ޕޯޗުގަލް އަށް އެނބުރި އަންނަން މޮރީނިއޯ އުންމީދުކުރީ ގައުމީ ޓީމަށް

Sep 22, 2025, 2:04 AM
ޕޯޗުގަލް އަށް އެނބުރި އަންނަން މޮރީނިއޯ އުންމީދުކުރީ ގައުމީ ޓީމަށް

ލިޒްބަން (ސެޕްޓެމްބަރު 22) - ކޯޗިން ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން، އުފަން ގައުމު، ޕޯޗުގަލް އަށް އެނބުރި އަންނަން ޖެހޭނެކަން އެނގޭ ކަމަށާއި އެކަމަކު އުންމީދުކުރީ ގައުމީ ޓީމުގެ ވަޒީފާ އަށް އަންނަން ޖެހޭނެ ކަމަށް ކަމުގައި ދާދި ފަހުން ބެންފީކާއާ ހަވާލުވި ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިދިޔަ މަހު ތުރުކީގެ ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިވިއިރު، ގެއްލުނީ، ކޮލިފައިންގައި ބެންފީކާ އަތުން ބަލިވުމުންނެވެ. ބެންފީކާގެ ކޯޗަކަށް އެންމެ ފަހުން ހުރި ބްރޫނޯ ލާޖް، އެ މަގާމުން ވަކިކުރީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ އަޒަރުބައިޖާންގެ ގަރަބަގް އަތުން ބަލިވުމުންނެވެ. ހެޑް ކޯޗެއްގެ ގޮތުގައި މޮރީނިއޯ، ކެރިއަރު ފެށީ 2000 ވަނަ އަހަރު ބެންފީކާގައި ހުރެ އެވެ. އެއީ އެ ފަހަރު ސީޒަން ފަށައިގެން ހަތަރު ވަނަ ހަފްތާގައި، ޖަރުމަނުގެ ކޯޗު ޔުޕް ހެއިންކެސް ބެންފީކާގެ މަގާމުން ވަކިވުމުންނެވެ. އެ އަހަރު ބެންފީކާ އަށް ކޯޗުކޮށްދިނުމަށް ފަހު، މޮރީނިއޯ ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ.

ބެންފީކާ އަށް 25 އަހަރަށް ފަހު އެނބުރި އައިސް، މޮރީނިއޯ، އެ ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗުގައި، ބެންފީކާ ވަނީ އޭވީއެސް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު، މޮރީނިއޯ ބުނީ، ބެންފީކާގެ ކޯޗުގެ އޮފާއާ އެކު، ހައިރާންކަން ލިބިގެންދިޔަ ކަމަށެވެ.

"ތެދަށް ބުނާކަމަށްވާނަމަ، އަހަންނަށް އަބަދުވެސް އުންމީދު އޮތް އެނބުރި ޕޯޗުގަލް އަށް އަންނަން ޖެހޭނެކަމުގެ. އެކަމަކު ހީކުރެވިފައި އޮތީ، އަހަރެން އަންނާނީ ގައުމީ ޓީމުގެ ވަޒީފާ އަށޭ،" މޮރީނިއޯ، 62، ބުންޏެވެ. "އަހަންނަށް އެނގޭ، ލަހެއް ނުވެ، ގައުމީ ޓީމުގެ އެކަން ވެސް ވާނެކަން. އަހަރެންގެ އުންމީދު އަދިވެސް އެ ކަމަށް އެބައޮތް، އެއީ އަހަރެންގެ ކެރިއަރު މިދާ ގޮތުން އޮތް ގޮތް ކަމަށް ފެންނަނީ، ދެން، އެކަމު މި ވަގުތު މި ހުރީ ބެންފީކާގައި، މިއީ ވެސް ބޮޑު ކްލަބެއް،"

މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި 10 ކްލަބަކަށް އިރުޝާދުދީފަ އެެވެ. ބާސެލޯނާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި މޮރީނިއޯ، ބެންފީކާ އިން ކޯޗިން ކެރިއަރު ފެށުމަށް ފަހު، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އިންޓަ މިލާން، ޓޮޓެންހަމް ހޮޓްސްޕާސް، ޕޯޓޯ، ރޯމާ، ފެނަބާޗޭ އަދި އުނާއީ އަށް ކޯޗުކޮށްދިނެވެ.

ދާދި ފަހުން، އިޓަލީން ވެސް މޮރީނިއޯއާ ޓީމު ހަވާލުކުރުމުގެ މަޝްވަރާތަކެއް ކުރިއަށްގެންގޮސް، ފަހުން އެކަން ހުއްޓައިލައި، ޖެނާރޯ ގަޓޫސޯއާ އެ ޓީމު ހަވާލުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox