އާދަމް ޝަރީފް ދެއްވީ ބޮޑުފިނޮޅު މައްސަލައިގައި ހައްލު ހޯދައިދޭން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން

ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް. ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް ވ. އަތޮޅުގެ ގިނަ ރައްޔިތުން ދަނީ އަޑުއުފުލަމުން -- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް. ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް ވ. އަތޮޅުގެ ގިނަ ރައްޔިތުން ދަނީ އަޑުއުފުލަމުން -- ފޮޓޯ: ރައީސް އޮފީސް

ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި ހައްލެއް ހޯދުމަށް އިސްވެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވ. އަތޮޅު ކައުންސިލަށް ދީފި އެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވީ ބ. ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ. އެ މިނިސްޓަރީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފާއި ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާގެ އިތުރުން ވ. ތިނަދޫ ކައުންސިލުގެ ރައީސް، ޝުޖާއު އަލީއާއި އެ ކައުންސިލުގެ ތިން މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށްފަހު "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލުގެ ރައީސް، ޝުޖާއު އަލީ ވިދާޅުވީ ބައްދަލުވުން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި އާދަމް ޝަރީފު ދެއްކެވީ ހިތްހަމަޖެހޭ ވާހަކަތަކެއް ކަމަށެވެ.

"މިނިސްޓަރީގެ ބައްދަލުވުމުގައި މަޝްވަރާކޮށް މިކަމުގައި ހައްލެއް ހޯދައިދޭން މިނިސްޓަރީގެ ފަރާތުން އިސްވެ މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަަރު ދެއްވި، އެލްޖީއޭ އާއި މިނިސްޓަރީއާ އެކު އަޅުގަނޑުމެން މަސައްކަތް ކޮށްގެން ސަރުކާރުގެ އިސް ފަރާތްތަކާ މަޝްވަރާ ކޮށްގެން ހައްލެއް ހޯދައިދޭން މަސައްކަތް ކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވީ،" ޝުޖާއު ވިދާޅުވި އެވެ.

ބޮޑުފިނޮޅު ވިއްކާލުމާ މެދު ވ. އަތޮޅު ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމުން އެ ފިނޮޅު ވިއްކާލުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ތަކުރާރުކޮށް މިިނިސްޓަރު ސުވާލު ކުރެއްވި ކަމަށް ތިނަދޫ ކައުންސިލުގެ ރައީސް، ޝިފާގު ހުސެއިން ވިދާޅުވި އެވެ.

"މިނިސްޓަރު ވިދާޅުވީ ގާނޫނާ ހިލާފަށް މިކަމުގައި ކަމެއް ކޮށްފައި އޮތްނަމަ މިނިސްޓަރީން އެކަމާ ވަކާލާތު ކުރާނެ ކަމަށް، ދެން މިނިސްޓަރު ވަރަށް ބޮޑަށް ޔަގީން ކުރެއްވި އެއްވެސް ވަރަކަށް ޓޫރިޒަމް މިނިސްޓަރީން އަތޮޅު ކައުންސިލަށް [މައުލޫމާތު] ހިއްސާ ކުރިތޯ މިކަން ހިނގައިދިޔަ އިރުގައި، ދެން އެއްވެސް ވަރަކަށް ހިއްސާ ނުކުރާކަމަށް އަތޮޅު ކައުންސިލުގެ ފަރާތުން ބުނީ،" ޝިފާގު ވިދާޅުވި އެވެ.

ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކައިލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.

ބޮޑުފިނޮޅަކީ ވ. އަތޮޅުގައި، ހުރިހާ ދިޔަވަރެއްގައި ވެސް ބޭނުން ކުރެވެން އޮތް ހަމަ އެކަނި ފިނޮޅު ކަމަށާއި ވ. އަތޮޅުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން ކ. އަތޮޅާއި އަރި އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ވެސް އެކްސްކާޝަންތަކަށް ހަމައެކަނި ބޭނުން ކުރެވެން އޮތީ ބޮޑުފިނޮޅު ކަމަށް ވ. އަތޮޅު ރައްޔިތުން ބުނެ އެވެ.

ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވ. އަތޮޅު ރައްޔިތުންނާއި އަތޮޅު ކައުންސިލުން ފާހަގަ ކުރަނީ ބޮޑުފިނޮޅު ވިއްކާލަން ސަރުކާރުން ނިންމީ އެއްވެސް ގޮތަކަށް އެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ވުމެވެ. އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ވ. އަތޮޅު ރައްޔިތުން ބުނަނީ އެހެންވެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 68. މާއްދާގެ ހ. ގައި ބުނެފައި ވަނީ:

"ސިޓީއެއްގައި ނުވަތަ ރަށެއްގައި ހިންގާ ޕްރޮޖެކްޓްތައް: 68. (ހ) އަތޮޅު ކައުންސިލުން ނުވަތަ ޤައުމީ އިދާރާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްޢިއްޔާއަކުން ނުވަތަ އެނޫންވެސް ފަރާތަކުން އިދާރީ ދާއިރާއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކާ މަޝްވަރާކުރަންވާނެއެވެ. އެގޮތުން ކުރެވޭ މަޝްވަރާތަކުގައި ރަށާއި އިދާރީ ދާއިރާގައި ހުންނަ އެކަމާގުޅޭ އެންމެހައި މުއައްސަސާތައް ބައިވެރިވުމުގެ ފުރުޞަތު ދޭންވާނެއެވެ" މިހެންނެވެ.

ބޮޑުފިނޮޅު ވިއްކައިލުން ކުށްވެރިކޮށް މިދިޔަ ހަފުތާގައި އެ އަތޮޅު ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި ވ. އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ގިނަ ފަރާތްތަކުން ބައިވެރިވެ އަޑު އުފުލި އެވެ.

އޭގެފަހުން މިދިޔަ ބުދަ ދުވަހު އެ އަތޮޅު ކައުންސިލުން ވަނީ ޓޫރިޒަމް މިނިސްޓަރީއާ ވެސް ބައްދަލުކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ވަނީ ގާނޫނާ ގަވާއިދާ ހިލާފު ކަމެއް ހިނގާފައި އޮތްނަމަ ކޯޓަށް ދިޔުމަށް ދަންނަވައިފަ އެވެ.

ވ. އަތޮޅު ކައުންސިލާއެކު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ވެސް މިނިސްޓަރު ފައިސަލް އަޑު ނާހާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ނަމަވެސް, މިއަދުގެ ބައްދަލުވުމުގައި އާދަމް ޝަރީފުގެ ފަރާތުން ފެނުނީ މައްސަލަ ހައްލު ކުރުމުގެ ވިސްނުން ކަމަށް ޝިފާގު ވިދާޅުވި އެވެ. އަދި "އަބަދުވެސް މިނިސްޓަރީ އޮންނާނީ ލާމަރުކަޒީ ގާނޫނުގެ ދިފާއުގައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ނިންމަން އެހީތެރިވެދޭ ފަރާތެއްގެ ގޮތުގައި" ކަމުގެ ޔަގީންކަން އާދަމް ޝަރީފް ދެއްވި ކަމަށް ޝިފާގު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox