ރެއާލާ ގުޅުން: އެމްބާޕޭގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް

Jul 17, 2024, 1:47 AM
ރެއާލާ ގުޅުން: އެމްބާޕޭގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް

މެޑްރިޑް (ޖުލައި 17) - ރެއާލް މެޑްރިޑަށް ބަދަލުވުމާ އެކު ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ދެކުނު އެންމެ ބޮޑު ހުވަފެން ހަގީގަތަކަށްވެފައިވާ ކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެެވެ.

ޖުމްލަ އެކު، 80،000 ސަޕޯޓަރުން ކުރިމަތީގައި، ރެއާލްގެ ނުވަ ނަމްބަރު ޖޯޒީގައި ދެން ފެންނާނެ އެމްބާޕޭ ތައާރަފްކުރިއިރު، މިއީ މިހާތަނަށް ރެއާލާ ގުޅުނު އާ ކުޅުންތެރިއެއް ބަލާލަން އެންމެ ގިނަ މީހުން ހާޒިރުވި އިވެންޓެވެ.

މީގެ ކުރިން، މި ރެކޯޑް އޮތީ، 2009 ވަނަ އަހަރު ރެއާލާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ އިވެންޓަށެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ޕެރޭޒް ވިދާޅުވީ، މީގެ ބާރަ ވަރަކަށް އަހަރު ކުރިން ވެސް އެމްބާޕޭ އަކީ ރެއާލްގެ މެހެމާނެއް ކަމަށެވެ.

އިއްޔެ ބޭއްވި އެމްބާޕޭގެ އިވެންޓްގެ ތެރެއިން، ޒިދާން (ވ) އާއި އެމްބާޕޭ

"މީގެ 12 އަހަރު ކުރިން، ޒިނެދިން ޒިދާންއާ އެކު، 12 އަހަރުގެ ކުޑަކުއްޖެއް ރެއާލް މެޑްރިޑް ސިޓީ އަށް އައި. އެއީ މި އިވެންޓް އެ ކުޅުންތެރިއަކަށް ޓަކައި ހާއްސަ ކުރެވިފައިވާ އެމްބާޕޭ. މި ވަގުތަކީ، ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިއަކު އަހަރެމެންނާ އެ ގުޅެނީ، އޭނާގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދަން، އަހަރެމެން މޮޅު ޓީމެއްގެ ގޮތުގައި ކުރިއަށްގެންދަން އެހީވަން،" ޕެރޭޒް ވިދާޅުވި އެވެ.

އެމްބާޕޭގެ އިވެންޓްގައި އިއްޔެ، ޒިދާން ވެސް ބައިވެރިވި އެވެ.

ރެއާލާ އެކު އެމްބާޕޭ، 24، ހަދާފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. މިދިޔަ އަހަރުތަކުގައި ވެސް އެމްބާޕޭ ރެއާލާ ގުޅޭނެ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެ ފަހަރުތަކުގައި، ޕީއެސްޖީގައި އެމްބާޕޭގެ ކޮންޓްރެކްޓް އޮތުމުން ޑީލް ނުހިނގި އެވެ. އެމްބާޕޭ، ރެއާލަށް މި ސޮއިކުރީ ޕީއެސްޖީގެ ކޮންޓްރެކްޓް ނިންމާލުމަށް ފަހު އެވެ.

ރެއާލްގެ ރައީސް ޕެރޭޒް (ވ) އާއި އެމްބާޕޭ.

ޕެރޭޒް ވިދާޅުވީ، އެމްބާޕޭ، ރެއާލަށް ގެންނަން ކުރަން ޖެހުނު މަސައްކަތަކީ ޖުމްލަކޮށް ބަލާްއިރު އުނދަގޫ ހާލަތްތަކެއް މީގެ ކުރިން ކުރިމަތިވި ކަމެއް ކަމަށެވެ. އެކަމަކު، ޔަގީންކަން އޮތް ކަމަކީ އަބަދުވެސް އެމްބާޕޭ ހިތުގައި ރެއާލަށް ކުޅުމުގެ ޝައުގުވެރިކަން އޮތް ކަން ކަމުގައި ޕެރޭޒް ފާހަގަކުރެއްވި އެވެ.

"ގިނަ ބަޔަކަށް ގަބޫލުުކުރަން އުނދަގޫވި މަސައްކަތެއް މި ކާމިޔާބުކުރެވުނީ، 15 ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ޓީމެއްގެ ބެޖް ޖަހައިގެން، ދެން އެ ނުކުންނަ ކުޅުންތެރިޔާ (އެމްބާޕޭ)އާ އެކީގައި އަހަރެމެން އިތުރު ހަރުފަތަކަށް ދާނަން،" ޕެރޭޒް ވިދާޅުވި އެވެ.

އެމްބާޕޭގެ ފައުންޑޭޝަން، "އިންޕްޔާޑް ބައި ކޭއެމް" އަށް ރެއާލުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެއީ އެމްބާޕޭ ލެވަލްގެ ކުޅުންތެރިން ފުޓްބޯޅަ އަށް ނެރެދިނުމުގެ މަގެއް ކޮށައިދިނުމުގެ ވިސްނުމުގައި ކަމަށް ޕެރޭޒް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox