އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ އަށް ވިޔަފާރިވެރިޔާ ޖަނާހު

Jul 27, 2024, 6:42 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) އާއި ޖަނާހު، މިދިޔަ މަހު ދޯހާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) އާއި ޖަނާހު، މިދިޔަ މަހު ދޯހާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ނިންމާފައިވާއިރު، އެ ކޮމިޓީގެ އިސް ފަރާތަކަށް، ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާ (ޖަނާ) ހަމަޖައްސަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މީގެ ހަތަރު ދުވަސް ކުރިން، ފީފާ އިން ވަނީ ނޯމަލައިިޒިން ކޮމިޓީއެއްގެ ދަށަށް އެފްއޭއެމް ހިންގުން ބަދަލުކުރަން ނިންމައިފަ އެވެ. އަދި އެ ކޮމިޓީ އަށް މެމްބަރުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފީފާގެ އެ ނިންމުން ހިއްސާކުރި ބަޔާނުގައިވެ އެެވެ.

ފީފާގެ ނިންމުން އެންގުމަށް، އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފީފާ އިން އަންގާފައިވަނީ، ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ވަކިން ހާއްސަކޮށް ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ ގޮތުން، ނޯމަލައިޒިން ކޮމިޓީ ތިބޭނެ މެމްބަރުންގެ އަދަދު ކަނޑައަޅައި، މެމްބަރުންގެ ނަންތައް ފައިނަލްކުރަން ނިންމާފައިވަނީ ފީފާ އާއި އޭއެފްސީ ގުޅިގެންނެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، ވިޔަފާރީގެ ކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އަރުވާ އިސް އެޑްވައިޒަރު، ޖަނާހުގެ ނަން ވަނީ ނޯމަލައިިޒިން ކޮމިޓީގައި ހިމަނައިފަ އެވެ. އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގާތްގުޅުމެއް އޮންނަ ޖަނާހު އަކީ، އަންނަ އަހަރުގެ ޖުލައި 31 އާ ހަމައަށް މުއްދަތު ދީފައިވާ ނޯމަލައިިޒިން ކޮމިޓީ ލީޑުކުރައްވާނެ ފަރާތެވެ.

ފީފާ އިން މި ކަންކަން ނިންމަމުން ދަނީ، މި ކަމާ ބެހޭ އެކިއެކި ފަރާތްތަކުގެ ލަފާ ހޯދުމަށް ފަހު އެވެ.

އިންފަންޓީނޯއާ ބަަައްދަލުކުރެއްވުމަށް ފަހު، ޖަނާހު އެކްސް (ކުރިން ޓްވިޓާ)ގައި ކުރައްވާފައިވާ ޕޯސްޓް.

މިދިޔަ މަހު، ގަތަރުގެ ދޯހާގައި ޖަނާހު ވަނީ ފީފާގެ ރައީސް، އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ ފޮޓޯތައް، ޖަނާހު ވަނީ، އޭނާގެ ރަސްމީ އެކްސް (ކުރިން ޓްވިޓާ) އެކައުންޓްގައި ޕޯސްޓްކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޖަނާހު ވަނީ ދުނިޔޭގެ ފުޓްބޯޅަ އަށް ފީފާގެ ރައީސްގެ މަގާމުގައި ހުންނަވައި، އިންފަންޓީނޯ ކުރައްވާ މަސައްކަތަށް ތައުރީފުކޮށްފަ އެވެ.

ޖަނާހު ވިދާޅުވީ، އިންފަންޓީނޯގެ ލީޑަޝިޕްގެ ދަށުން ފީފާ އިން ދުނިޔޭގެ ފުޓްބޯޅަ އަށް ބޮޑެތި ކުރިއެރުންތައް ހޯދައިދެއްވަމުން އަންނަ ކަމަށެވެ. އަދި މުޖުތަމައުގެ ލާބަޔާއި މަންފާގެ އިތުރުން ރަނގަޅަކަށް ކުރާ އެކި ކަންކަމުގައި، އިންފަންޓީނޯ ދެއްވާ ލަފަޔާއި އިރުޝާދަށްޓަކައި އަބަދުވެސް ޝުކުރުވެރިވާ ކަމަށް ޖަނާހު، އެކްސްގައި ކުރި އެ ޕޯސްޓުގައި ވަނީ ލިޔުއްވައިފަ އެވެ.

ފީފާ އިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އެފްއޭއެމްގެ ނޯމަލައިިޒިން ކޮމިޓީ އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ.

މިއީ، ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރާ ތިން ވަނަ ފަހަރެވެ. އެ ގޮތުން، 2008 ވަނަ އަހަރު ނެގި ކޮމިޓީގެ ރައީސަކީ ފުޓްބޯޅައިގެ އެކިއެކި މަސައްކަތުގައި އުޅުއްވާ އަހުމަދު ޝާހިރު އެވެ. އަދި އެ ކޮމިޓީގައި ހިމެނެނީ، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު، އިބްރާހީމް އާމިރު (ސަލްސާ)ގެ އިތުރުން، އަހުމަދު ހަފީޒް (ޑިކޭ)، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އެއް ވަނަ ފޯވާޑް، ޝާހު އިސްމާއީލް (ސާޔާ) އަދި އަހުމަދު އިގުބާލް އެވެ.

އޭގެ ފަހުން، 2013 ވަނަ އަހަރު އެފްއޭއެމް ނޯމަލައިޒްކުރިއިރު، އެ ފަހަރު، ފީފާ އިން ވަނީ ފަސް މެމްބަރުންގެ ނޯމަލައިިޒިން ކޮމިޓީ އަކާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެއީ، ޗެއާމަނެއްގެ ގޮތުގައި، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް، ތަޖުރިބާކާރު މެޗު ކޮމިޝަނަރު، އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)، މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

ފީފާ އިން . މި ފަހަރު، އެފްއޭއެމް ހަވާލުކުރާނެ ކަމަށް ވެސް ބެލެވެނީ ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމިޓީއަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox