ތޮއްޑޫގެ ބިންތައް ނުދީ ހިފަހައްޓާފައި އޮންނަތާ ހަތަރު މަސް

ތޮއްޑޫގެ ދަނޑު ހައްދާ ސަރަހައްދު؛ ތޮއްޑޫއަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ފޮޓޯ؛ ފައިލްސް

ތޮއްޑޫގެ ދަނޑު ހައްދާ ސަރަހައްދު؛ ތޮއްޑޫއަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ފޮޓޯ؛ ފައިލްސް

މުއްދަތު ހަމަވެފައި ހުރި ބިންތައް ރައްޔިތުންނަށް ދޫ ނުކޮށް ތޮއްޑޫ ކައުންސިލުން ހިފަހައްޓައިގެން އުޅޭތާ ހަތަރު މަސްވެފައިވާތީ އެ ރަށު އާންމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދައްކަމުން އެ ރަށު ދަނޑުވެރިއަކު ބުނީ ކައުންސިލުން ދަނޑުވެރިންނަށް ދޭން ޖެހޭ ބިންތައް ނުދީ ހިފަހައްޓާފައިވާ ކަމަށާއި އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ކައުންސިލް އިދާރާއަށް ދިއުމުން ވެސް ކައުންސިލްގެ ރައީސް ރައްޔިތުންނާއި ބައްދަލު ނުކޮށް ފިއްލަވާ ކަމަށެވެ.

"އަހަރަމެން ދިރިއުޅެން ކުރާ މަސައްކަތަކީ މީ، އެގޮތަށް ބިން ނުދީ ހިފަހައްޓާފައި ހުންނަތާ މިހާރު 4 މަސް ވަނީ މި، އަހަރުން މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކައުންސިލް އިދާރާއަށް ދާ ކޮންމެ ދުވަހަކުވެސް ރައީސް ފިލަނީ، މިއަދު ވެސް އަހަރުންް ދިޔާމަ އެހެން ހެދީ" އޭނާ ބުންޏެވެ.

ދަނޑުބިންތައް ދޫ ނުކުރުމުގެ ސަބަބުން މިދިޔަ މަހުވެސް ވަނީ އެ ރަށުގައި މުޒާހަރާ ވެސް ކޮށްފައެވެ. އަަދި މި މުޒާހަރާގެ ތެރެއިން ވަނީ ފުލުހަކަށް އަނިޔާ ވެފައެވެ.

އޭގެ އިތުރުން އޭނާ ފާހަގަކުރީ އިއްޔެ ކައުންސިލް އިދާރާއަށް ދަނޑުވެރިން ދިޔައީ އެމީހުންނަށް ދޭން ޖެހޭ ބިން ނުދީ އެތަނުގެ ތަންތަން ނީލަމުގައި ވިއްކާލަން ކައުންސިލުން ނިންމާފައި ވާތީ އެކަމާއި ދެކޮޅަށް ކަމަށްށެވެ.

"އިއްޔެ ކައުންސިލަށް ދިޔައީ އެ ދަނޑުތަކުގައި ހުރި އެއްޗެހި ނީލަމުގައި ވިއްކާލަން އިއުލާނެއް ޖެހުމުން. އެ ދަނޑުތަކުގެ އައްސޭރިފަށުގައި ހުންނަ ރުއްގަސްތަކާއި އެހެނިހެން ގަސްތަކަކީ އެ ދަނޑު ލިބޭ މީހާ ބޭނުން ކުރުމަށް އޮންނަ އެއްޗެހި. އެކަމަކު ކައުންސިލުން އުޅުނީ އެ އެއްޗެހިތައް ނީލަމުގައި ވިއްކާލަން ވެގެން. އެހެންވެގެން އަހަރުން ނުކުތީ އެކަންތައް ހުއްޓުވަން," އޭނާ ބުންޏެވެ.

ރައްޔިތުން އެއްވެ ނީލަމުގައި ވިއްކާލަން ޖަހާފައި ހުރި އެއްޗެހި ވިއްކާލުމާއި ދެކޮޅަށް އަޑު އުފުލުމުން ވަނީ އެ ކަން ކުރިއަށް ގެންގޮސްފައި ނުވެ އެވެ.

މިކަމާއި ގުޅޭގޮތުން ދެން ހުރި ކަންބޮޑުވުންތައް ފާހަގަކުރަމުން އެ ރަށު މީހަކު ބުނީ ކައުންސިލުން ބިންތައް ދޫކުރަން ބޭނުންވަނީ އެންމެ ދިގު މުއްދަތަކަށް 15 އަހަރު ދުވަހަށް ކަމަށެވެ.

ނަމަވެސް, އެއީ ދަނޑުވެރިން ބޭނުންވާ ގޮތް ނޫން ކަމަށްށާއި ދަނޑުވެރިން ބޭނުން ވަނީ މިހާރު ވެސް ދޫކުރާ ގޮތަށް 3 އަހަރުގެ މުއްދަތަކަށް ދޫކުރުމަށެވެ. އަދި މީގެ އިތުރުން އޭނާ ފާހަގަކުރީ އެ ދަނޑުތަކުގެ ތެރެއިން މަގެއް ކެނޑުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ. ނަމަވެސް, އެ ކަންކަން އެގޮތަށް ކުރުމުން އެ ދަނޑުތަކުން ބޮޑު ބައެއް ގެއްލޭނެ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ލޯކަލް ގަވާންމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ވެސް ވަނީ އެރަށަށް ގޮއްސައެވެ. ނަމަވެސް ނިންމަން ޖެހޭ ބައެއް މުހިންމު ކަންތައްތައް ނުނިމި ހުރުމުގެ ސަބަބުން މި މައްސަލަ ކޮޅެއްގައި ނުޖެއްސޭ ކަމަށް އެރަށުން މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ކައުންސިލްގެ ބަހެއް ހޯދުމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސްއަށް ގުޅުމުން ވިދާޅުވީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އެއް ރަށެވެ. އަދި މިހާރު ލޯކަލް ޓޫރިޒަމަކީ ވެސް އެރަށުގެ އިގުތިސޯދުގެ ބޮޑު ބައެއް ހިއްސާކުރާ ސިނާއަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox