މޮރީނިއޯ ބުނީ ޔޫރޯގައި ފެނުނީ ޕޯޗުގަލްގެ ފެންވަރެއް ނޫން ކަމަށް

Jul 13, 2024, 7:15 AM
މޮރީނިއޯ ބުނީ ޔޫރޯގައި ފެނުނީ ޕޯޗުގަލްގެ ފެންވަރެއް ނޫން ކަމަށް

މިއުނިކް (ޖުލައި 13) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފެނުނީ ޕޯޗުގަލްގެ އަސްލު ފެންވަރުގެ ކުޅުމެއް ނޫން ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ދާދި ފަހުން ތުރުކީގެ ފެނަބާޗޭއާ ހަވާލުވި، މޮރީނިއޯ ވަނީ، ޖަރުމަނުގައި މި ފަހަރުގެ ޔޫރޯ ފެށުމުގެ ކުރިން، ޕޯޗުގަލް އަކީ މުބާރާތުގެ އެއް ފޭވަރިޓް ކަމަށް ބުނެފަ އެވެ. އެކަމަކު، އެ ޓީމަށް އެކަށީގެންވާ ވަރަށް ނުކުޅެވުނު ކަމަށް އޭނާ ހާމަކުރި އެވެ.

"ހިތްނުތަނަވަސްކަމެއް ހުންނާނެ ރަނގަޅަށް ކުޅެވޭނެ ކަމަށް ބެލެވޭ ޓީމެއް ދަށްކޮށް ފެނުނިއްޔާ. ޕޯޗުގަލްގައި އެ އޮތް ޓީމުގެ ފެންވަރު ވަރަށް ބޮޑަށް ވެސް ރަނގަޅު. އަހަރެން އެހެންވެ، ބުނީ ވެސް ޕޯޗުގަލް އަކީ ފޭވަރިޓެއް ކަމަށް، ހަމަ އެ ގޮތަށް ފްރާންސް ވެސް އިންގްލެންޑް ވެސް އެއީ ފޭވަރިޓުން،" މޮރީނިއޯ ބުންޏެވެ.

"ޕޯޗުގަލް މީގެ އެންމެ ދަށް ގޮތަކަށް އަހަންނަށް މި ފެނުނީ،"

މި ފަހަރުގެ ޔޫރޯގައި ޕޯޗުގަލް ކެޓީ، ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ޕެނަލްޓީ ޖަަހައިގެންނެވެ. ޕޯޗުގަލް ވަނީ މި ފަަހަރު ޔޫރޯގައި ހައިރާންކުރަނިވި ގޮތަކަށް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުން، ޖޯޖިއާ އަތުން ވެސް ބަލިވެފަ އެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން އެކި ފަހަރު މަތިން، ޕޯޗުގަލް ގައުމީ ޓީމަށް ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފަ އެވެ. ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މޮރީނިއޯ ފެނަބާޗޭއާ ހަވާލުވި ކޮންޓްރެކްޓްގެ އެއް މާއްދާގައިވާ ގޮތުން، އެއް ސީޒަނަށް ފަހު، މޮރީނިއޯ ބޭނުންވާ އެއް ޓީމެއްގެ ހުށަހެޅުން އަތުވެއްޖެނަމަ، ކޮންޓްރެކްޓް ކެންސަލްކުރެވޭ ގޮތަށް ވަނީ ހިމަަނައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އެއީ ޕޯޗުގަލް ގައުމީ ޓީމުގެ އޮފާ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮރީނިއޯ އަށް އެންމެ ސަޕްރައިޒިން ޓީމަކީ ސްޕެއިން އެވެ. މޮރީނިއޯ ބުނީ، މުބާރާތް ކުރިއަށްދިޔަ ވަރަކަށް ސްޕެއިން ވީ އިތުރަށް ވަރުގަދަ ކަމަށާއި ވަރަށް ބޮޑު ޓީމު ޑިވެލޮޕްމަންޓެއް ފެނިގެންދިޔަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox