އެފްއޭއެމް އިން ފަސް އަހަރަށް ގެނައި ސްމޯލީ އެއް އަހަރަށް ފަހު ދޫކޮށްލަނީ

މިދިޔަ އަހަރު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސި ސްމޯލީ.

މިދިޔަ އަހަރު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސި ސްމޯލީ.

ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގެނައި، އިނގިރޭސި ޓެކްނިކަލް ޑިރެކްޓަރު، ޕޯލް ސްމޯލީ އެއް އަހަރަށް ފަހު ދޫކޮށްލަން މަޝްވަރާތައް ނިންމައިލައިފި އެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނާ އެކު، ހަދާފައި އޮތް، ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، ސްމޯލީ އެފްއޭއެމް އިން ދިން ޕްރޮޕޯސަލް ގަބޫލުކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

އެފްއޭއެމް އިން އޭރު ބުނެފައިވަނީ ސްމޯލީ އަކީ ބޭރު ގައުމެއްގެ ސްޕޮންސަޝިޕެއްގެ ދަށުން ހަމަޖެއްސި ޓެކްނިކަލް ޑިރެކްޓަރެއް ކަމަށެވެ. އެއީ، އެ ސްޕޮންސަރުން މެދުވެރިކޮށް، އޭނާގެ މުސާރަ ހަމަޖައްސާ ގޮތަށެވެ. އެއީ، ގާތްގަނޑަކަށް 25،000 ޑޮލަރާ ގާތްކުރާ މުސާރަ އަކަށް ކަމަށް އޭރު ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެއީ ބަންގްލަދޭޝްގައި ސްމޯލީ ހުރީ 15،000 - 20،000 ޑޮލަރުގެ މުސާރަ އަކަށް ކަމަށްވާއިރު، އޭނާ އެފްއޭއެމަށް އައީ އެ އަށް ވުރެ ބޮޑު މުސާރަ އަކަށް ކަމަށްވާތީ އެވެ.

Advertisement

"އަދަދު" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ސްމޯލީ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ގެނައީ ގަތަރު ފުޓްބޯޅަ އެސޯސިއޭޝަންގެ ސްޕޮންސާގަ އެވެ. އަދި ގަތަރުން އެއްބަސްވެފައި އޮތީ، އަހަރުން އަހަރަށް ކޮންޓްރެކްޓް އާ ކުރާ ގޮތަށެވެ. އެ ގޮތުން، ސްމޯލީ އަށް މުސާރަ ދޭ ސްޕޮންސަ އެއްބަސްވުމުގެ ފުރަތަމަ ކޮންޓްރެކްޓް މިހާރު އޮތީ ހަމަވެފަ އެވެ.

އެހެންވެ، އެފްއޭއެމް އިން ދާދި ފަހުން ވަނީ ސްމޯލީއާ އެކު މި ކަމާ ބެހޭ މަޝްވަރާތައް ކޮށްފަ އެވެ. އަދި އިތުރަށް ކޮންޓްރެކްޓް އާ ކޮށްގެން ސްމޯލީ އަށް މުސާރަ ދެވޭނެ ގޮތެއް ނެތްކަން އޭނާ އަށް އެފްއޭއެމް އިން ވަނީ އަންގައިފަ އެވެ. މިއާ އެކު، ސްމޯލީ އެއްބަސްވެފައިވަނީ، މިހާރު ކުރިއަށްދާ އޭ ލައިސަންސް ކޯޗިން ކޯހުގެ ކަންކަން ނިމުމާ އެކު، އޭނާ އާއި އެފްއޭއެމުން ހަދާފައި އޮތް ކޮންޓްރެކްޓް ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް ނިންމާލުމަށް ކަމަށް، "އަދަދު" އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.

ސްމޯލީ އަކީ، ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތު ރައްދުވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ މަގާމުގައި ހުންނަވަނިކޮށް، އެފްއޭއެމް އިން ގެނައި ބިދޭސީ ތިން ވަނަ ޓެކްނިކަލް ޑިރެކްޓަރެވެ. އެ ގޮތުން، އެންމެ ފުރަތަމަ ޖޭން ވަންލީ ގެނައިއިރު، ދެން ހަވާލުވީ ޖުދާން އަލީ އެވެ. ބައްސާމް ކުރިން ވިދާޅުވީ، ވަންލީ އަށް އޭރު އޮތް މާހައުލާއި ހާލަތުގެ ސަބަބުން މަސައްކަތް ނުކުރެވި ދާން ޖެހުނީ ކަމަށާއި ޖުދާން އަލީ އަށް ޖެހުނީ ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ދަސްކޮށްގެން ކަންކަން ކުރަން ކަމަށްވާއިރު، އޭނާ ވީ "ފެއިލް" ކަމަށެވެ.

އެފްއޭއެމް ބަނގުރޫޓުވެފައި އޮތް ހާލަތުގައި އޮއްވައި، ސްމޯލީ ގެނައިއިރު، އޭނާ ވެސް ދާން މި ޖެހެނީ އެއްވެސް ކަމެއް ނުކުރެވި އެވެ. މިދިޔަ އަހަރުގެ އޮގަސްޓަށް ފުޓްބޯޅައިގެ ބޮޑު ޕްލޭނެއް ހަދާނެ ކަމަށް ބުނިއިރު، އޭގެ އެއްވެސް ހިލަމެއް ފަހަކުން ނެތެވެ.

ސްމޯލީ ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގައި މަސައްކަތްކޮށްފަ އެވެ. އެންމެ ފުރަތަމަ 2016 އިން 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމަށް މަސައްކަތްކޮށް، ފަހުން ބްރުނާއީގެ ކޯޗުގެ މަގާމާއި ޓެކްނިކަލް އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. އަލުން، އަނބުރާ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރު ކަމާ ހަވާލުވީ، 2020 ވަނަ އަހަރު ތެރޭގަ އެވެ.

ފީފާ އިން ރޭ ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox