ބަޖެޓު 2026: ޓެކްސް އާމްދަނީ ފުރަތަމަ ފަހަރަށް 30 ބިލިއަނުން މައްޗަށް އަރާނެ ކަމަށް ލަފާކޮށްފި

ބަޖެޓު 2026: ޓެކްސް އާމްދަނީ ފުރަތަމަ ފަހަރަށް 30 ބިލިއަނުން މައްޗަށް އަރާނެ ކަމަށް ލަފާކޮށްފި

އަންނަ އަހަރު، ޓެކްސް އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ބަޖެޓާއެކީ ފިނޭންސުން ހުށަހަޅާފައިވާ އަންދާޒާތަކުގައިވާ ގޮތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 31.2 ބިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. މިއީ ޓެކުހާއި ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދުގެ ހަތަރު ބައި ކުޅަ ތިން ބައި ނޫނީ 75 ޕަސެންޓެވެ.

ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ ތެރެއިން ބޮޑު ބަޔަކީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާއިރު، މިއީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރާ 16.1 ބިލިއަން ރުފިޔާއަށް ވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޖީއެސްޓީ އާމްދަނީގެ ބޮޑު ބައި ހިއްސާކުރަނީ، އެއް ދާއިރާއަކުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ، ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) އެވެ. ޓީޖީއެސްޓީގެ ގޮތުގައި 11.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަަށް އަންދާޒާކުރާއިރު، އާންމު ވިޔަފާރިތަކުން ނަގާ ޖީޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 5.6 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ޓެކްސް އާމްދަނީގެ އަންދާޒާތައް

  • ޓީޖީއެސްޓީ - 11.4 ބިލިއަން ރުފިޔާ
  • ޓީޖީއެސްޓީ - 5.6 ބިލިއަން ރުފިޔާ
  • އިމްޕޯޓް ޑިއުޓީ - 3.1 ބިލިއަން ރުފިޔާ
  • އިންކަމް ޓެކްސް - 472 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް - 2.3 ބިލިއަން ރުފިޔާ
  • އެއާޕޯޓު ޑިޕާޗާ ޓެކްސް - 2.2 ބިލިއަން ރުފިޔާ
  • ބޭންކް ޕްރޮފިޓް ޓެކްސް - 1.2 ބިލިއަން ރުފިޔާ
  • ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް - 1.2 ބިލިއަން ރުފިޔާ
  • ބިޒްނަސް ޕްރޮފިޓް ޓެކްސް - 3.2 ބިލިއަން ރުފިޔާ
  • ރޯޔަލްޓީ - 259 މިލިއަން ރުފިޔާ

ކުރިން އޮތް ފީ ނެގުމުގެ ނިޒާމު ދޫކޮށް، މިހާރު މި އޮތް ގޮތަށް ޒަމާނީ ޓެކްސް ނިޒާމެއް ވުޖޫދު ވެގެން އައީ 2010 ގައި، ވިޔަފާރިތަކުގެ ފައިދާއިން ނަގަން ފެށި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާ އެކީގަ އެވެ. ޖީއެސްޓީ ނަގަން ފެށީ ޖެހިގެން އައި އަހަރުގަ އެވެ.

ޓެކްސް ނިޒާމަށް މިވީ 15 ވަރަކަށް އަހަރުގެ ތެރޭގައި ނަގަން ފެށި އިތުރު ޓެކްސްތަކަކީ، ގްރީން ޓެކްސް (2015) އާއި އެއާޕޯޓު ޑިޕާޗާ ޓެކްސް (2016) އާއި އިންކަމް ޓެކްސް (2020) އެވެ. އިންކަމް ޓެކްސް ތައާރަފު ވުމާ އެކީގައި އެންމެ ފުރަތަމަ ނެގި ބީޕީޓީ ވަނީ އުވިގެން ގޮސްފަ އެވެ.

އަހަރުންއަހަރަށް ޓެކްސް ނިޒާމަށް އަންނަ ކުރިއެރުންތަކުގެ ސަބަބަކީ އިގުތިސޯދު ކުރިއަރަމުން އަންނާތީ ވިޔަފާރިތައް ރަނގަޅުވުމާއި، އާ ރިސޯޓުތައް ހުޅުވުމުން، ޓެކްސް ބޭސް ބޮޑުވުން އެކަންޏެއް ނޫނެވެ. ވޭތުވި އަހަރުތަކުގައި ޓެކްސް އާމްދަނީ އިތުރުވީ މައިގަނޑު ސަބަބަކީ ޓެކްސް ރޭޓުތައް މަތިކުރުމެވެ.

އެންމެ ފަހުން މަތިކުރީ ޓީޖީއެސްޓީ (16 ޕަސެންޓުން 17 ޕަސެންޓަށް) އެވެ. މި ރޭޓުގައި ޓީޖީއެސްޓީ ނަގަން ފެށީ މި އަހަރުގެ ޖުލައިން ފެށިގެންނެވެ.

ފަސް އަހަރުގެ ޓެކްސް އާމްދަނީ

  • 2021 - 14 ބިލިއަން ރުފިޔާ
  • 2022 - 18 ބިލިއަން ރުފިޔާ
  • 2023 - 24 ބިލިއަން ރުފިޔާ
  • 2024 - 26 ބިލިއަން ރުފިޔާ
  • 2025 - 28 ބިލިއަން ރުފިޔާ

އޭގެ ކުރިން މި ސަރުކާރުން ވަނީ އެއާޕޯޓުން ފުރާ ބޭރުގެ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި ގްރީން ޓެކްސް ވެސް ބޮޑުކޮށްފަ އެވެ. އާ ރޭޓުތަކުގައި މި ޓެކްސްތައް ނަގަން ފެށީ މި އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

ޖީއެސްޓީ (ހަ ޕަސެންޓުން އަށް ޕަސެންޓަށް) މަތިކުރީ ކުރީގެ އެމްޑީޕީ ސަރުކާރުގަ އެވެ. އެ ފަހަރު ޓީޖީއެސްޓީ (12 ޕަސެންޓުން 16 ޕަސެންޓަށް) ވެސް މަތިކުރި އެވެ. މި ރޭޓުތަކުގައި އެ ޓެކްސްތައް ނަގަން ފެށީ 2023 ގެ ޖެނުއަރީން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox