އިސްތިއުނާފު ފޯމު ހުށަހެޅުން؛ އަމަލުކުރަންވީ ކޮންގޮތަކަށް؟

އިސްތިއުނާފު ފޯމު ހުށަހެޅުން؛ އަމަލުކުރަންވީ ކޮންގޮތަކަށް؟

ރާއްޖޭގެ ޝަރުއީ ނިޒާމު އެތުރިފައި އޮތްގޮތުން، އެންމެ މަތީ ކޯޓަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ. ގާނޫނުއަސާސީ ބުނާގޮތުން އެކޯޓަކީ ރާއްޖޭގައި އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތެވެ. އެވަރުގެ ބޮޑު ޒިންމާއަކާ ބާރުވެރިކަމެއް އޮތް ކޯޓެއްގައި ފަނޑިޔާރެއްގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ އެ ބޭފުޅުންގެ ދާއިރާގައި އާދައިގެ ބަޔަކަށް ނުވާނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވުމަކީ އެހެން ގައުމުތަކުގައި ނަމަ ވަރަށް ދިގު ދަތުރެކެވެ. ވަކީލުކަމާއި، އެކި ކޯޓުތަކުގެ ފަނޑިޔާރުކަންކޮށް، ގާނޫނީ ދާއިރާއިން އުނގަންނައި ދިނުމުގެ މަސައްކަތާއި، ފޮތް ލިޔުއްވުން ފަދަ އެތައް ތަޖުރިބާކޮށް، އެ ދާއިރާއިން ވާސިލުވެވޭ ކުރިބޯއްޓަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމެވެ. އެއީ ޝަރަފުވެރި، އަދި މީހުން ގަދަރުކުރާ މަގާމަކަށް ވަނީ އެހެންވެގެންނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތެއް އަޑުއަހަން ވަދެވުނު ދުވަހެއްގެ ހަނދާން އާކޮށްލާނަމެވެ. އަޅުގަނޑު ކުރާނޭ އިތުރު ކަމެއް ނެތިގެން އަޅުގަނޑާ ނުވެސް ބެހޭ މައްސަލަތައް އަޑުއަހަން އޭރު އެކި ކޯޓުތަކުގެ އަޑުއެހުންތަކަށް ވަންނަމެވެ. އެއީ މިހާރު މިއޮންނަހެން ކޯޓުތަކުގެ އަޑުއެހުންތައް ވަގުތުން ދުރަށް ދެއްކި ދުވަސްވަރެއް ނޫނެވެ. އަޑުއެހުމަކަށް ވަދެވޭނީ 'ޝަރީއަތުގެ އަޑުއެހުމަށް ވަންނަން އެދޭ ފޯމު' އޭ ކިޔާ ފޯމެއްގައި މީހާގެ ވަނަވަރު ލިޔެ، އަޑުއެހުން ފެށުމުގެ އެއްގަޑިއިރު ކުރިން ކޯޓަށް ހުށަހަޅައި ހުއްދަ ލިބުމުންނެވެ.

Advertisement

މި ދެންނެވި ދުވަހު ކޯޓުގައި އޮތް އަޑުއެހުމަކީ ޝައުގުވެރި އަޑުއެހުމަކަށް ވެދާނެޔޭ ހީވީ، ނިކަން ދޫފަރިތަ ވަކީލަކު މައްސަލައިގެ އެއްފަރާތުން ވަކާލާތުކުރައްވާތީ އެވެ. އަދި އެއީ އެ މައްސަލައިގެ ތެރެއިން އައު އުސޫލުތަކެއް ކަނޑައެޅިގެން ހިނގައިދާނޭ މައްސަލައެއްހެންވެސް ހީވާތީ އެވެ. އަޑުއެހުން ފެށި ފަނޑިޔާރުންގެ އިޒުނަ ލިބުމުން މި ވަކީލު ވާހަކަ ދައްކަން ފެށި އެވެ. އިސްތިއުނާފު ފޯމުގައި ހުރި ނުކުތާތައް ހުށަހަޅަމުން، ކޮންމެ ނުކުތާއެއްގެ ތަފުސީލު ކިޔަމުން ގެންދިޔައީ އަމިއްލަ އިބާރާތުންނެވެ.

އެކިއެކި މިސާލުތަކާއި ގާނޫނީ ނުކުތާތަކަށް ހަވާލާދެމުން ވާހަކަ ކުރިޔަށް ގެންދަނިކޮށް ފަނޑިޔާރުންގެ ބެންޗުން މި ވަކީލު ހުއްޓުވައި ސުވާލުކުރި އެވެ. ވަކީލު މިހާރު ތިޔަ ހުށަހަޅުއްވަނީ އިސްތިއުނާފު ފޯމުގެ ކޮން ނުކުތާއެއްތޯ؟ މިއީ މިވެނި ނުކުތާއެކޭ ވަކީލު ޖަވާބު ދިނުމުން ފަނޑިޔާރު ވިދާޅުވި އެވެ. އަޅުގަނޑުވެސް މި ބަލަނީ ތިޔަ ނުކުތާ އެވެ. ތި ވާހަކަ މި ފޯމުގައި ލިޔެވިފައެއް ނެތެވެ. ތިޔަ ދައްކަވަނީ ޝަރީއަތަށް ހުށަހެޅި ފޯމުގައި ހުރި ވާހަކަތަކެއް ނޫނެވެ. ވަކީލު ބުންޏެވެ. އިއްޒަތްތެރި ފަނޑިޔާރެވެ. އަޅުގަނޑުމެން އިސްތިއުނާފު ކުރާ ނުކުތާތަކާއި ތަފުސީލު ފޯމުގައި އެއޮތީ އެވެ. އަޅުގަނޑު މި ދަންނަވަމުން ގެންދަނީ އެ ނުކުތާ ހުލާސާކޮށެވެ. އެއީ އެ ނުކުތާއާއި، ނުކުތާގެ ތަފުސީލު ލިޔުމުން ހުށަހެޅިފައިވާތީ އެވެ. ފަނޑިޔާރު އެންގީ ހުށަހަޅާފައިވާ ލިޔުމުގައި އޮތްގޮތަށް ނުކުތާތައް ހުށަހެޅުމަށެވެ. ހަމަ އެއްގޮތަކަށް ކުރުނުކުރުމުން އެ ވަކީލަށް ޖެހުނީ ފޯމުގައި ލިޔެފައި އޮތްގޮތަށް އަކުރުން އަކުރަށް ނުކުތާތަކާއި ތަފުސީލުތައް ހުށަހަޅާށެވެ. ފަހުން އެ ވަކީލު އެ ނުކުތާތައް ހުށަހަޅަމުން ގެންދިޔައީ ވާހަކަ ދައްކާ އިބާރާތަކުންވެސް ނޫނެވެ. ހަމަ ލިޔުމުގައި އޮތްގޮތަށް، ހުތުބާގެ ރާގާ ވައްތަރުވާން އުޅޭ ރާގެއްގަ އެވެ.

އެއަޑުއެހުން ނިންމާފައި ނުކުމެ އެ މައްސަލައިގެ ހަސްމުންގެ ވަކީލުން އެކަމާ ޖޯކުޖެހި ހަނދާން ވެއެވެ. މިއީ ދެން ޝަރީއަތްކުރާ ގޮތް ހެއްޔެވެ؟ މިހެން ކުރިއަށް ގެންދާނަމަ ކޮންމެހެން ވަކީލުން ޝަރީއަތަށް ހާޒިރުވުމުގެ ބޭނުމެއްވެސް ނެތެއް ނޫންހެއްޔެވެ. ލިޔުމުން އޮތް އިސްތިއުނާފު ފޯމާއި އޭގެ ޖަވާބަށް ބަލައި ފަނޑިޔާރުގެ ހުކުމްވެސް ލިޔުމުން ފޮނުވާލީމާ ސަލާމަތްވާނީ ހާދަހާ ވަގުތެކެވެ.

އެ ހާދިސާގެ ޒަމާންގަނޑެއް ފަހުން، އިއްޔެ ހައިކޯޓުގެ ޝަރީއަތެއް އަޑުއެހީމާ ޔަގީންވީ، އޭރު ސުޕްރީމް ކޯޓުން ގެންގުޅުނު އުސޫލު އެ ފަނޑިޔާރު އަދިވެސް ހިފަހައްޓަވާ ކަމެވެ. ލިޔެފައި އޮތް ވާހަކަ އަކުރުން އަކުރަށް ކިޔައިދިނުން އެއީ އިސްތިއުނާފު ފޯމު ހުށަހަޅަންޖެހޭ ގޮތްކަމުގައި އޭރުގެ ފަނޑިޔާރުން ދެކެވަޑައިގަންނަވަނީ އެވެ.

މިހާރު ހައިކޯޓާއި ސުޕްރީމް ކޯޓުގައި އެ މަރުހަލާ ކުރިއަށް ގެންދާ ގޮތް ތަފާތެވެ. އަޑުއެހުން ބާއްވާއިރު ފަނޑިޔާރުންނަށް އިސްތިއުނާފު ފޯމު ލިބުނުތާ ކިތަންމެ ދުވަހެކެވެ. އެހެންވީމާ ފަނޑިޔާރުން ޝަރީއަތް ފަށާނީ އެ މައްސަލައިގެ އިސްތިއުނާފު ފޯމު ކިޔައި، އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުވެސް ނޯޓުކޮށްގެންނެވެ. އެކަމަކު އަޑުއެހުން ފަށައި އިސްތިއުނާފު ނުކުތާތައް ހުށަހަޅަން ވަކީލަށް ފުރުސަތު ދިނުމުން ދެތިން ގާނޫނީ ނުކުތާއެއް ފަސްދޮޅަސް ގޮތަށް ލިޔެ ހުށަހަޅާފައި އޮންނަ ދިގު އިސްތިއުނާފު ފޯމު، ހުކުރު ހުތުބާ ކިޔާ ރާގުގައި އިއްވަން ފެށީމާ ބޭކާރުވެގެން ދާނީ އެންމެންގެ ވަގުތެވެ.

ކުރިން މި ބުނި ޒަމާނުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވެވަޑައިގަތުމަށްފަހު މިހާރު ވަކާލާތު ކުރެއްވުމުގައި އެބައުޅުއްވަ އެވެ. އެކި ގައުމުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސުޕްރީމް ކޯޓުން ވަކިވުމަށްފަހު ގާނޫނީ ދާއިރާގައި މަސައްކަތްކުރުމަކީ އެހައި އާންމު ނޫނަސް މަދު ކަމެއްވެސް ނޫނެވެ. އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖަސްޓިސް ސެންޑްރަ ޑޭ 1981 އިން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު ރިޓަޔަރވެވަޑައިގެން މަދު، ހާއްސަ މައްސަލަތަކުގައި ވަކާލާތުކުރެއްވި އެވެ. ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނު ކިޔަވާ ދަރިވަރުން، އެފަދަ އަޑުއެހުންތަކަށް ވަންނަނީ ޝައުގުވެރިކަމާއެކުގަ އެވެ. އަދި ޖަސްޓިސް ޑޭވިޑް އެޗް ސޫޓާވެސް 2009 ވަނަ އަހަރު ރިޓަޔަރކުރެއްވުމަށްފަހު ބައެއް މައްސަލަތަކުގައި އެކި ކޯޓުތަކުގައި ވަކާލާތުކުރެއްވި އެވެ. ރާއްޖެއާ އޮތް ތަފާތަކީ، އެ ބޭފުޅުން ވަކާލާތުކުރާ މަންޒަރު ފެނުނީމާ އެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ތިއްބެވުމާމެދު ހައިރާންވެ ސުވާލު އުފައްދަން ނުޖެހޭކަމެވެ.

އިސްތިއުނާފު ފޯމު ހުށަހެޅުމުގައި މިހާރު އަމަލުކުރަމުންދާ، އަދި ބަލައިގަނެވިފައިވާ ގޮތަކީވެސް، ކޮންމެހެން އަކުރުން އަކުރަށް ހުށަހެޅުމުގެ ބަދަލުގައި މުޅި ފޯމު ހުލާސާކޮށްލުމެވެ. ހުލާސާ ކުރުމުގެ ތެރޭގައި، ވަކީލުން ބާރު އަޅާ ނުކުތާތައް ވަކިން ފާހަގަކޮށް އެކަމުގެ މައްޗަށް ވާހަކަ ދައްކަނީ އެވެ. މައްސަލައިގެ އަސްލު ބަހުސަށް ދެވޭނީ އިސްތިއުނާފު ނުކުތާތަކާއި އޭގެ ރައްދާމެދު ފަނޑިޔާރުން ސުވާލުކުރަން ފަށާ ހިސާބުންނެވެ. ޝަރީއަތުގައި ވަކާލާތުކުރަން ވަކީލުންނަށް ޖާގަލިބޭނީ ވެސް އޭރަކަށް ނޫންހެއްޔެވެ. އިސްތިއުނާފު ފޯމާއި ޖަވާބު ފޯމުން އެކަނި ފުއްދާލާނަމަ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށް ތިން ފަނޑިޔާރުންނާއި އެހީތެރިންނާއި ވަކީލުންގެ ވަގުތާއި ކޯޓުގެ ވަސީލަތްތައް ހޭދަކުރުމުގެ ބޭނުމެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox