18 އަހަރުގެ ޑިފެންޑަރު ޔޯރޯ 62 މިލިއަން ޑޮލަރުގެ ޑީލެއްގައި ޔުނައިޓެޑަށް

Jul 19, 2024, 1:09 AM
18 އަހަރުގެ ޑިފެންޑަރު ޔޯރޯ 62 މިލިއަން ޑޮލަރުގެ ޑީލެއްގައި ޔުނައިޓެޑަށް

މެންޗެސްޓާ (ޖުލައި 19) - ފްރާންސްގެ ލޮސްކް ލިލް އަށް ކުޅެމުން އައި 18 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯ، 62 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.

މިއީ، މި ފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑުން ސޮއިކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. ޔުނައިޓެޑުން ވަނީ 42 މިލިއަން ޑޮލަރަށް ބޮލޯނިއާގެ ފޯވާޑް، ޔޯސުއާ ކާކްޒީގެ ސޮއި ވެސް ހޯދައިފަ އެވެ. ޔުނައިޓެޑުން ޔޯރޯގެ ސޮއި ހޯދީ، ޕީއެސްޖީ އާއި ރެއާލް މެޑްރިޑުން ވެސް މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

ލިލް އަށް އުމުރުން 16 އަހަރުގައި ކުޅެން ފެށި ޔޯރޯ، ޔުނައިޓެޑާ އެކު، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުމުގައި އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.

މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގައި، ލިލް އަށް 32 މެޗުގައި ކުޅެދިން ޔޯރޯ ވަނީ ފްރެންޗް ލީގުގެ ހަތަރު ވަނައިގައި އެ ޓީމު ނިންމާލުމުގައި މުހިންމު ރޯލެއް ކުޅެފަ އެވެ. ފަހަތަށް ކުޅެމުން ވެސް އެޓޭކްގައި ބައިވެރިވާ ޔޯރޯ ވަނީ މިދިޔަ ސީޒަނުގައި ދެ ގޯލު ޖަހައިފަ އެވެ. އަދި ފްރެންޗް ލީގުގެ ޓީމް އޮފް ދި ސީޒަންގައި ހިމެނުނެވެ.

ޔޯރޯ، ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ ކޯޗު ޓެން ހާގްއާ އެކު.

"ކެރިއަރުގެ މިހާ ކުރީކޮޅުގައި ޔުނައިޓެޑް ކަހަލަ ޓީމަކަށް ސޮއިކުރެވުމަކީ، ވަރަށް އާދަޔާހިލާފު ޝަރަފެއް، މި ކްލަބާ ވާހަކަ ފެށި ހިސާބުން ވެސް މި ޓީމުގެ މުސްތަގުބަލުގެ ޕްރޮޖެކްޓްގެ ބައިވެރިއަކަށްވާން ބޭނުންވި، ޔުނައިޓެޑްގައި ޒުވާން ކުޅުންތެރިންގެ ތާރީހެއް އެބައޮތް. އަހަރެން ކުރިއަރައިގެންދާން މިއީ ރަނގަޅު ޓީމެއް،" ޔޯރޯ ބުންޏެވެ.

މުޅި ސީޒަނަށް ބަލާއިރު، މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޔޯރޯ ވަނީ ލިލް އަށް 44 މެޗު ކުޅެދީފަ އެެވެ. އެ ޓީމު ޔުއެފާ ކޮންފަރެންސްގެ ކުއާޓާ ފައިނަލުން ކެޓީ އެސްޓަން ވިލާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ޔޯރޯ ގަތުމުގެ ކުރިން ޔުނައިޓެޑުން އެވަޓަންގެ ޑިފެންޑަރު، ޖަރަޑް ބްރަންތުވެއިޓަށް ދެ ބިޑެއް ކުރި އެވެ. ދެ ވަނަ ބިޑް، 85 މިލިއަން ޑޮލަރަށް އެރި ނަމަވެސް، އެވަޓަން އިން އެ އަގަށް ވެސް އެއްބަހެއްނުވި އެެވެ.

ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ކުޅުނު ޑިފެންޑަރުންނަށް ބަލާއިރު، ރަފައެލް ވަރާން ވަނީ ކޮންޓްރެކްޓް ހަމަވެ، ޓީމު ދޫކޮށްލައިފަ އެވެ. ވިކްޓަ ލިންޑެލޯފްގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް އޮތްއިރު، ހެރީ މެގުއާ އަށް ރަނގަޅު ބިޑެއް އަތުވެއްޖެނަމަ ދޫކޮށްލާނެ އެވެ.

މީގެ އިތުރުން ޔުނައިޓެޑުން ވަނީ ޖޯނީ އެވާންސްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އަދިވެސް ޔުނައިޓެޑުން ބްރަންތުވެއިޓަށް ފާރަލަަމުން އަންނައިރު، އެ ޓީމުން އަންނަނީ ބަޔާން މިއުނިކަށް ކުޅޭ ނެދަލެންޑްސްގެ ޑިފެންޑަރު، މަަތައިސް ޑި ލިޓްއާ ވާހަކަދައްކަމުންނެވެ.

ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު، ވިލީ ކަމްބްވާލާ ވަނީ ސްޕެއިނުގެ ވިޔަރެއާލަށް ބަދަލުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox