ކުޑަކުދީންގެ ބަގީޗާގައި ސިފައިންގެ ބޮޑު ވިޔަފާރިއެއް

ކުޑަކުދީންގެ ބަގީޗާގައި ސިފްކާއިން ހަދާފައިވާ އިވެންޓު ހޯލް. -- ފޮޓޯ: އަދަދު

ކުޑަކުދީންގެ ބަގީޗާގައި ސިފްކާއިން ހަދާފައިވާ އިވެންޓު ހޯލް. -- ފޮޓޯ: އަދަދު

ސިފައިންގެ ވިޔަފާރި ފުޅާކުރުމަށް ކުޑަކުދީންގެ ބަގީޗާގެ ބޮޑުބައެއް ނެގުމަށް ފަހު، އިވެންޓުތައް ބޭއްވުމަށް ހާއްސަ ހޯލެއް ހަދައި، އެތަން ކުއްޔަށް ދީ، އެ ހަފުލާތަކަށް ކޭޓަރިންގެ ހިދުމަތް ވެސް ދޭން ފަށައިފި އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހެދި ކުޑަކުދީންގެ ބަގީޗާ ބަލަހައްޓަމުން ދަނީ ސިފައިންނެވެ. މީގެ ކުރިން ބޮޑު ވިޔަފާރިއެއްގެ ގޮތުގައި އެތަން ބޭނުން ކުރަމުން ނުގެންދެ އެވެ.

ނަމަވެސް، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުޑަކުދީންގެ ބަގީޗާގެ ހުޅަނގު އުތުރު ކަންމަތީގައި (ސްޓެލްކޯ އާ ވީ ކަންމަތި) ދެ ބުރި އިމާރާތެއް ހަދައި، އިވެންޓުތައް ބޭއްވުމަށް އެ ތަނާއި، ބަގީޗާގެ އެތެރެއިން ބައެއް ކުއްޔަށް ދީ، ބޮޑު އާމްދަނީއެއް ހޯދަމުންދާތާ މަސްތަކެއް ވެއްޖެ އެވެ.

ސިފްކޯގެ މި އިވެންޓު ހޯލަކީ މިހާރު މާލޭގައި އެންމެ މަގުބޫލް އެއް ތަނެވެ. އެތަން ގިނައިން ކުއްޔަށް ނަގަނީ ކައިވެނި ހަފުލާތަކާއި ޕާޓީތައް ބޭއްވުމަށެވެ. މިދިޔަ އާދީއްތަ ދުވަހު އަދަދު ނޫހުން ސިފްކޯ އަށް ގުޅިއިރު، މިފެށޭ އޯގަސްޓު މަހުގެ ނިޔަލަށް ގާތްގަނޑަށް އެތަން ވަނީ އެއްކޮށް ބުކްވެފަ އެވެ.

ކުޑަކުދިންގެ ބަގީޗާގެ ހުޅަނގު ފަޅި އެއްކޮށް ކަހަލަ ގޮތަކަށް ސިފައިން ނަގާފައިވަނީ ވިޔަފާރި ބޭނުމަށް. އާންމުންނާއި ކުޑަކުދިންނަށް އެ ސަރަހައްދަށް ނުވެސް ވަދެވޭ. -- ފޮޓޯ: އަދަދު
ކުޑަކުދިންގެ ބަގީޗާގެ ހުޅަނގު ފަޅި އެއްކޮށް ކަހަލަ ގޮތަކަށް ސިފައިން ނަގާފައިވަނީ ވިޔަފާރި ބޭނުމަށް. އާންމުންނާއި ކުޑަކުދިންނަށް އެ ސަރަހައްދަށް ނުވެސް ވަދެވޭ. -- ފޮޓޯ: އަދަދު

ކުޑަކުދިންގެ ބަގީޗާގެ ހުޅަނގު ފަޅި އެއްކޮށް ކަހަލަ ގޮތަކަށް ސިފައިން ނަގާފައިވަނީ ވިޔަފާރި ބޭނުމަށް. އާންމުންނާއި ކުޑަކުދިންނަށް އެ ސަރަހައްދަށް ނުވެސް ވަދެވޭ. -- ފޮޓޯ: އަދަދު

ކުޑަކުދީންގެ ބަގީޗާގެ އިވެންޓު ހޯލްގެ އަގުތައް

  • މުޅި ހޯލް 12 ގަޑިއިރަށް (ގްރައުންޑް ފްލޯ، ފުރަތަމަ ފްލޯ، ޕޭންޓްރީ) - 10،000ރ.
  • މުޅި ހޯލް އަދި އައުޓްޑޯ (އަނބު ގަހާ ހިސާބަށް) - 15،000ރ.
  • ހަތަރު ފޫޓުގެ ކާ މޭޒެއް (ވަށް) - 25ރ.
  • ތިން ފޫޓުގެ ކާ މޭޒެ (ވަށް) - 20ރ.
  • މޭޒުގައި އަޅާ ފޮތިގަނޑެއް - 10ރ.
  • ހަތަރު ފޫޓުގެ ބުފޭ މޭޒެއް - 35ރ.
  • ބުފޭ މޭޒު ވަށާ ޖަހައި ފޮތިގަނޑެއް - 15ރ.
  • ބުފޭ މޭޒު މަތީ އަޅާ ފޮތިގަނޑެއް - 10ރ.
  • އެއް ގޮނޑި - 12ރ.
  • ހެދިކާ މެނޫ - 110ރ. ބޮލަކަށް
  • ކެއުން - 160ރ. ބޮލަކަށް

މި އަގުތަކުން، ސިފައިންނާއި ސިފައިންގެ ދަރިންނާއި އާއިލާ މީހުންނަށް ވިއްކަނީ 20 ޕަސަންޓު ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީ އަދި ސިފްކޯގެ މަދަނީ މުވައްޒަފުންނަށް 10 ޕަސަންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.

ކުޑަކުދީންގެ ބަގީޗާއިން ސިފައިން ވިޔަފާރި ބޭނުމަށް ނަގާފައިވާ ތަނުގައި އިމާރާތެއް ހަދަމުން ދަނީ. -- ފޮޓޯ: އަދަދު
ކުޑަކުދީންގެ ބަގީޗާއިން ސިފައިން ވިޔަފާރި ބޭނުމަށް ނަގާފައިވާ ތަނުގައި އިމާރާތެއް ހަދަމުން ދަނީ. -- ފޮޓޯ: އަދަދު

ކުޑަކުދީންގެ ބަގީޗާއިން ސިފައިން ވިޔަފާރި ބޭނުމަށް ނަގާފައިވާ ތަނުގައި އިމާރާތެއް ހަދަމުން ދަނީ. -- ފޮޓޯ: އަދަދު

ވިޔަފާރިވެރިންގެ ކަންބޮޑުވުން

ތޮއްޖެހިފައިވާ މާލޭގައި ކުޑަކުދިން ގޮވައިގެން އާއިލާތައް ހިތްހަމަޖެހިލަން ދާ އެއް ތަނަކީ ކުޑަކުދީންގެ ބަގީޗާ އެވެ. އެ ބަގީޗާގެ ހުޅަނގުފަޅީގެ ބޮޑުބައެއް ސިފައިންގެ ވިޔަފާރިއަށް ނަގައިގެން ހިންގަމުން ދަނީ ކޮން އުސޫލަކުން، އަދި ކޮން އަގެއްގައި ކަމެއް ނޭނގެ އެވެ.

ކުޑަކުދީންގެ ބަގީޗާގެ އެ ސަރަހައްދުގައި ކުރިން ހުރި ތަކެތި ނަގައި، އިވެންޓު ބޭއްވުމަށް ކުއްޔަށް ދޭން ފަށާފައިވާއިރު، ބަގީޗާއަށް ދާ މީހުންނަށް ވެސް އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.

ސިފައިން އިވެންޓު ހޯލް ކުއްޔަށް ދިނުމާއި ކޭޓަރިންގެ ހިދުމަތަށް ވަނުމުން، އެ ދާއިރާގައި ތިބި އަމިއްލަ ކުންފުނިތަކުގެ ހިތްހަމަ ނުޖެހުން އެބަ އޮތެވެ.

"ސިފައިން މި ވިޔަފާރީގެ ތެރެއަށް ވަންނަން ނުޖެހޭ. އެ މީހުން އަމިއްލަ އަށް އިވެންޓު ހޯލް ހަދައި، އެތަން ކުއްޔަށް ދީ، އަދި ކޭޓަރިންގެ ހިދުމަތް ދިނުމަކީ އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ވާނެ ކަމެއް. އަދި ސިފައިން ކޮށްގެން ވާނެ ކަމެއް ވެސް ނޫން،" މާލޭގައި ފުޅާ ދާއިރާއެއްގައި އިވެންޓުތައް ބާއްވައި، ކޭޓަރިންގެ ހިދުމަތް ދޭ ކުންފުންޏެއްގެ ވެރިޔަކު ބުންޏެވެ.

ކައިވެނި ހަފުލާތައް ބާއްވައިދީ، ކޭޓަރިންގެ ހިދުމަތް ދޭ އެހެން ކުންފުންޏެއްގެ ވެރިޔަކު ބުނީ ސިފައިން ވިޔަފާރި ފުޅާކުރަމުން ދިޔުމަކީ އަމިއްލަ ވިޔަފާރިތަކަށް ހުރި ގެއްލުމެއް، ބިރެއް ކަމަށެވެ.

"އެހެން އެކަން ހުއްޓުވަންޖެހޭ،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ސިފްކޯއިން ވާހަކަ ނުދެއްކި އެވެ. އަދި އެއްވެސް މައުލޫމާތެއް ވެސް ނުދިނެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox