ޗެލްސީ ދޫކޮށް ގެލަގާ އެތުލެޓިކޯ އަށް ބަދަލުވުމާ ގާތަށް: ރިޕޯޓް

Jul 26, 2024, 5:11 AM
ޗެލްސީ ދޫކޮށް ގެލަގާ އެތުލެޓިކޯ އަށް ބަދަލުވުމާ ގާތަށް: ރިޕޯޓް

ލަންޑަން (ޖުލައި 26) - ޗެލްސީ އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު، ކޮނާ ގެލަގާ، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމާ ގާތަށް ޖެހިލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގެލަގާ، 24، މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުން އާ ކުރަން ޗެލްސީން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އަލިމަގެއް ފެންނަ ގޮތެއް ނުވި އެވެ. ރިޕޯޓްތައް ބުނާގޮތުން، ގެލަގާ ބޭނުންވަނީ އާ ޗެލެންޖެއް ނެގުމަށެވެ.

އެ ގޮތުން، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ވާހަކަދައްކައި މިހާރު އެ ޓީމަށް ބަދަލުވާން އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ސްޕެއިނާއި އިނގިރޭސި ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅޭ ގެލަގާ، ޗެލްސީން ދާނެ ކަމަށް ބަލައި، އެ ކްލަބުން ވަނީ، ލެސްޓާ ސިޓީ އަށް ކުޅޭ ކިއެރަން ޑިއުސްބަރީ-ހޯލް ސޮއިކޮށްފަ އެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގެލަގާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ދިއުމާ ގުޅޭގޮތުން، އިނގިރޭސި ފުލްބެކް، ކިއެރަން ޓްރިޕިއޭއާ ވާހަކަ ދައްކައިފަ އެވެ. ނިއުކާސަލް ޔުނައިޓެޑަށް މި ވަގުތު ކުޅެމުން އަންނަ ޓްރިޕިއޭ ވަނީ މީގެ ކުރިން 2021 ވަނަ އަަހަރު އެތުލެޓިކޯ މެޑްރިޑަށް ކުޅެފަ އެވެ. ޓްރިޕިއޭ ވަނީ އެތުލެޓިކޯ މެޑްރިޑަށް ދިއުމަކީ ގެލަގާ އަށް ރަނގަޅު ނިންމުމަކަށްވާނެ ކަމަށް ބުނެފަ އެވެ.

ޗެލްސީ އެކެޑަމީން ފަށައިގެން ސީނިއާ ޓީމަށް އަންނަން ގެލަގާ ކުރަން ޖެހުނީ ނިސްބަތުން ބަލާއިރު އުނދަގޫ ދަތުރެކެވެ. ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ގެލަގާ ވަނީ ލޯން އުސޫލުން، ހަތަރު ޓީމަށް ކުޅެފަ އެވެ. އެއީ ޗާލްޓަން އެތުލެޓިކް، ސްވަންސީ ސިޓީ، ވެސްޓް ބްރޮމްވިޗް އަލްބިއަން އަދި ކްރިސްޓަލް ޕެލަސް އެވެ.

މިހާތަނަށް ޗެލްސީ އަށް ކުޅެދިން 95 މެޗުން ގެލަގާ ވަނީ އެ ޓީމަށް 10 ލަނޑު ޖަހައި، 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox