ދައުލަތަށް ދައްކަން ޖެހި، ނުދައްކައި ހުރި 15.4 ބިލިޔަން ރުފިޔާ ހޯދުން ނޫން ގޮތެއް ނެތް: ނާޒިމު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު "އަދަދު"އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ. އޭނާއަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ވެސް މެންބަރެއް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު "އަދަދު"އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ. އޭނާއަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ވެސް މެންބަރެއް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ޓެކުހުގައި ގޮތުގަޔާއި އެހެނިހެން ގޮތް ގޮތުން އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކައި އޮތް 15.4 ބިލިޔަން ރުފިޔާ ހޯދުން ނޫން އެހެން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމު މިއަދު އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކުހުގެ ގޮތުގައި ވިޔަފާރިވެރިންނާއި ފަރުދުން ދައުލަތަށް ދައްކަން ޖެހޭ 7.76 ބިލިއަން ރުފިޔާ ނުދައްކައި އެބަ އޮތެވެ. އަދި އެހެނިހެން ގޮތް ގޮތުން ދައްކަން ޖެހި ނުދައްކައި އޮތް 7.68 ބިލިއަން ރުފިޔާ އާ އެކު ވިޔަފާރިތަކާއި ފަރުދުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ 15.4 ބިލިޔަން ރުފިޔާ އޮތީ ނުލިބި އެވެ.

އެ ހިސާބުތަކަކީ ނާޒިމް ވިދާޅުވި ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައިވާ ހިސާބުތަކެކެވެ.

Advertisement

"މިކަމުގައި ދެވަނަ ގޮތެއް ނެތް، މި ފައިސާ އަޅުގަނޑުމެން ޖެހޭނީ ހޯދަން،" އެ ތަފާސް ހިސާބުތައް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުން ނާޒިމު ވިދާޅުވި އެވެ.

އެ ފައިސާއަކީ ޖޫރިމަނާ އާއި އިންޓްރެސްޓާ އެކު ދައުލަތަށް އެކި ތަންތަނުން ދައްކަން ޖެހޭ ފައިސާ އެވެ. އޭގެ ތެރެއިން ބިލިއަނުން ފައިސާ ދައްކަން ޖެހެނީ ލޭންޑް ރެންޓް އަދި ސީއެސްއާރް، ޖީއެސްޓީ، ޓީޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކްސް ގޮތުގަ އެވެ.

ޓެކުހުގެ އާމްދަނީ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތަފުސީލް:

  • އެއާޕޯޓް ޓެކްސް އަދި ފީ - 414،215،088.35ރ.
  • ބޭންކް އިންކަމް ޓެކްސް - 15،900.97ރ.
  • ބިޒްނަސް ޕްރޮފިޓް ޓެކްސް - 416،945،529.37ރ.
  • ކޯޕަރޭޓް އިންކަމް ޓެކްސް - 1،120،058،469.24ރ.
  • އެމްޕްލޯޔީ ވިތުހޯލްޑިން ޓެކްސް - 13،393،625.68ރ.
  • ގްރީން ޓެކްސް - 289،400،238.71ރ.
  • ޖީއެސްޓީ - 3،334،841،606.56ރ.
  • ނޮން ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް - 118،327،426.49ރ.
  • ޕްލާސްޓިކް ބޭގް ފީ - 110،396،320ރ.
  • ޕާސަނަލް އިންކަމް ޓެކްސް - 53،046،665.11ރ.
  • ޓީޖީއެސްޓީ - 1،675،009،896.03ރ.
  • ވިތުހޯލްޑިން ޓެކްސް - 218،204،349.60ރ.

ނޮން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތަފުސީލް:

  • ލޭންޑް ރެންޓް އެންޑް ސީއެސްއާރް - 6،930،422،451.78ރ.
  • ލޯންގް ޓާމް އެގްރިކަލްޗާ ލީޒް - 80،542،558.69ރ.
  • ނޮން ޓެކްސް ރެވެނިއު - އެހެނިހެން - 670،706،457.72ރ.

ޓެކުހުގެ ގޮތުގައި ޖުމްލަ ދައުލަތަށް ލިބެން ޖެހޭ ފައިސާ:

  • ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ - 7،765،932،393.43ރ.
  • ނޮން ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ - 7،679،594،190.86
  • ޖުމްލަ - 15،445،526،584.29ރ.

ރިސޯޓުތަކާއި ވިޔަފާރިތަކުން ބިމު ކުއްޔާއި ޓެކްސްގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 13 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި ކޯޓަށް ގޮސްގެން ވިޔަސް އެ ފައިސާ ހޯދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައިވެ އެވެ.

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ،" ސަރުކާރުގެ މާލީ ހާލަތު ގޯހުން ގޯހަށް ދާ ދަނޑިވަޅުގައި އެކަން ފޫބެއްދުމުގެ ގޮތުން ފައިސާ ހޯދަން ފަށާފައިވާ މަސައްކަތާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

އެ ފައިސާ ހޯދަން ސިޓީ ފޮނުވަން ފަށާފައިވާ ކަމަށާއި މިދިޔަ ހަފުތާގައި ވެސް ބައެއް ފަރާތްތަކުން ފައިސާ ދެއްކި ކަމަށް ރައީސް ވިދާޅުވި އެވެ. ލިބެން ހުރި އެ ފައިސާގެ ދެ ބައިކުޅަ އެއްބައި ކޯޓަށް ނުގޮސް ލިބޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވި އެވެ.

އޭގެއިތުރުން ދެފުށް ފެންނަ ޓްރާންސްޕޭރަންޓު ސަރުކާރެއް ގާއިމު ކުރާނެ ކަމަށާއި އެކަމަށްޓަކައި ފިނޭންސް މިނިސްޓްރީން އާންމު ފަރާތްތަކާއި ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކުގެ ތަފްސީލްތައް އެންމެންނަށް ފެންނާނެ ގޮތް ވެސް ހައްދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox