އެސްޓީއޯ މެޑިކަލް ސާވިސަސްއިން ރާއްޖެއަށް ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭ އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމެންޓް ރޭ ތައާރަފްކޮށްފި އެވެ.
ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހަފްލާގައި އެ އިކުއިޕްމެންޓްސް ލޯންޗްކޮށްދެއްވެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތް ޝިރުނާ އެވެ.
އެސްޓީއޯއިން ބުނީ އެ ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭ ނަތީޖާ ނެރެދޭނެ ކަމަށެވެ.
އަލަށް ތައާރަފް ކުރެވުނު އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީ ކޮލިފައިވެފައިވާ ޓެސްޓުތަކެކެވެ.
އަލަށް ތައާރަފް ކުރެވުނު ލެބް އިކުއިޕްމެންޓްތައް:
- އެފް-200 އަދި އެފް-2400 އިން ހެދޭ ބައެއް ޓެސްޓްތައް:
- ތައިރޮއިޑް ޕްރޮފައިލް
- ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް
- ޑެންގޫ
- ގޮހޮރުގެ ބަލިތައް
- ވިޓަމިން ޑީ
- ބީޓާ އެޗްޗީޖީ
- އިންފްލެމޭޝަން މާކާސް
- އެމް 10 މެޝިނުން ހެދޭ ޓެސްޓުތައް:
- ޑެންގޫ
- ޓީބީ
- ފުއްޕާމޭގެ ބަލިތައް
- އެސްޓީއައި
- އެޗްޕީވީ
އެސްޑީ ބަޔޯސެންސާއަކީ ސައުތު ކޮރެއާ އަށް ނިސްބަތްވާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.
އެގޮތުން އެ ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުން ތަކެކެވެ.










