ފީފާ އިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ނަގަން ޖެހޭނީ ގައުމީ މަސްލަހަތަށް ބަލާފައި: އާޒިމް

Jul 27, 2024, 6:09 PM
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް.--- ފޮޓޯ: އަދަދު

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް.--- ފޮޓޯ: އަދަދު

ފީފާ އިން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަަނގަޅުކުރަން ނަގާ ނޯމަލައިިޒިން ކޮމިޓީގެ މެމްބަރުން ކަނޑައަޅަން ޖެހޭނީ ގައުމީ މަސްލަހަތަށް ބަލާފައި ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް، އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ނިންމާފައިވާއިރު، އެ ކޮމިޓީގެ އިސް ފަރާތަކަށް، ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާ (ޖަނާ) ހަމަޖައްސަން ނިންމާފައިވާ ކަމަށް، "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ވިޔަފާރީގެ ކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އަރުވާ އިސް އެޑްވައިޒަރު، ޖަނާހު، އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ އިސް ފަރާތަކަށް ކަނޑައެޅުމަށް ފީފާ އިން ނިންމާފައިވާއިރު، އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.

އެ ގޮތުން، އެފްއޭއެމްގެ ކުރީގެ ރައީސް، އާޒިމް ވަނީ، ފީފާ އާއި އޭއެފްސީ ޓެގްކުރައްވައި، އެކްސް (ކުރިން ޓްވިޓާ)ގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

"ފީފާ އާއި އޭއެފްސީގެ ކިބައިން އެދެން ވަރަށް ސަމާލުކަމާ އެކު އިންސާފުވެރިކަމާ އެކު، ނޯމަލައިިޒިން ކޮމިޓީގެ މެމްބަރުން ކަނޑައަޅަން. މީގެ ކުރިން އަހަރެމެންގެ ފުޓްބޯޅަ އަށް ވަރަށް ދަތި ހާލު ކުރިމަތިވެފައި ވަނީ، ތި ފަރާތްތަކުން އައްޔަނުކުރި މެމްބަރުންނާ ހެދި. އެ މީހުން ކަންތައްތައް ކޮށްފައިވަނީ ގައުމު އިސްކުރުމަށް ވުރެ އަމިއްލަ މަސްލަހަތަށް. އެއީ ކޮރަޕްޝަން،" މީގެ ކުރިން، ޖަނާހުގެ، މާލީ މައްސަލައަކަށް އިޝާރާތްކުރައްވައި، އާޒިމްގެ އެކްސް އެކައުންޓްގައި ޕޯސްޓްކޮށްފައިވެ އެވެ.

މީގެ ހަތަރު ދުވަސް ކުރިން، ފީފާ އިން ވަނީ ނޯމަލައިިޒިން ކޮމިޓީއެއްގެ ދަށަށް އެފްއޭއެމް ހިންގުން ބަދަލުކުރަން ނިންމައިފަ އެވެ. އަދި އެ ކޮމިޓީ އަށް މެމްބަރުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފީފާގެ އެ ނިންމުން ހިއްސާކުރި ބަޔާނުގައިވެ އެެވެ. ފީފާގެ ނިންމުން އެންގުމަށް، އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފީފާ އިން އަންގާފައިވަނީ، ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ވަކިން ހާއްސަކޮށް ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ ގޮތުން، ނޯމަލައިޒިން ކޮމިޓީ ތިބޭނެ މެމްބަރުންގެ އަދަދު ކަނޑައަޅައި، މެމްބަރުންގެ ނަންތައް ފައިނަލްކުރަން ނިންމާފައިވަނީ ފީފާ އާއި އޭއެފްސީ ގުޅިގެންނެވެ.

މިއީ، ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރާ ތިން ވަނަ ފަހަރެވެ. އެ ގޮތުން، 2008 ވަނަ އަހަރު ނެގި ކޮމިޓީގެ ރައީސަކީ ފުޓްބޯޅައިގެ އެކިއެކި މަސައްކަތުގައި އުޅުއްވާ އަހުމަދު ޝާހިރު އެވެ. އަދި އެ ކޮމިޓީގައި ހިމެނެނީ، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު، އިބްރާހީމް އާމިރު (ސަލްސާ)ގެ އިތުރުން، އަހުމަދު ހަފީޒް (ޑިކޭ)، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އެއް ވަނަ ފޯވާޑް، ޝާހު އިސްމާއީލް (ސާޔާ) އަދި އަހުމަދު އިގުބާލް އެވެ.

އޭގެ ފަހުން، 2013 ވަނަ އަހަރު އެފްއޭއެމް ނޯމަލައިޒްކުރިއިރު، އެ ފަހަރު، ފީފާ އިން ވަނީ ފަސް މެމްބަރުންގެ ނޯމަލައިިޒިން ކޮމިޓީ އަކާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެއީ، ޗެއާމަނެއްގެ ގޮތުގައި، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް، ތަޖުރިބާކާރު މެޗު ކޮމިޝަނަރު، އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)، މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

ފީފާ އިން މި ފަހަރު، އެފްއޭއެމް ހަވާލުކުރާނެ ކަމަށް ވެސް ބެލެވެނީ ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމިޓީއަކާ އެވެ.

އެފްއޭއެމްގެ ބަޔާނުގައި ހިމެނިފައިވާ ނޯމަލައިޒިން ކޮމިޓީގެ މެންޑޭޓްތައް:

- އެފްއޭއެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ކުރުން.

- އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސް އާއި އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން.

- އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން.

- ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުން.

- ފީފާގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުން.

- އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއެއް އިންތިހާބު، އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އިންތިޒާމްކޮށް، ކުރިއަށް ގެންދިއުން.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox