ކުޅިވަަރު އެސޯސިއޭޝަންތައް ހަރުދަނާވާންޖެހޭ: ސައްތާރު

މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް ސައްތާރު: އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް ސައްތާރު: އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

ކުޅިވަރު ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާވާން ޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

ސައްތާރު މި ގޮތަށް ވިދާޅުވީ، އަންނަ ހުކުރު ދުވަހު، ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ދިވެހި އެތުލީޓުންގެ ކޮންޓިންޖެންޓްގެ ތެރެއިން، ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ގޮތުން، ސައްތާރު ވިދާޅުވީ، ޑިވެލޮޮޕްމަންޓަށް އިސްކަންދީގެން ކަންތައްތަކެއް ކުރަމުން އަންނައިރު، ބައެއް އެސޯސިއޭޝަންތަކުގައި ކަންކަން ދަނީ އެންމެ ދާން ޖެހޭ މިސްރާބަކަށް ނޫން ކަމަށެވެ.

"ހުރިހާ ކަމެއް ކޯޗުންނާއި އެތުލީޓުން ރަނގަޅު ކުރަމުންދިޔަސް އަޅުގަނޑުމެންގެ އެސޯސިއޭޝަންތައް ވެސް ހަރުދަނާކުރަންޖެހޭ. މި ފުރުސަތުގައި އެސޯސިއޭޝަންތައް ހަރުދަނާކުރަން އަޅުގަނޑު ގޮވާލަން،" ސައްތާރު ވިދާޅުވި އެވެ.

"އެސޯސިއޭޝަންތައް، މިހާރު ހާއްސަކޮށް ވަޅު ޖެހެމުންދާ އެސޯސިއޭޝަންތައް ރަނގަޅުކުރަން ވެސް ގޮވާލަން. އެންމެ ބޮޑަށް މިކަން ފާހަގަކޮށްލާ އެއް ކަމަކީ އެތުލީޓުންނަށް ބައެއް ފަހަރު ނޭދެވޭ އަސަރުތަކެއް ކުރާތީ، އެހެންވީމަ އެބަޖެހޭ މި ކަންކަން ރަނގަޅުކުރަން،"

މި ވަގުތަށް ބަލާއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގާ ބޯޑު އޮތީ ހަމަވެފަ އެވެ. މި ދެ އެސޯސިއޭޝަނަށް ވެސް ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފަ އެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އިވެންޓްގެ ތެރެއިން، ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް

އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން އެސޯސިއޭޝަންތައް ހަރުދަނާކުރަން މަސައްކަތް ކުރާއިރު، އެސޯސިއޭޝަންތައް ވަރަށް ރަނގަޅަށް ހިނގައި، އެތުލީޓުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭ އެސޯސިއޭޝަނަށް ވެގެންދާނެ ކަމަށް ސައްތާރު ގަބޫލުކުރައްވަ އެވެ.

މިއީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އޮލިމްޕިކްސް އަށް އެންމެ ގިނަ ކުޅިވަރުގެ ބައިވެރިވުމާ އެކު، ބޮޑު ކޮންޓިންޖެންޓެއް ދާނެ ފަހަރެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

މި ފަަހަރުގެ އޮލިމްޕިކްސްގައި ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީ ވާދަކުރާއިރު، ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. އެތުލެޓިކްސް އިން އިބާދުﷲ އާދަމް ވާދަކުރާއިރު، ސްވިމިން އިން ވާދަކުރަނީ، މުހައްމަދު އާން ހުސައިން އާއި ޢާއިޝަތު އުލްޔާ ޝާއިގް އެވެ. މީގެ ތެރެއިން ދީމާ އަކީ ކޮލިފައިވެގެން އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ އެތުލީޓެވެ. ދެން ތިބި ހަތަރު އެތުލީޓުންނަކީ ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތަށް ހޮވޭ ވަރަށް ރޭންކް ކުރެވިފަައިވާ އެތުލީޓުންނެެވެ.

"ކޮންމެ ކުއްޖެއް ވެސް މި ހިސާބަށް އައީ ވަރަށް ގިނަ ދުވަހުން ވަރަށް ގިނަ މަސައްކަތް ކޮށްގެން، ހާއްސަކޮށް، ފާހަގަކޮށްލަން ޓީޓީ ކުޅުންތެރިޔާ، ދީމާ އަކީ ކޮލިފައިވެގެން ވާދަކުރާ ކުއްޖެއް. މުޅި ކުޅިވަރު އާއިލާ އެ ކަމަށް ޝުކުރު އަދާކުރޭ. ދީމާގެ މަންމަ އާއި ބައްޕަ އަށް ހާއްސަ ޝުކުރެއް އަދާކުރަން،" ދާދި ފަހުން، ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހަަތަރު ވަނަ ދައުރަކަށް އިންތިހާބުވި ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ، ކުޅިވަރު އިތުރު އުސްމިނަކަށް ގެންދާނަމަ، އިންފްރާސްޓްރަކްޗާ އަށް ކުރާ ހޭދަ އާއި ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުން ޑިވެލޮޕްކުރަން ކުރަން ޖެހޭ މަސައްކަތް މިހާރަށް ވުރެ އިތުރު ކުރަން ޖެހޭ ކަމަށެވެ.

"މިހާރު އެބަފެނޭ އެތުލީޓުން ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރައިގެންދާތަން. އަޅުގަނޑުމެންގެ ކޯޗުންގެ ޑިވެލޮޕްމަންޓަށް އެހާ ބޮޑު އިސްކަމެއް ދީފައިނުވޭ. އެއީ ވަރަށް ބޮޑަށް ބަލާލަން ޖެހޭ ކަމެއް. އެކަމުގައި އަޅުގަނޑުމެން އޮލިމްޕިކް ކޮމިޓީން ދެވުނު ހުރިހާ އެއްބާރުލުމެއް ދޭނަން. ބޭނުމަކީ ދިވެހި ކުޅިވަރު މި އަށް ވުރެ އުސްމިންތަކަކަށް ގެންދިއުން،" ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީ އާއި ސަރުކާރު ގުޅިގެން ކުޅިވަރު ކުރިއެރުވުމަށް މިހާރަށް ވުރެ ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ވެސް ސައްތާރު ފާހަގަކުރެއްވި އެވެ. އެ ގޮތުން، މި ހުރިހާ މަސައްކަތުގެ ބޮޑު ނަތީޖާއެއްގެ ގޮތުގައި ސައްތާރުގެ އެންމެ ބޮޑު އެދުމަކީ، އޮލިމްޕިކްސް އަށް ކޮލިފައިވެގެން ވާދަކުރާ ދިވެހި ކުޅިވަރުތަކާއި އެތުލީޓުންގެ މިންވަރު އިތުރުވެގެންދިއުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox