ރައީސް މުއިއްޒު އއ. އަތޮޅުގެ ތިން ރަށަކާއި ކ. އަތޮޅުގެ ތިން ރަށަކަށް

އެއާޕޯޓުން ތޮއްޑުއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ސަރުކާރުގެ ވެރިންނާ ރައީސް މުއިއްޒު ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފިސް

އެއާޕޯޓުން ތޮއްޑުއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ސަރުކާރުގެ ވެރިންނާ ރައީސް މުއިއްޒު ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ތިން ރަށަކާއި ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރެއް ފަށްޓަވައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު އަދި ރައީސް ވަޑައިގަންނަވާ ބައެއް ރަށްތަކުން ކަށަވަރުކޮށް ދެއްވި ގޮތުގައި، އެ މަނިކުފާނު މިއަދު ވަޑައިގަންނަވަނީ ތޮއްޑޫ އާއި، ރަސްދޫ އަދި މަތިވެރި އަށެވެ.

ރައީސް މުއިއްޒު ދެ ދުވަހުގެ ދަތުރެއް މި ފެއްޓެވީ، އަންނަ އަންގާރަ ދުވަހު، އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން އިއުލާނުކޮށް، އެ ޖަލްސާއަށް ރަށްރަށުން މީހުން އައުމަށް ގޮވާލާފައި ވަނިކޮށެވެ.

މާލޭގައި ބާއްވާ ސިޔާސީ ބޮޑެތި ޖަލްސާތަކަށް މާލެ އަތޮޅުންނާއި އަރިއަތޮޅުން މާލެއަށް މީހުން އާދެ އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒު މިއަދު ފެއްޓެވި ދަތުރަކީ ކުރިން ފައްޓަވާފައިވާ ސިލްސިލާގައި ދަތުރުތަކުގައި ވަޑައިނުގެންނެވޭ ރަށްތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

"މާލެ އަތޮޅު ބައެއް ރަށްރަށް އަދި އަރިއަތޮޅަށް އަދި ވަޑައިނުގަންނަވާތީ ވަރަށް އަވަހަށް ދަތުރުފުޅު ކުރައްވާނެ ކަމަށް ވާނީ ވިދާޅުވެފައި،" ރައީސްގެ މި ދަތުރާ ބެހޭ ގޮތުން ހީނާ އަދަދު ނޫހަށް ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.

އއ. އަތޮޅުގެ ތިން ރަށަށް ފަހު ރައީސް މުއިއްޒު ގާފަރަށް ވަޑައިގަތުމަށް ނިންމަވާފައި ވަނީ މާދަމާ ހެނދުނު ކަމަށް އެނގިފައިވެ އެވެ.

އެ މަނިކުފާނު މި ދަތުރުގައި ތޮއްޑު އަށް ވަޑައިގެންނެވީ މޯލްޑިވިއަންގެ ސީޕްލޭނެއްގަ އެވެ.

ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުން ކުރިއަރުވާ ކޮމިޓީ އާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް މުއިއްޒު ދަތުރުކުރައްވާއިރު، ސަރުކާރަށް ވަނީ މާލީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އަދި އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ރަށްރަށަށް ކަނޑައަޅާފައިވާ ވަކިވަކި މަޝްރޫއުތައް އެނގެން ނެތުމުން، އިދިިކޮޅު މެންބަރުންނާއި ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox