ސަރުކާރުގެ ދެ ވަޒީފާއެއް އެކަކު އަދާކުރާތީ ތޮއްޑޫ ރައްޔިތުންގެ ކަންބޮޑުވުން

ސަރުކާރުގެ ދެ ވަޒީފާއެއް އެކަކު އަދާކުރާތީ ތޮއްޑޫ ރައްޔިތުންގެ ކަންބޮޑުވުން

އއ. ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މެމްބަރަކު، ދައުލަތުން އުޖޫރައެއް ލިބޭ ދެ ވަޒީފާ އެކަކު އަދާކުރަމުން ދާތީ އެކަމާ ތޮއްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ދެ ވަޒީފާ އަދާކުރަމުންދާ މައްސަލަ ރައްދު ވަނީ ތޮއްޑޫ ޑަބްލިޔުޑީސީގެ މައިޝާ މުހައްމަދެެވެ. އޭނާއަކީ 2021 ގައި އެ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ، އެ ކޮމިޓީގެ ނައިބު ރައީސް ވެސް މެ އެވެ.

ޑަބްލިޔުޑީސީގައި ހުއްޓާ އެ ރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަކަށް ވެސް ސަރުކާރުން ވަނީ މައިޝާ ހަމަޖައްސާފަ އެވެ. މި ވަޒީފާގައި އުޅެމުން ވެސް، އޭނާ އަންނަނީ ޑަބްލިޔުޑީސީގައި މަސައްކަތް ކުރަމުންނެވެ.

ޑަބްލިއުޑީސީގެ ނައިބުކަން ކުރާ މީހަކަށް މަހެއްގެ މައްޗަށް މުސާރައަށް 5000 ލިބެއެވެ. އަދި ސިއްހީ މަރުކަޒުތަކުގެ ސީނިއާ އެޑްމިނިސްޓްރޭޓަރަކަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 17500 ވަރު ލިބެ އެވެ.

މިކަމާ ގުޅޭގޮތުން، ނަނަ ނުޖަހާ ގޮތަށް ޝަރުތުކޮށް، އެ ރަށުން ވާހަކަ ދެއްކި މީހަކު "އަދަދު" ނޫހަށް ބުނީ މިކަމަކީ އެއްވެސް ހަމައަކާއި އުސޫލަކުން ކުރިޔަށް ދާ ކަމެއް ނޫން ކަމަށެވެ.

"އަސްލު އެއްވެސް އުސޫލަކުން އަދި އިންސާފަކުން ހިނގާ ކަމެއް ނޫން މީކީއެއް. ސަރުކާރުގެ ދެ ވަޒީފާއެއް ހަގީގަތުގައި އެއްވެސް މީހަކަށް ކުރެވިގެން ނުވާނެ." އޭނާ ބުންޏެވެ.

ހަމަ މި މޭރުމުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ހުރި ވަޒީފާއަށް ވުރެ ރަގަޅު ވަޒީފާއެއް ލިބުމުން ހުރި ވަޒީފާ ދޫކޮށްލުމަކީ އެންމެ ރަގަޅު ގޮތްކަމުގައި އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ރަށުގެ އެހެން މީހަކަށް އެ ވަޒީފާގެ ފުރުސަތު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އޭނާ ކުރިން އެހުރި ވަޒީފާއަށް ވުރެ ދެ ގުނަ ރަގަޅު ވަޒީފާއެއް އެނާއަށް އެ ލިބުނީ. އެހެން ލިބުނީމަ ޑަބްލިއުޑީސީ އިން ވަކިވުމަކީ އަސްލު އެންމެ ރަގަޅު ގޮތް ދޯ. އެގޮތަށް ވަކިވީމަ ދެން އެ މަގާމަށް ދެން ރަށުގައި ތިބި އެހެން މީހުންނަށް ކުރިމަތިލާ އެ ވަޒީފާ އަދާކުރުމުގެ ހައްގު ލިބޭނެ، އެހެންނޫންތޯ ވާނީ؟." އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން މައިޝާ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox