ޕެޓިޝަން ކޮމިޓީއަށް ހައިދަރު ނައި، "ޒިންމާދާރުކަން ކުޑަ އަމަލު" މެންބަރުން ބަލައިނުގަތް

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދާއިރު ހައިދަރު ދޮރު ހުޅުވައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް. އޭނާ މިއަދުގެ ބައްދަލުވުމަށް ހާޒިރު ނުވީ ކެބިނެޓަށް ދާން ޖެހޭތީ ކަމަށް ވިދާޅުވެ --- އާޓްވޯކް: އިމްދާދު/އަދަދު

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދާއިރު ހައިދަރު ދޮރު ހުޅުވައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް. އޭނާ މިއަދުގެ ބައްދަލުވުމަށް ހާޒިރު ނުވީ ކެބިނެޓަށް ދާން ޖެހޭތީ ކަމަށް ވިދާޅުވެ --- އާޓްވޯކް: އިމްދާދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެންމެ ފަހު ވަގުތު ހާޒިރު ނުވެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެންގެވުމުން ކޮމިޓީގެ ބައްދަލުވުން ކުރިއަށްނުގެންދެވި އޭނާއާ މެދު މެންބަރުން ނުރުހުމާއި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕެޓިޝަން ކޮމިޓީގައި މިއަދު އޮތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓު ކޮށްފައިވާ އެންމެހާ ފަރާތްތަކަށް އަދި އެކަމުގެ މަސްލަހަތު އޮތް ފަރާތްތަކުގެ ފްލެޓް ބާތިލު ނުކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރުމެވެ.

އެ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ހައިދަރު ވެސް އޮތީ އަންގަވާފަ އެވެ. ނަމަވެސް, ބައްދަލުވުން ފެށުމުން މުގައްރިރު, ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަނީ މިއަދު އެ ބޭފުޅުންނަށް ހާޒިރު ނުވެވޭނެ ކަމަށް އަންގަވާފައިވާތީ އެހެން ދުވަހަކަށް އެޖެންޑާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ހައިދަރު ހާޒިރު ނުވީ މިއަދު ކެބިނެޓް ބައްދަލުވުމެއް އޮތް ކަމަށް ވިދާޅުވެ އެވެ.

މި މައްސަލައަކީ މީގެ ދެ ދުވަސް ކުރިން އެޖެންޑާ ކޮށްފައިވާ މައްސަލައެއް ކަމަށާއި ހާޒިރު ނުވެވޭނެކަން އަންގަން ޖެހެނީ އެންމެ ފަހު ވަގުތުގައި ނޫން ކަމަށް ކޮމިޓީގައި އިންނަވާ އެމްޑީޕީގެ ހަމައެކަނި މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި އެވެ. އަދި, ކެބިނެޓް ބައްދަލުވުން މިއަދު އޮންނަކަން ކުރިން ވެސް އެންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ ގޮނޑީގައި ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ކޮމިޓީއަށް ހާޒިރު ނުވެ އެންމެ ފަހު ވަގުތު އެކަން ދެންނެވުމަކީ ގަބޫލުކުރަން ފަސޭހަކަމެއް ނޫން ކަމަށް ވިދާާޅުވެފަ އެވެ.

"އެހާ އީޒީކޮށް މިކަންކަން ނުނެގޭނެ މިކަންކަމެއް. މިއަށްވުރެ ފުރިހަމައަށް މިކަންކަން ކުރެވެން ވާނެ. ޕީއެންސީގެ މެޖޯރިޓީއެއް އޮތް ކަމުގައި ވިޔަސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިހާ މުހިންމު މައްސަލައެއްގައި މިނިސްޓަރު މިހާ ޒިންމާދާރުކަން ކުޑަކޮށް އަމަލު ބައްޓަން ކުރެވޭނެ ކަމަށް," ލަތީފް ވިދާާޅުވި އެވެ.

ހައުސިން މިނިސްޓްރީން މިއަދު އަމަލުކުރީ މަޖިލީހަށް އިހުތިރާމް ކުޑަވާ ގޮތަށް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވި އެވެ.

"ވަޒީރަށް ވަޑައިނުގަނެވޭނީނަމަ ކޮމިޓީ ކުރިއަށްގެންދެވޭނެ އިންތިޒާމު ވަޒީރު ހަމަޖައްސަން ޖެހޭ. ކޮމިޓީއަށް އަޅުގަނޑުމެން ހާޒިރުވުމަށް ފަހު ދެން ވަޒީރަށް ވަޑައިނުގަންނެވޭކަން އެންގެވުމަކީ ދެން އެއީ ވަޒީރެއްގެ ޒިންމާ ނެތްކަން ހާމަވާ ކަމެއް," ދެވަނަ ފުރުސަތުގައި ފިއްޓޭ ވިދާޅުވި އެވެ.

މިއީ ހައިދަރުގެ ފަރާތުން މިކަހަލަ ކަމެއް ފެނިގެންދިޔަ ފުރަތަމަ ފަހަރު ނޫން ކަމަށާއި ދެން ތިއްބެވި ވަޒީރުން ވެސް އެގޮތަށް އަމަލުކުރެއްވުމުގެ ބިރުވެރިކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ތިއްބެވި ބޭފުޅުން ވެސް މިގޮތަށް އަމަލުކުރައްވަފާނޭ އަޅުގަނޑުމެން ފަހަތަށް ޖެހިލައިފިއްޔާ ސަރުކާރުގެ ދިފާއުގައި. ނޫން ނޫން. އަޅުގަނޑުމެންނަކީ ވަޒީރުންނަށް ވުރެ ވަރުގަދަ ބައެއް. ހަގީގަތް މި ބުނަނީ. އަޅުގަނޑުމެން މޭ ފުއްޕާފައި ނުނުކުތަސް ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފިއްޔާ ކޮންމެ ގަޑިއަކު ހާޒިރުވާން ޖެހޭނެ, ޖަވާބު ދޭން ވެސް ޖެހޭނެ," ފިއްޓޭ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ކުރަން ވާނެ. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިހާބު ކޮށްގެން މިތަނަށް އައިސް މަސައްކަތް ކުރާ ބައެއް. އައްޔަނު ކުރި ބައެއް ނޫން އަޅުގަނޑުމެންނަކީ."

ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އައިފާން ހައިދަރުގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. އެއީ އޭނާ މަޖިލީހުގެ އަގު ވައްޓާލުމަށް ގަސްތުގައި ކުރެއްވި ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް އައިފާން ވިދާޅުވި އެވެ. ނަމަވެސް, ވެލިދޫ މެންބަރު އައްބާސް ވަނީ އެއީ ގަސްތުގައި ހައިދަރު ކުރެއްވި ކަމެއް ކަމަށް އައިފާން ވާހަކަ ދައްކަވަނިކޮށް ފަހަތުން ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެދެނީ ހައުސިން މިނިސްޓަރު މިއަދު ކަން ކުރެއްވި ގޮތަށް ދެން ތިއްބެވި ވަޒީރުން ކަން ނުކުރައްވާނެ ކަމަށް," އައްބާސް ވިދާޅުވި އެވެ.

ދެން އޮންނަ ކޮމިޓީ ބައްދަލުވުމަކަށް ހައިދަރު ހާޒިރު ކުރުމަށް މިއަދު ނެގި ވޯޓުން ވަނީ ފާސްކޮށްފަ އެވެ. އެ ބައްދަލުވުން އޮންނާނެ ދުވަހެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox