގެ ކުރިން، ދުނިޔޭގެ ލެވަލްގެ ބޮޑެތި މުބާާރާތްތަކުގައި ރޭންކިންގެ ގޮތުންނާއި މެޑަލްގެ ގޮތުން ކާމިޔާބު ކުޅުންތެރިންނާ ދެކޮޅަށް ކުޅެފަ އެވެ.

އެ ގޮތުން، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި އިންޑިއާގެ މަޝްހޫރު ތަރި، ޕީވީ ސިންދޫއާ ވާދަކޮށްފަ އެވެ. އެ ގޮތުން، 2018 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިން ރިހި މެޑަލް ހޯދައި، 2022 ވަނަ އަަހަރުގެ މުބާރާތުން ރަން މެޑަލް ހޯދި، ސިންދޫ ވަނީ ނަބާހާ ކައިރިން 21-04، 21-11 ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ މެޗެއްގެ ތެރެއިން ނަބާ.

އޭގެ އަހަރަކާ ދެ މަހެއްހާ ދުވަސް ފަހުން، ނަބާ ވަނީ ދުނިޔޭގެ ޗެމްޕިއަނާ ދެކޮޅަށް، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ. އެ ގޮތުން، ދުނިޔޭގެ ރޭންކިން އެއް ވަނަ، ދެކުނު ކޮރެއާގެ އަން ސޭ ޔަންގްއާ ބައްދަލުކުރި މެޗުން ނަބާ ބަލިވީ 04-21، 06-21 އިންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ނަބާ ހިމެނެނީ، ސިންދޫ އާއި އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާ އެއް ގްރޫޕެއްގަ އެވެ.

"ސިންދޫއާ އަނެއްކާ ވެސް ޖެހޭތީ ދެން ރަނގަޅު. ސިންދޫއާ ވެސް ކުޅެލައިފިން އެއް ފަަހަރު. ދެން، އިން ކުއްޖަކީ އެސްޓޯނިއާ ކުއްޖެއް، އޭނަގެ ކުޅުން އެހާ ރަނގަޅަކަށް ނުއެއްފެނޭ. ކައިރިންނެއް ނެތް ފެނިފައެއް. ދެން ޔޫޓިއުބުން ބެލޭ ވަރަކަށް ބަލާފައި، އޭނަގެ މެޗު ވެސް އެނަލައިޒްކޮށްފައި ރެޑީވެގެން މި ދަނީ،" ނަބާ ބުންޏެވެ.

ނަބާގެ ފުރަތަމަ މެޗުގައި، މިއަދު ނުކުންނާނީ ސިންދޫއާ ދެކޮޅަށެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox