ހުލާސާކޮށް އިއްޔެ: ކެބިނެޓު ބައްދަލުވުން އޮތުމުން މަޖިލީހުގެ އެންގުން މުހިއްމެއް ނުވި!

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހާޒިރު ނުވުމުން އޭނާއާ މެދު މެންބަރުން ނުރުހުމާއި ކަންބޮޑުވުން ފާޅުކުރި އެވެ.

ޕެޓިޝަން ކޮމިޓީގައި އިއްޔެ އޮތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓު ކޮށްފައިވާ އެންމެހާ ފަރާތްތަކަށް އަދި އެކަމުގެ މަސްލަހަތު އޮތް ފަރާތްތަކުގެ ފްލެޓް ބާތިލު ނުކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރުމެވެ.

އެ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ހައިދަރު ވެސް އޮތީ އަންގަވާފަ އެވެ. ނަމަވެސް, ބައްދަލުވުން ފެށުމުން މުގައްރިރު, ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަނީ އެ ބޭފުޅުންނަށް ހާޒިރު ނުވެވޭނެ ކަމަށް އަންގަވާފައިވާތީ އެހެން ދުވަހަކަށް އެޖެންޑާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ހައިދަރު ހާޒިރު ނުވީ ކެބިނެޓް ބައްދަލުވުމެއް އޮތް ކަމަށް ވިދާޅުވެ އެވެ.

މި މައްސަލައަކީ މީގެ ދެ ދުވަސް ކުރިން އެޖެންޑާ ކޮށްފައިވާ މައްސަލައެއް ކަމަށާއި ހާޒިރު ނުވެވޭނެކަން އަންގަން ޖެހެނީ އެންމެ ފަހު ވަގުތުގައި ނޫން ކަމަށް ކޮމިޓީގައި އިންނަވާ އެމްޑީޕީގެ ހަމައެކަނި މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި އެވެ. އަދި, ކެބިނެޓް ބައްދަލުވުން އޮންނަކަން ކުރިން ވެސް އެންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ ގޮނޑީގައި ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ކޮމިޓީއަށް ހާޒިރު ނުވެ އެންމެ ފަހު ވަގުތު އެކަން ދެންނެވުމަކީ ގަބޫލުކުރަން ފަސޭހަކަމެއް ނޫން ކަމަށް ވިދާާޅުވެފަ އެވެ.

"އެހާ އީޒީކޮށް މިކަންކަން ނުނެގޭނެ މިކަންކަމެއް. މިއަށްވުރެ ފުރިހަމައަށް މިކަންކަން ކުރެވެން ވާނެ. ޕީއެންސީގެ މެޖޯރިޓީއެއް އޮތް ކަމުގައި ވިޔަސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިހާ މުހިންމު މައްސަލައެއްގައި މިނިސްޓަރު މިހާ ޒިންމާދާރުކަން ކުޑަކޮށް އަމަލު ބައްޓަން ކުރެވޭނެ ކަމަށް," ލަތީފް ވިދާާޅުވި އެވެ.

ހައުސިން މިނިސްޓްރީން އަމަލުކުރީ މަޖިލީހަށް އިހުތިރާމް ކުޑަވާ ގޮތަށް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވި އެވެ.

"ވަޒީރަށް ވަޑައިނުގަނެވޭނީނަމަ ކޮމިޓީ ކުރިއަށްގެންދެވޭނެ އިންތިޒާމު ވަޒީރު ހަމަޖައްސަން ޖެހޭ. ކޮމިޓީއަށް އަޅުގަނޑުމެން ހާޒިރުވުމަށް ފަހު ދެން ވަޒީރަށް ވަޑައިނުގަންނެވޭކަން އެންގެވުމަކީ ދެން އެއީ ވަޒީރެއްގެ ޒިންމާ ނެތްކަން ހާމަވާ ކަމެއް," ދެވަނަ ފުރުސަތުގައި ފިއްޓޭ ވިދާޅުވި އެވެ.

މިއީ ހައިދަރުގެ ފަރާތުން މިކަހަލަ ކަމެއް ފެނިގެންދިޔަ ފުރަތަމަ ފަހަރު ނޫން ކަމަށާއި ދެން ތިއްބެވި ވަޒީރުން ވެސް އެގޮތަށް އަމަލުކުރެއްވުމުގެ ބިރުވެރިކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ތިއްބެވި ބޭފުޅުން ވެސް މިގޮތަށް އަމަލުކުރައްވަފާނޭ އަޅުގަނޑުމެން ފަހަތަށް ޖެހިލައިފިއްޔާ ސަރުކާރުގެ ދިފާއުގައި. ނޫން ނޫން. އަޅުގަނޑުމެންނަކީ ވަޒީރުންނަށް ވުރެ ވަރުގަދަ ބައެއް. ހަގީގަތް މި ބުނަނީ. އަޅުގަނޑުމެން މޭ ފުއްޕާފައި ނުނުކުތަސް ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފިއްޔާ ކޮންމެ ގަޑިއަކު ހާޒިރުވާން ޖެހޭނެ, ޖަވާބު ދޭން ވެސް ޖެހޭނެ," ފިއްޓޭ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ކުރަން ވާނެ. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިހާބު ކޮށްގެން މިތަނަށް އައިސް މަސައްކަތް ކުރާ ބައެއް. އައްޔަނު ކުރި ބައެއް ނޫން އަޅުގަނޑުމެންނަކީ."

ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އައިފާން ހައިދަރުގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. އެއީ އޭނާ މަޖިލީހުގެ އަގު ވައްޓާލުމަށް ގަސްތުގައި ކުރެއްވި ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް އައިފާން ވިދާޅުވި އެވެ. ނަމަވެސް, ވެލިދޫ މެންބަރު އައްބާސް ވަނީ އެއީ ގަސްތުގައި ހައިދަރު ކުރެއްވި ކަމެއް ކަމަށް އައިފާން ވާހަކަ ދައްކަވަނިކޮށް ފަހަތުން ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެދެނީ ހައުސިން މިނިސްޓަރު ކަން ކުރެއްވި ގޮތަށް ދެން ތިއްބެވި ވަޒީރުން ކަން ނުކުރައްވާނެ ކަމަށް," އައްބާސް ވިދާޅުވި އެވެ.

ދެން އޮންނަ ކޮމިޓީ ބައްދަލުވުމަކަށް ހައިދަރު ހާޒިރު ކުރުމަށް އިއްޔެ ނެގި ވޯޓުން ވަނީ ފާސްކޮށްފަ އެވެ. އެ ބައްދަލުވުން އޮންނާނެ ދުވަހެއް އަދި ނޭނގެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox