އިތުރު އަހަރަކަށް ރެއާލް އިން މޮޑްރިޗްގެ ކޮންޓުރެކްޓް އާކޮށްފި

Jul 18, 2024, 4:57 AM
އިތުރު އަހަރަކަށް ރެއާލް އިން މޮޑްރިޗްގެ ކޮންޓުރެކްޓް އާކޮށްފި

މެޑްރިޑް (ޖުލައި 18) - ރެއާލް މެޑްރިޑަށް ކުޅެމުންދާ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ ކޮންޓުރެކްޓް އެ ކްލަބުން އިތުރު އަހަރަކަށް އާކޮށްފިއެވެ.

މޮޑްރިޗް ،38، ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން އެ ކްލަބުގައި އޭނާ މިހާތަނަށް ހޭދަކުރި މުއްދަތުގައި ޖުމްލަ 26 ތަށި ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއި ސްޕެނިޝް ލީގު ހަތަރު ތަށި ހިމެނެއެވެ.

ރެއާލްއާއެކު މޮޑްރިޗް ކުރިން ހަދާފައިވާ ކޮންޓުރެކްޓް ވަނީ ޖޫންގެ ނިޔަލަށް ހަމަވެފައެވެ. އެހެން ނަމަވެސް ކޮންޓުރެކްޓް އާކުރުމާއެކު، ރެއާލްގައި 13 ވަނަ ސީޒަނެއް ހޭދަކުރުމުގެ ފުރުސަތު މޮޑްރިޗަށް ވަނީ ލިބިފައެވެ.

ބެލޮންޑޯ އެވޯޑް 2018 ވަނަ އަހަރު ހޯދި މޮޑްރިޗް ވަނީ ރެއާލަށް ޖުމްލަ 534 މެޗު ކުޅެ، 39 ލަނޑު ޖަހައިފައެވެ.

އެހެން ނަމަވެސް މިދިޔަ ސީޒަންގައި މޮޑްރިޗް ކުޅުނު 46 މެޗުގެ ތެރެއިން ރެއާލްގެ ފުރަތަމަ 11ގައި ކުޅުނީ 23 މެޗުގައެވެ.

ރެއާލްގެ މެދުތެރޭގައި މޮޑްރިޗާޢެކު ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ވަނީ ރިޓަޔާކޮށްފައެވެ.

ރެޢާލް އިން ދަނީ އަންނަ ސީޒަނަށް ސްކޮޑް ވަރުގަދަކުރަމުންނެވެ. އެގޮތުން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ އެ ޓީމަށް ގުޅިފައެވެ. އަދި އަރަމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކްވެސް އަންނަ ސީޒަންގައި ފެންނާނީ ރެއާލް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox